• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ހަސަން މަނިކުގެ ކުއްލި ވަކިވުން، ގިނަ ބަޔަކަށް ލިބުނު ފުން ހިތާމައެއް!

by އަބްދުﷲ ސަފީގު އަލީ
ފެބްރުއަރީ 20, 2021
in ރިޕޯޓު, މުނިފޫހިފިލުވުން
0
ހަސަން މަނިކުގެ ކުއްލި ވަކިވުން، ގިނަ ބަޔަކަށް ލިބުނު ފުން ހިތާމައެއް!

މިއަދު އަހަރުމެންނާ ވަކިވެގެން ދިޔަ ކޮއްޔަ ހަސަން އަލިމަނިކު ނުވަތަ ރައްޓެހިން ގެ ބަހުން ނަމަ ހަސަނިކު ގިނަ ބަޔަކު ދަންނަނީ މުނިފޫހިފިލުވުމުގެ ދާއިރާއިންނެވެ. ހާއްސަކޮށް ފިލްމީ ދާއިރާއިންނެވެ. ފިލްމީ ދާއިރާގެ އެންމެ ކުރީގެ ޑްރާމާ ތަކުންފެށިގެން ދާދި އިހަކަށް ދުވަހާ ހަމައަށް ނެރުނު ގިނަ ފިލްމާ ޑްރާމާ ތަކުގައި ދެގޮތެއް ނުވެ ވަކި އުސޫލެއްގެ ދަށުން މަސައްކަތްކުރާ މަދު ފަންނަނާނުންގެ ތެރޭގައި ހަސަން މަނިކު ހިމެނެއެވެ. މަޝްހޫރު ކޮމެޑިއަން ފީބޯއާއި ޝާހިދުއާއި އެކު ޓީވީއެމުން ގެނެސްދިން ހެއްވާ މަޖާ ޑްރާމާތަކުން ފެނުނު ގޮތަށް އޭގެ ފަހުން ބޮޑެތި ފިލްމުތަކާއި، ލަވައާއި އިޝްތިހާރު ތަކުން ފެށިގެން އާއްމުންނަށް ހަސަން މަނިކު ނުފެންނަ ޒަމާނެއް ދުވަހެއް މަދުވާނެއެވެ.

ހަސަން މަނިކަކީ ހަމައެކަނި ފިލްމާއި ލަވަ އަދި ޑްރާމާ ކުޅެގެން އާއްމުންގެ ތަރުހީބު ލިބުނު ފަރާތެއްނޫނެވެ. އެއަށްވުރެ ބޮޑަށް ކުޅިވަރު ދަނޑުގައިވެސް މަގުބޫލު މަޝްހޫރު ނަމެކެވެ. ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކުލަބު ކަމަށްވާ ނިއުރޭޑިއަންޓުގެ އިސް ސަޕޯޓަރެއްގެ ހައިސިއްޔަތުން އެކި ޒަމާންތަކުގައި އެކުލަބަށް ކުޅެފައި ތިބި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައިވެސް ހަސަން މަނިކަކީ މަގުބޫލު މީހެކެވެ. އާއްމުން ދަންނަ ސެލެބްރިޓީއެއްގެ ދަރަޖައިގަ ހުއްޓަސް ނިއުރޭޑިއަންޓުގެ ސަޕޯޓަރުންގެ މެދުގައި އެއީ އެ ކުލަބް ކުޅޭ މެޗުތަކުގައި އެންމެ ނަގާކިޔާ ފޯރި ނަގާ އެކަކެވެ. މޮޅުވިޔަސް ބަލިވިޔަސް ހަސަން މަނިކުމެންގެ ގޮތުގައި ދަނޑުން ނިކުމެގެން ދަނީ ފޯރިއާއި ޖޯޝުގައެވެ. މި ފަހަކަށް އައިސް ނިއުރޭޑިއަންޓަށް ލިބުނު ދަށް ނަތީޖާތަކާއި އެފްއޭއެމުން އެޅި ފަިޔަވަޅުތަކެއްގެ ސަބަބުން ސަސްޕެންޑުވެފަ އޮތްއޮތުން ނިމުމަކަށް ގެނެސް ކުލަބުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަޕޯޓަރުން އިސްނަގައިގެން ފެށި ހަރަކާތްތަކުގައި ވެސް ހަސަން މަނިކު މުހިއްމު ދައުރެއް އަދާކުރިއެވެ.

ހަސަން މަނިކަކީ ރާއްޖޭގެ އެކި ފަންތީގެ މީހުންނާ ގުޅުން ބޮޑު ބޭފުޅެކެވެ. ހާއްސަކޮށް ސިޔާސީ ދާއިރާއާއި އެނޫންވެސް ބައެއް ދާއިރާގެ ސަރުކާރުގެ އެކި މަގާމްތަކުގެ ވެރިން ރަހުމަތްތެރި އަދި އެބޭފުޅުންނަށް ރަނގަޅު ހިޔާލާއި ނަސޭހަތްދެއްވި ފަރާތެކެވެ. މި ގޮތުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީގެ ތިން ހަފްތާ ކުރިންވެސް ހަސަން މަނިކާ ދިމާވި ކަމަށާއި، ހަސަން މަނިކަކީ އުފެއްދުންތެރި ހިޔާލު ތަނަވަސް ބޭފުޅެއް ކަމަށެވެ. އެފަދަ ވާހަކަ ތައް ރައީސްއާވެސް ހިއްސާ ކުރެއްވި ކަމަށާއި ހަސަން މަނިކަކީ މީހުންގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ބޭފުޅެއްކަމެވެ. ރައީސްގެ އަތްފުޅުން ލިއުއްވާފައިވާ މި ލިއުމަށް، ހަސަން މަނިކުގެ ފިރިހެންދަރިފުޅު އިސްމާއިލް އައިމަން ހަސަން ވަނީ، ރައީސް ގެ އޯގާތެރި ބަސްފުޅަށް ޝުކުރު އަދާކޮށް، ރައީސްއާއި ބައްޕަ ދިމާވި ބައްދަލުވުމުގެ ވާހަކަ ވަރަށް އުފަލުން ގޭތެރޭގައި ހިއްސާކުރެވި ކަމަށެވެ. އަދި ފަހުން ވެސް ރައީސްއާ ބައްދަލުކުރުމުގެ އުއްމީދުގައި ހުރި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓްވީޓް

