• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

”ހަޔާތާއި ވިސްނުމާއި ފިކުރަށްވެސް ރަހުމަތްތެރިންގެ އަސަރު ވަރަށް ބޮޑަށް ކުރޭ“ – ހުކުރު ހުތުބާ

by މުރާސިލް ޓީމް
އޮކްޓޯބަރ 14, 2022
in ދީން
0
”ހަޔާތާއި ވިސްނުމާއި ފިކުރަށްވެސް ރަހުމަތްތެރިންގެ އަސަރު ވަރަށް ބޮޑަށް ކުރޭ“ – ހުކުރު ހުތުބާ

ހަރުބަހެއްގައި އޮވެއެވެ. ރަހުމަތްތެރިން އިނގޭނީ މުސީބާތުގެ ވަގުތުގައެވެ. މީހަކަށް މުސީބާތެއް ނުވަތަ ކާރިސާއެއް ނުވަތަ ދަތިކަމެއް ކުރިމަތި ވުމުން އޭނާގެ ގާތުގައި އެކުވެރިން ކަމުގައި ހެދިގެން އުޅުނު ގިނަބަޔަކު، އޭނާ ދޫކޮށް ދުރަށްދާތަން ފެނެއެވެ. ﷲ ގެ ނަބިއްޔާ ސަލާމްލެއްވި ޔަގޫބުގެ ފާނަށް އާލާސްކަންފުޅެއް ކުރިމަތިވެ އެކަލޭގަފާނުގެ ބޭފުޅުން އަވަހާރަވެ، މުއްސަނދިކަމާއި ތަނަވަސްކަން ގެއްލިގެންދިޔަ ވަގުތު، އެކަލޭގެ ފާނަށް ޒިޔާރަތްކުރަމުން ދިޔަ މީހުންނާއި، އެކަލޭގެފާނުގެ މަޖުލީހަށް ހާޒިރުވަމުންދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު، އެކަލޭގެފާނު ދޫކޮށް ދުރައްދިޔައެވެ. އެކަލޭފެފާނުގެ އަރިހުގައި ތިބީ އިހްލާސްތެރިމަދު ރަހުމަތްތެރީން ކޮޅެކެވެ. އިބްނު ހިއްބާން ރިވާކުރައްވާފައިވާ ގޮތުގައި، އައްޔޫބުގެ ފާނު މި އާލާސްކަންފުޅުގައި، އަށާރަ އަހަރު ހޭދަކުރެއްވިއެވެ. އެކަލޭގެފާނު ދޫކޮށްނުލައި އެކަލޭފާނު އަރިހަށް ޒިޔާރަތް ކުރަމުންދިޔައީ ހަމަ އެންމެ ދެ މީހެކެވެ.

ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު މުހާޖިރުންނާ އަންސާރުން އަޚު ކުރެއްވިއެވެ. މި އުހުވަތްތެރިކަމުގެ ދަށުން، މާތް ﷲ ރުއްސުންލެއްވި އަބްދުއްރަހުމާނު ބިން އައުފް ވެވަޑައިގަތީ، މާތް ﷲ ރުއްސުންލެއްވި ސައުދު ބިން ރަބީއުގެ އަޚަކަށެވެ. ސައުދުގެފާނަކީ ތަނަވަސް ބޭކަލެކެވެ. އެކަލޭގެފާނު އަބްދުއްރަހުމާނުގެފާނައިގެން، ގެކޮޅަށް ވަޑައިގެން ވިދާޅުވިއެވެ ’މި ހުރީ އަޅުގަނޑުގެ މުދަލެވެ، އޭގެ ދެބައިކުޅައެއްބައި ކަލޭގެފާނަށެވެ. މިތިބީ އަޅުގަނޑުގެ ދެ އަނބިންނެވެ، ކަލޭގެފާނު ބޭނުންފުޅު އަންހެނަކު އިހުތިޔާރުކުރަށްވާށެވެ، އޭރުން އަޅުގަނޑު އޭނާ ވަރިކުރާނަމެވެ، އޭނާ އިއްދަ ހަމަވުމުން ކަލޭގެފާނު އޭނާއާއި ކައިވެނިފުޅުބައްލަވައިގަންނާށެވެ. “ އެ ހިނދު އަބްދުއްރަހުމާން ބިން އައުފް ދެންނެވިއެވެ، “ އަޅުގަނޑު ތިޔައިން އެއްވެސް އެއްޗެއް ބޭނުމެއްނޫނެވެ، އަޅުގަނޑަށް މިރަށުގެ ބާޒާރު ދައްކަވާށެވެ،“

ރަހުމަތްތެރިންނަކީ ޖަމާއަތެއްގެ ކުރިއެރުމާ ފަހަތަށް ޖެހުމުގެ ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެކެވެ. ހިތްހަމަ ޖެހުމާއި ނުތަވަސްކަން ގެނައުމުގައި، މީހުންގެ ހަޔާތާއި ވިސްނުމާއި ފިކުރަށްވެސް ރަހުމަތްތެރިންގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.

ރަހުމަތްތެރިން އިހުތިޔާރުކުރުމުގައި އިސްލާމްދީން ވަނީ އަޅުގަނޑުމެންނަށް މަތިވެރި އިރުޝާދުތަކެއް ދެއްވާފައެވެ. ރަހުމަތްތެރިކަމުގެ ގުޅުން އުފެދި އާލާވެފައިވަނީ، އިހްލާސްތެރިކަމާއި މަތިވެރި މަގުސަދެއްގައި ކަމުގައިވާ ނަމަ އެއީ މާތް ﷲ އެކަމުގައި ބަރަކާތް ލައްވާނެ ގުޅުމެކެވެ. އެއީ ދޯދިޔާ، ނުބައި ގުޅުމެއްކަމަށް ވާ ނަމަ އޭގެ ނުބައިކަން މާތް ﷲ، އެފަރާތަށް ރައްދުކުރައްވާނެއެވެ.

މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ، ”އެކުވެރިން އެދުވަހު އެއްބަޔަކު އަނެއް ބަޔަކަށް ވާހުށީ، ދުޝްމަނުން ކަމުގައެވެ. ތަގުވާވެރިން މެނުވީއެވެ.“

ރަހުމަތްތެރިން ހޯދަން ޖެހޭނީ މި ބިންގަލުގެ މަތީގައެވެ. މި ރަހުމަތްތެރިކަން ހާލިސް ކުރެވިފައި އޮންނަން ޖެހޭނީ ހައްގަށެވެ. މި ރަހުމަތްތެރިކަން އުފަންވެ އާލާވާން ޖެހޭނީ އީމާން ކަމާއި އިހުސާންތެރިކަމުގެ މަގުގައެވެ. މި ގޮތަށް އުފެދޭ ރަހުމަތްތެރިކަމަކީ މާތް ﷲ ދެކެ ލޯބިވުމުގެ ގިއުގަނޑުގެ ތެރޭގައި އޮންނނާނެ ގުޅުމެކެވެ.

ބޭނުން ޖެހޭ ވަގުތުގައްޔާއި މުސީބާތުގެ ވަގުތުގައި މިފަދަ ރަހުމަތްތެރިންގެ އެހީ ލިބޭނެއެވެ. އިންސާނެއްގެ ހިތަށް އީމާންތެރިކަން ވަދެ އެކަމުގެ ފޮނިކަން އިހުސާސ ކުރެވިއްޖެ ނަމަ އޭނާގެ އެކުވެރިކަން އޮންނާނީ މި އުސޫލުގެ މަތީގައެވެ. އެކުވެރިކަމަކީ ވަކި އެދުމެއް ހާސިލު ކުރުމަށްޓަކައި އުފެދޭ ގުޅުމަކަށް ނުވާނެއެވެ. އެފަދަ މީހުން މި ގުޅުން ކަނޑާނީވެސް ހަމަ މިއުސޫލުންނެވެ.

            މާތް ﷲ ރުއްސުންލެއްވި އުމަރުބުނުން ހައްތާބު ރިވާކުރައްވާފައިވެއެވެ. ރަސޫލާ ހަދީސް ކުރެއްވިއެވެ. ”ހަމަކަށަވަރުން ﷲ ގެ އަޅުންގެތެރޭގައި ހިމެނޭ ބަޔަކު ވެއެވެ. އެއީ ނަބީބޭކަލުންނެއް ޝަހީދުންނެއް ނޫނެވެ. ﷲ ހަޟްރަތުގައި ގިޔާމަތްދުވަހުން އެމީހުންނަށް ލިބިފައިވާ މަތިވެރި މަގާމު ނަބީބޭކަލުންނާއި ޝަހީދުންވެސް އެދޭނެއެވެ.“

އަސްހާބު ބޭކަލުން ދެންނެވިއެވެ. “ އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮން ބައެއްތޯއެވެ.

ހަދިސް ކުރެއްވިއެވެ. ”އެއީ މާތް ﷲ ގެ ވަޖުހަފުޅަށްޓަކައި އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވި ބައެކެވެ. އެމީހުންގެ މެދުގައި އޮތް ތިމާގެ ކަމަކާއި ނުލައެވެ، އަދި އެމީހުން އެކަކު އަނެކަކަށް ދޭ މުދަލަކާވެސް ނުލައެވެ. މާތް ﷲ ގަންދީ ވިދާޅުވަމެވެ، ހަމަކަށަވަރުން އެމީހުންގެ މޫނު ތަކަކީ ނޫރެވެ، އެމީހުން ތިބޭނީ ނޫރު މަތީގައެވެ. ގިޔާމަތް ދުވަހު މީސްތަކުން ބިރުގަންނަ ވަގުތު އެމީހުން ބިރެއް ނުގަންނާނެއެވެ. މީސްތަކުން ހިތާމަކުރާއިރު އެމީހުން ހިތާމައެއް ނުކުރާނެއެވެ.“

ނޯޓް: މިއީ މިއަދުގެ ހުކުރު ހުތުބާގެ ހުލާސާއެކެވެ. މައުލޫމާތު ނަގާފައިވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ޝާއިއުކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާއިންނެވެ.

ގުޅުންހުރި ލިޔުންތައް

މިދިޔަ ރޯދަމަހު ކީރިތި ގުރުއާން އެއްކޮށް ކިޔެވިން – ވިލް ސުމިތު

މިދިޔަ ރޯދަމަހު ކީރިތި ގުރުއާން އެއްކޮށް ކިޔެވިން – ވިލް ސުމިތު

މާރޗް 19, 2024
ހުކުރު ނަމާދުގެ އިމާމުން ޖުއްބާލާން ޖެހޭ ގޮތަށް ހަމަޖައްސައިފި

”ބިސްމިﷲ އަޑުހަރުކޮށް ކިޔަވަން ޖެހޭނެ“ – ރައީސް މައުމޫން

ސެޕްޓެމްބަރ 15, 2023
މާލޭގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރުން އޮންނާނެ

މާލޭގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރުން އޮންނާނެ

އޭޕްރިލް 6, 2023
”ﷲ ގެ ނަންފުޅު ލިޔެފައިވާ ހެދުން ލުމަކީ ހުއްދަ ކަމެއް ނޫން“

”ﷲ ގެ ނަންފުޅު ލިޔެފައިވާ ހެދުން ލުމަކީ ހުއްދަ ކަމެއް ނޫން“

ނޮވެމްބަރ 17, 2022

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©