• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ހުވަފެން ހަގީގަތަށް ހެދުމަށް ސެފް މޯޑް ބަދިގެ އަށް ކުރި ދަތުރު

by ރަޔާން މާޒިން
ފެބްރުއަރީ 24, 2021
in ރިޕޯޓު, ދިރިއުޅުން
0
ހުވަފެން ހަގީގަތަށް ހެދުމަށް ސެފް މޯޑް ބަދިގެ އަށް ކުރި ދަތުރު

ކޮންމެ މީހެއްގެވެސް ހުވަފެންތަކެއް ހުންނާނެއެވެ. ގިނަފަހަރަށް އަހަރުމެންގެ ތެރެއިން ގިނަމީހުންނަށް އެހުވަފެންތަކުގައި ކުލަޖެހުމަކީ ނާދިރުކަމެކެވެ. ދަތުރު ދިގުވެ ވަކި ހިސާބަކުން  ދިރިއުޅުމުގެ ބުރަތަކާއެކު މަންޒިލަށް ވާސިލުވުމުގެ ކުރިން އޮންނަނީ ދަތުރު ކުރުކޮށްލަން ޖެހިފައެވެ. ގއ. ކަނޑުހުޅުދޫއަށް އުފަން މުހައްމަދު އާދަމް ނުވަތަ ގިނަ މީހުން ދަންނަ ނަމުން ނަމަ ސެފް މޯޑަކީ ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހެދި މަދުމީހުންގެ ތެރެއިން އެކެކެވެ.

ޝެފްމޯޑު ބަދިގޭގައި މޯޑު އަދި މުއައްޒަފުންނާއެކު: މި ތަނުގެ މުއައްޒަފުންނަކީ މުޅިންވެސް ދިވެހިން.

އަމިއްލަ ރެސްޓޯރެންޓެއް ހުޅުވައި ދިވެހި ކެއުންތައް އާލާކޮށް ދިރުވައި، އެ ބުރޭންޑު ކުރުމެވެ. މިއަދު ސެފް މޯޑު މިވަނީ ހުޅުމާލޭގައި އެންމެ ހިނގާ އެއް ރެސްޓޯރެންޓުގެ ގޮތުގައި އޭނާގެ ނަމަށް ނިސްބަތް ކޮށް ހުޅުވި ”ދަ ސެފް މޯޑު ބަދިގެ“ ހަދާފައެވެ. ތަނުގައި މަސައްކަތް ތަކުގައި ހުރިހައިގޮތަކުން ވެސް ހަރަކާތްތެރިވަނީ ދިވެހިންނެވެ. މަދުން ނުފެންނަ މަންޒަރެކެވެ.

ސުކޫލު ނިއްމާލި ގޮތަށް ފުރަތަމަ ވަޒީފާއަކަށް ދިޔަ ރިސޯޓުގައި އިންޖިނޭރިންގ ޑިޕާޓުމަންޓުގެ ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހުނަސް މޯޑުގެ ހިތް އޮތީ ބަދިގޭގައެވެ. ސުކޫލު ގައި އުޅުން އިރުވެސް އެކި ކާއެއްޗެހި ހަދާ ދިވެހި ރަހަތަކަށް މޯޑުގެ ހިތުގައި ހާއްސަ ލޯތްބެއް އޮތެވެ. ކޮންމެވެސް ދުވަހަކުން ޢޭނާގެ ބަދިގޭގެ ރަހަތަށް ދިވެހިންނާއި ހިސާބައް ގެންނަން އޭނާގެ ސިކުނޑީގައި އޮތީ ކުރަހާފަ އެވެ.

ރިސޯތުގައި މަސައްކަތް ކުރަމުން މޯޑު ބޭނުންވި ކެއްކުމުގެ ތެރެއަށް ވަންނަން އެކިގޮންޖެހުތަކާ އެކު އަމިއްލަ މަސައްކަތުން ތަފާތު ކެއްކުންތައް ދަސްކޮށް ދާއިރާގެ އެންމެ ކުރީހަރުފަތއް އެރިއެވެ. ނަން މަސް ހޫރު ބުރޭންޑުތަކުގެ ރިސޯތުތަކުގެ ބަދިގޭގައި މަސައްކަތް ކުރުމުގެ މަގު ތަނަވަސް ވިއެވެ. އެހެނަސް އެތަން ތަނުން މޯޑު އަށް ފެނުނީ ދިވެހި ކެއުންތަކަށް ވަރަށް ދެރަވަރު ކޮށްލާތަނެވެ. އޭސިޔާގެ އެހެން ގައުމުތަކުގެ ކާއެއްޗިއްސައް މާބޮޑު އަހަމިއްޔަތު ކަމެއް ދީ ހަމަ އެކަނި ”މޯލްދިވިއަން ނައިޓް“ ގައި ބަހައްޓާލައި ހެދިކާ ކޮޅަކުން ދިވެހި ކެއުން ނިއްމާލަން ޖެހުމަކީ މޯޑު އަށް ކެއްކުރަން ޖެހުނުކަމަކަށް ނުވިއެވެ.