             ހަސަން މަނިކާ އެންމެ ގާތުން އެކުގައި އުޅެ ބޮޑުވި އެއް ބޭފުޅަކީ މަޝްހޫރު ފިލްމީތަރި، އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކެވެ. ދެ މީހުން އެކުގައި ވަރަށް މަޝްހޫރުވި ލަވައެއް ކަމަށްވާ ’މާސިންގާ ކަނޑު ތެރޭން‘ ނެރުނު ދުވަސް ވަރު މޫސަ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހަސަންމަނިކާ މޫސަގެ އަސްލު ހަޔާތުގައިވެސް ދެމީހުން އުޅެނީ އެހާ މަޖާކޮށް ގާތްކޮށް ކަމަށެވެ. އޭގެ ފަހުން ޓިވީއެމުން މޫސައަށް ހާއްސަކޮށް އުފެއްދި ޕްރޮގްރާމެއްގައި މޫސަގެ އެންމެ ގާތް ރަހުމަތެރިއެއްގެ ހައިސިއްޔަތުން އިންޓަވިއުދީ، މޫސަގެ ބައެއް ޕާސަނަލް ވާހަކަތައް ބެލުންތެރިންނާ ހަސަންމަނިކު ހިއްސާކުރިއެވެ.

            ހަސަން މަނިކުގެ ކުއްލި ވަކިވުން މޫސައަށް ބަޔާންކޮށްދޭންވެސް ދަތިވިއެވެ. ރާއްޖޭ މީޑިއާކަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ގެއްލިގެން އެދިޔައީ ހަޔާތުގެ ވަރަށް މުހިއްމު މީހެއްކަމަށާއި ހާއްސަކޮށް މޫސަ ސިޔާސީ ހަޔާތަށް ނެރުނު މީހަކީ ހަސަންމަނިކު ކަމަށެވެ. އެއީ މޫސަ ލާމުއަތޮޅުގެ މެމްބަރު ކަމަށް ކުރިމަތިލައި އެ އަތޮޅަށް މޫސަ ގޮަވައިގެންގޮސް އެމީހުންނަށް މޫސަ ތައާރަފްކޮށްދިން އެއް ފަރާތަށް ހަސަން މަނިކުވާތީ އެކަމަށް އިޝާރާތްކޮށެވެ. މޫސަ ވަނީ ލާމުގެ ގޮނޑި ކާމިޔާބުކޮށް، އޭގެ ފަހުން ހުޅުހެންވޭރު ދާއިރާ ގެ މަޖްލިސް ގޮނޑި ކާމިޔާބުކޮށް، ރައްޔިތުންގެ މަޖުލީހުގެ ނައިބް ރައީސްކަންވެސް ކުރައްވާފައެވެ.

ކޮވިޑް19 އަށް ފަރުވާ ހޯދުމަށް، ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން (ފަރުވާދެނިކޮށް) ހަސަން މަނިކު ނިޔާވީ މިއަދު ހެނދުނުއެވެ. ހަސަން މަނިކު ފުރަތަމަ އެޑްމިޓްކުރީ ޓްރީޓޮޕް ހޮސްޕިޓަލުގައި މިދިޔަ އަންގާރަ ދުވަހުއެވެ. އޭގެ ފަހުން ކޮވިޑްގެ ހާއްސަ ފެސިލިޓީން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަކުރީ އިތުރަށް ހާލު ގޯސްވުމުންނެވެ. ހަސަން މަނިކުގެ ކުއްލި ވަކިވުން،ފިލްމީ ދާއިރާގެ އެހާރާއި މީހާރުގެ ފަންނާނުންނާއި ހަސަން މަނިކުގެ ގާތް ރަހުމަތްތެރިން ސިފަކުރަނީ ކަރުނުން ތެންމާލި ހަބަރެއްގެ ގޮތުގައެވެ. ގެއްލިގެން އެދިޔައީ ދާއިރާގެ ބައްޕައެއް ފަދަ މީހެކެވެ. ތަފާތު މޮޅު ހުނަރުވެރި އެކްޓަރެކެވެ. ރަހުމަތްތެރިންނަށް އަޅާލާ އޯގާތެރިވި ގާތްތިމާގެ ކަހަލަ މީހެކެވެ. ނިއުރޭޑިއަންޓުގެ ސަޕޯޓަރުންނަށް އެމީހުންގެ އެންމެ ގަދަ އެއް އަޑެވެ. އެމީހުންގެ މެދުގައި ބަސްވިކޭ އެންމެ މަޝްހޫރު އެއްމޫނެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©