• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ކައްވަޅުގެ ބައިވެރިޔާ

by މުރާސިލް ޓީމް
ފެބްރުއަރީ 13, 2021
in ދީން
0
ކައްވަޅުގެ ބައިވެރިޔާ

    ހަތް ބިލިއަނަށް ވުރެ ގިނަ މީހުން އުޅެމުންދާ މިދުނިޔޭގެ ޙަޔާތް އެކަނިވެރިއޭ ބުނެ ދަޢުވާކުރަމުން ޙަޔާތުގެ ބައިވެރިއެއް ހޯދުމަށް ރެއާއި ދުވާލު އެއްބަޔަކު މަސައްކަތްކުރަނީއެވެ. ނޫނީ ލޯބިވެރީން ހޯދަނީއެވެ. މިކަމުގައި މިބައިމީހުން ކެއުމެއް ބުއިމެއް ނިދުމެއް އަރާމެއް ނެތި ވަޤުތުތައް ހޭދަކުރަނީއެވެ. ފޯނުކުރަނީއެވެ. ޗެޓްކުރަނީއެވެ. ނުވިތާކަށް ކޮންމެ ދުވަހަކު އެ ކުއްޖާ ލިބޭތޯ، އެކުއްޖާގެ މޫނު ފެނޭތޯ، އެ ގެ ވަށައިގެން ދިހަ ބާރަ ފަހަރު [ޠަވާފް] ވެސް ކުރަނީއެވެ.
    އަނެއް ބަޔަކު އެ ފަދަ ބުރަ މަސައްކަތުން، އެ ފަދަ އަގުހުރި ވަޤުތުތައް ނަގާލައިގެން ހޯދި އެކުވެރިޔާ ގެއްލުމުން ރޮއެ ހިތާމަކުރަނީއެވެ. ކަރުނަ އަޅާ ގިސްލަނީއެވެ. ހިތާމަވެރި ލަވަތައް އަޑު އަހައި އިތުރު ހިތާމަތަކަށްވެސް ހުށަހެޅިގަންނަނީއެވެ. އެންމެފަހުން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ބައިވެރިޔާގެ ހަނދާނުގައި ބިނާތަކާއި ތާޖްމަހަލްތައްވެސް އަޅަނީއެވެ. މިވަރުން ނުފުދިގެން ބައިވެރިޔާއަށް ޓަކައި، ތިމާގެ ހަށިގަނޑާއި ޖިސްމުވެސް ނަގާލައި އަމިއްލަ މަރުވުމުގެ ފިނޑި ޖަރީމާވެސް ހިންގަނީއެވެ.


    މީހުން ތޮއްޖެހި ނޭވާ ނުލެވިފައިވާ މި ދުނިޔޭގައި ތިބާއަށް ބައިވެރިޔަކާއި ނުލައި ނޫޅެވޭ އިރު، ތިބާ ދެން ދާން އޮތް ގޮވަތީގެ އެކަނިވެރިކަން ހަނދުމަ ނުވަނީ ހެއްޔެވެ؟ އެތަނުގެ އަނދިރިކަން ނުވިސްނެނީ ހެއްޔެވެ؟ އެ ތަނުގެ ނާމާންކަމާއި ބިރުވެރިކަން ތަޞައްވަރު ނުކުރެވެނީ ހެއްޔެވެ؟ އެއީ ގަދަ ފަދަ މަލާއިކަތުންގެ ހަރުކަށި ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެ ތަނެވެ. އެއީ ނުބައި ޢަމަލު ގިނަވުމުގެ ސަބަބުން އަރިކަށި ފުނޑުވޭ ވަރަށް ދަތި ކޮށްލެވޭނެ ޖަގަހައެވެ. އަދިވެސް ތިބާގެ ވަގުތުތަކާއި ނަފްސާއި ޖިސްމު ބޭނުންކޮށް އަވަދި ކޮށްލަންވީ ހަމަ އެކަނި މި ދުނިޔެއަށްޓަކައި ހެއްޔެވެ؟


    ކަށްވަޅުގައި ތިބާގެ އެކުވެރިއަކަށް ގެންދާނީ ކާކު ހެއްޔެވެ؟ ތިބާ ކިތަންމެ ބޭނުންވިޔަސް ތިބާ އާ އެކު
    ގެންދެވޭނެ އިތުރު ބައެއް ނެތެވެ. ތިބާއާއި އެކު ގެންދެވޭނީ ތިބާ ކުރާ ޢަމަލެއް އެކަންޏެވެ. ހެޔޮ ޢަމަލު ކޮށްފިނަމަ އެ ދުވަހުން ތިބާ އާއި ބައްދަލު ކުރާނީ ނުހަނު ރީތި، މީރުވަސް ދުވާ ހިތަށް ފިނިކަން ގެނެސްދޭނެ އެކުވެރިއެކެވެ. ނުބައި ޢަމަލު ކޮށްފިނަމަ ހިތާމައިގެ ކޮޅެއް ނެތެވެ. އެ އެކަނިވެރި ދުނިޔޭގައި ތިބާއަށް ލިބޭނީ ކުނި، ނުބައިވަސް ދުވާ ނުބައި އެކުވެރިއެކެވެ. ހަމަކަށަވަރުން ތިބާއަށްޓަކައި އޭނާ ވެގެން ދާނީ އިތުރު ވޭނަކަށެވެ. އިތުރު ޢަޒާބަކަށެވެ. އިތުރު މޮޅިވެރިކަމަކަށެވެ.
    ވީމާ ވިސްނާށެވެ. ތައުބާވާށެވެ. ވަޤުތެއް ނެތެވެ. ތިބާގެ ކަށްވަޅަށް ޒިޔާރަތް ކުރަން ޖެހެނީ އަދު ކަމެއް މާދަމާ ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟

    ގުޅުންހުރި ލިޔުންތައް

    މިދިޔަ ރޯދަމަހު ކީރިތި ގުރުއާން އެއްކޮށް ކިޔެވިން – ވިލް ސުމިތު

    މިދިޔަ ރޯދަމަހު ކީރިތި ގުރުއާން އެއްކޮށް ކިޔެވިން – ވިލް ސުމިތު

    މާރޗް 19, 2024
    ހުކުރު ނަމާދުގެ އިމާމުން ޖުއްބާލާން ޖެހޭ ގޮތަށް ހަމަޖައްސައިފި

    ”ބިސްމިﷲ އަޑުހަރުކޮށް ކިޔަވަން ޖެހޭނެ“ – ރައީސް މައުމޫން

    ސެޕްޓެމްބަރ 15, 2023
    މާލޭގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރުން އޮންނާނެ

    މާލޭގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރުން އޮންނާނެ

    އޭޕްރިލް 6, 2023
    ”ﷲ ގެ ނަންފުޅު ލިޔެފައިވާ ހެދުން ލުމަކީ ހުއްދަ ކަމެއް ނޫން“

    ”ﷲ ގެ ނަންފުޅު ލިޔެފައިވާ ހެދުން ލުމަކީ ހުއްދަ ކަމެއް ނޫން“

    ނޮވެމްބަރ 17, 2022

    ފަހުގެ ލިޔުންތައް

    • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
    • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
    • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
    • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
    • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
    Facebook-f
    Twitter
    Instagram
    Telegram
    Whatsapp
    Email: info@muraasilu.mv | Phone: +960 3000007
    Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
    Copyright 2021, Muraasilu Media, All Rights reserved ©