ދިވެހި ކެއުންތަކަކީ ވެސް ދުނިޔޭގެ މަގުބޫލުކަން ލިބޭފަދަ ކެއުންތަކެއް ކަމުގައި ހެދުމުގެ އުންމީދުގައި ”ޓޭސްޓު އޮފް ހޯމް“ ގެ ނަމުގައި އިގިރޭސި ބަހުން ރެސިޕީ ފޮތެއް ނެރުމައް މަސައްކަތެ ފެއްޓިއެވެ. އެމަސަތްކަތެ ނުނިމެ އުޅެނިކޮން،މިދިޔަ އަހަރު ޗުއްޓީ އެއްގައި ސުރީލަންކާ ގައި ހުއްޓާ ކޮރޯނާ ވައިރަހުގެ ބިރުވެރި ރާޅު ބިންދާލީ ހީވެސް ނުކުރާ ގޮތަކަށެވެ.

”އަޅުގަނޑު ހުރީ ލަންކާގައި އަނަހެނުންނާ ދަރިފުޅު ކައިރިޔަށް ޗުއްޓީޔަށް ގޮސް، ދެން ލޮކްޑައުންވެ މިކޮޅަކަށްވެސް ނާދެވުން. ހަމަ ތާށިވީ އެތާ.“ މޯޑު ކިޔައިދިނެވެ. ދެން ވެއްޓުނީ ރިހޭފައި މައްޗަށް ފޮޔެވެ. މަސަތްކައް ކުރި ރިސޯޓުން ވެސް އެންގީ ވަޒީފާ ގެއްލުނު ވާހަކައެވެ.

”އެއީ ވަރަށް ތަފާތު ތަޖުރިބާއެއް. ކީކޭ ބުނާނީ ހަމަ ހީވީ ހަތަރު އުދަރެސް ފެނުޖެހުނުހެން. އެކަމު ހިތްވަރެއް ދުލެއް ނުކޮށްލަން. ދެންހަމަ ހުންނަން ޖެހުނީމަ އެތާ، ފޮތުގެ މަސައްކަތް ކުރަނަ ފެއްޓީ. ލިޔުމުން ފެށިގެން ފޮޓޯ ނެގުމާ ހުރިހާ ކަމެއްވެސް އަޅުގަނޑު އަމިއްލަޔަށް ކުރަމުން ގޮސް ފޮތް ނިއްމާ ލަންކާއިން އާދެވެން ވީއިރު ފޮތް އޮތީ ނިމިފަ، ދެން ޕުރިންޓު ކޮށް ހަމަ ރާއްޖެ އައީ ފޮތާއި އެކު.“.

މޯޑު ގެ ތަޖުރިބާ ހިއްސާ ކުރިއެވެ.

ޓުއަރިޒަމް މިނިސްޓަރ ޑރ. މައުސޫމާއެކު މޯޑު ގެ ބަދީގޭގައި

މާލެ އައިސް ވާޒީފާ އެއްގަ އުޅުމަށްވުރެ އަމިއްލަ މަސައްކަތުން ސެފް މޯޑުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަތުކުރި އޮޅާލައި ކުރިބުރަ މަސައްކަތުން މި އަދު މިވަނީ ”ދަ ސެފް މޯޑު ބަދިގެ“ ވުޖޫދަށް ގެނެވިފައެވެ. ކުޑައިރުގެ މި އުންމީދު ހަގީގަތަކަށް ވުމުން މިއަދު މޯޑު އެ ސާބިތު ކޮށްދިނީ އުނދަގުލާ އެކުވެސް މަސައްކަތް ކޮންފިއްޔާ މަންޒިލަށް ވާސިލު ވާނެކަމެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©