• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ސްކޫލުގެ ވަގުތު ކުޑަ ކުރުން- ބެލެނިވެރިންނަށް ތުރާލެއް

by އައިޝަތު ސައުފާ
މެއި 25, 2024
in ރިޕޯޓު
0
ސްކޫލުގެ ވަގުތު ކުޑަ ކުރުން- ބެލެނިވެރިންނަށް ތުރާލެއް

މޫސުން ގޯސްވުމާއި ގުޅިގެން ދިރާސީ އައު އަހަރުގެ ފުރަތަމަ ތިންދުވަހުގެ ދަންފަޅިކުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެމިނިސްޓްރީއަށް އަމާޒުވެއްޖެއެވެ.

އިއްޔެ މިނިސްޓްރީއިން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހި، ކަނޑު ގަދަވުމުގެ ސަބަބުން ދަތުރުކުރުމަށް ބުރުއަރާފައިވާތީ މޫސުމީ ހާލަތަށް ބަލައި، ފުރަތަމަ ތިން ދުވަހުގެ ކިޔެވުން 3 ގަޑި އިރަށް ކުޑަކުރަން ނިންމީ ކަމުގައެވެ.

މިކަމާއި ގުޅިގެން ބެލެނިވެރިންގެ ޝަކުވާތައް ވަނީ މީސްމީޑިއާއަށް ހާމަކޮށްފައެވެ. ގިނަ ބެލެނިވެރިން ޤަބޫލުކުރާގޮތުގައި މިއީ މާ އުނދަގޫ ގޮތެކެވެ. ސަބަބަކީ 3 ގަޑި އިރަކީ ނުހަނު ކުޑަ ވަގުތު ކޮޅަކަށްވެފައި ވިއްސާރަ ދުވަސްވަރެއްގައި ހިނގާ ބިގާވެ އުޅުމާއި އެއްޗެހި ދުއްވުމުގެ ދަތިކަންވެސް މަގުތަކުގައި ބޮޑުކަމުންނެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ތިންދުވަހަށް ސުކޫލްތަކުގެ ކިޔެވުން ކުރުކޮށްލުމުން ލިބޭ ފަސޭހައެއް ނެތްކަމަށްށެވެ. ”މިއުޅެނީ ކުދިން ސްކޫލުގައި ތިބެން ޖެހިގެން އުނދަގޫ ވާތީއެއްނޫން، ދަތުރުކޮށްފަ ކުދިން ގޮވައިގެން ދާންޖެހޭ ހިސާބަށް ނުދެވިގެން ކަންބޮޑުވަނީ، މިހާރު މިއޮއްގޮތުން އެބަޖެހޭ ކޮންމެހެންވެސް ދާން“ ބެލެނިވެރިއަކު ބުނެފައިވެއެވެ.

ބައެއް ބެލެނިވެރިން ހާމަކުރާ ގޮތުގައި އޮފީސްތަކުގައި މަސައްކަތް ކުރާ ބެލެނިވެރިންނަށް މިކަންވާނީ ބޮޑު އުދަގުލަކަށްށެވެ. އަނެއްކޮޅުން ސްކޫލަށް ކުދިން ލާފައި އަނެއްކާ ގެއަށް ނުވަތަ އޮފީހަށްގޮސް ކުޑައިރުކޮޅެއް ފަހުން ބަލާ ދިއުމަކީވެސް ތަކުލީފެކެވެ. ކުރިން ކިޔަވަދޭ ގަޑިތަކަށްވުރެ މި ގޮތަށް 3 ގަޑިއިރު ކިޔަވައިދިނުން މާ ބޮޑަށް ގޯސް ކަމަށް ގިނަ ބެލެނިވެރިން ގަބޫލުކުރެއެވެ.

ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައިވާ ކަމަކީ ކަނޑުދަތުރު ފަތުރު ކުރުމުގެ ދަތިކަމެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރު ފަތުރު ކުރުންވެސް ބައެއް ސަރަހައްދުތަކުގައި ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

އެގޮތުން ހދ އަތޮޅުގެ ބައެއް ސަރަހައްދުތަކުގައި އެމްޓީސީސީއިން ހިންގަމުންއަންނަ އާރް ޓީއެލް ގެ ފޭރީގެ ހިދުމަތްވެސް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.ކަން މިހެން އޮތް އިރު ސްކޫލް ކުދިންގެ ކިޔެވުން ހަފްތާއަކަށް ބަންދުކޮށްލުމަކުން ވާނެ ގެއްލުމެއް ނެތްކަމަށް ބެލެނިވެރިންދަނީ ބުނަމުންނެވެ.

ބޮޑު ބަންދަށް ރާއްޖެއިން ބޭރަށް ދިޔަ ގިނަ މީހުން މާލެއައިސް މޫސުން ގޯސްވެގެން ރަށަށް ނުދެވިފައިވާއިރު މާލެއައި ބައެއް މީހުން އަދިވެސް ތިބީ ދަތުރުފަތުރު ކުރުމުގެ ހުރަސްތަކާއެކު މާލޭގައި ތާށިވެފައެވެ. ސްކޫލަށް ބޭނުންވާ ސާމާނު ގަތުމާއި ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަމަށް ގިނަ މީހުންއައީ އާއިލާތަކާއި ކުދިންވެސް ގޮވައިގެންނެވެ. ކުރިއަށް އޮތް ހަފްތާގަައިވެސް މޫސުން ރަނގަޅު ނުވާނެތީ ގިނަބަޔަކު ތީބީ މާލޭގައި ތާށިވެ، ހަފްތާއެއް ފަހުން ރަށަށް ދިއުމަށް ނިންމައިގެންެނެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށްވެފައި، ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ގެންދަނީ ކެނޑިނޭޅި ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©