• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ރިސޯޓު މިއުޒިކުގައި ބިދޭސީން – ހައްލަކީ ކޮބާ؟

by މުރާސިލް ޓީމް
މާރޗް 2, 2021
in ރިޕޯޓު, މުނިފޫހިފިލުވުން
1
ރިސޯޓު މިއުޒިކުގައި ބިދޭސީން – ހައްލަކީ ކޮބާ؟

އިކްއެޓިކް ވައިބް ރިސޯޓެއްގައި މިއުޒިކް ކުޅެނީ؛ އަމިއްލަ ރާގު ވެސް . އުފައްދާ ހުނަރުވެރި ބޭންޑެއް

ރާއްޖޭގެ ވަޒީފާ ތަކަށް ބޭރު މީހުން ހޯދުމުގެ ގާނޫނާ ގަވައިދު ތެރެއިން ރިސޯޓުތަކުގައި މިއުޒިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މަނާކަމެކެވެ. ދާއިމީކޮށް މިއުޒިޝަނެއްގެ ގޮތުގައި ވޯކް ވިސާ ދޫކުރުންވެސް ސަރުކާރުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް ގާނޫނުގެ އެކި ބާގަނޑުތަކުން ދެމިގަނެގެން، ރިސޯޓުތަކުގައި މިހާރުވެސް ބިދޭސީން، މިއުޒިޝަނުންގެ ގޮތުގައި މަސައްކަތްކުރެއެވެ. މި ކަން ހުއްޓުވުމަށް ކޮންމެ ސަރުކާރެއްގައި އެކި ފްލެޓްފޯމުތަކުގައި މިއުޒިޝަނުން އަޑުއުފުލާތާވެސް އެތައް ޒަމާނެއް ވެއްޖެއެވެ. ނަމަވެސް މިކަމުގައި އެދެވޭ ހައްލެއް މިހާތަނަށް ވަނީ ނުލިބިފައެވެ.

ލައިމްސްޓޯން ބޭންޑު ރިސޯޓެއްގައި މިއުޒކު ކުޅެނީ

              މި ސަރުކާރުގެ އާޓްސް އެންޑް ކަލްޗަރ މިނިސްޓަރ ޔުމްނާ މައުމޫން، މިއުޒިޝަނުންނާ އެކު ބޭއްވެވި އެންމެ ފުރަތަމަ ބައްދަލުވުމުގައިވެސް، މިއުޒިޝަނުން އެންމެ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ވެސް ފާހަގަކުރީ ރިސޯޓުތަކުގައި އަގުހެޔޮކޮށް ބިދޭސީން މިއުޒިކް ކުޅޭ މައްސަލައެވެ. އެ ބައްދަލުވުމުގައިވެސް މިއުޒިޝަނުންވަނީ ކަންބޮޑުވުންތަކާ އެކު، ހައްލުތަކެއްވެސް ހުށައަޅާފައެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް ވަނީ މިއުޒިޝަނުންގެ ކަންބޮޑުވުން ހައްލުކުރުމަށް، ޓުއަރިޒަމް ދާއިރާގެ އިސް ފަރާތްތަކާއި މިއުޒިޝަނުންނާ އެއް ތަނަކުން ބައްދަލުވެ ހައްލު ހޯއްދަވާދެއްވާނެ ކަމަށް ވައުދުވެފައެވެ. އަލީ ވަހީދުގެ ކުރު މިނިސްޓަރުކަމުގެ ދައުރުގައި މިއުޒިޝަނުންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ހޯއްދަވާދެއްވިޔަސް ރިސޯޓުތަކުގެ ވެރިންނާ އެކީ ބާއްވަން އުޅުނު ބައްދަލުވުން ބޭއްވޭގޮތް ވަނީ ނުވެފައެވެ.

ބިދޭސީ މިއުޒިޝަނަކަށް ވަޒީފާގެ ކޯޓާއެއް ނުދޭ، މަސައްކަތް ކުރަނީ ކިހިނެތް؟

               މިއީ ހަގީގަތުގައި އެންމެ ބޮޑު މައްސަލައެވެ. ދިވެހިންނަށް ކުރެވޭ ނުވަތަ ދިވެހިންނަށް ހާއްސަ މަސައްކަތްތަކަށް ބިދޭސީންނަށް ވޯކްވިސާ ދޫނުކުރާއިރުވެސް ގަވައިދުން ރިސޯޓުތަކުގައި ބިދޭސީން މަސައްކަތް ކުރަނީ ކިހިނެތްހެއްޔެވެ؟

                ނަން ހާމަކުރަން ބޭނުންނުވާ މިއުޒިޝަނެއް ބުނި ގޮތުގައި ބިދޭސީ މިއުޒިޝަނުން ރާއްޖެއަށް އެތެރެވަނީ އެހެން މަގާމެއް ނުވަތަ އެހެން މަސައްކަތެއްގެ ނަމުގައެވެ. މިގޮތުން ބާ ނުވަތަ ރެސްޓޯރެންޓުގައި މަސައްކަތްކުރާ މީހުންގެ ނަމުގައެވެ. އަންހެން މިއުޒިޝަނެއް ނަމަ ސްޕާ ތެރަޕިސްޓު ކަހަލަ ނަމެއްގައެވެ. އޭނަގެ ވޯކްޕާމިޓު ކާޑުގައިވެސް އިންނަނީ އެ މަގާމެވެ. އެހެން ކަމުން އެއީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަމެއް ނުބެލެވެއެވެ. އެއީ ސައްހަ ވިސާއާއި އެހެނިހެން ހުރިހާ ކަމެއް ރިސޯޓުން ހަމަޖައްސައިދީފައި ހުންނަނީ ގާނޫނާ ގަވައިދުގެ ތެރެއިންނެވެ. ނަމަވެސް މި ހުރިހާ އުސޫލެއްގެ ތެރެއިން ’ގަވައިދަށް ފެތިގެން‘ މަސައްކަތްކުރާ ބިދޭސީ މީހާ ކުރަނީ އޭނާއަށް ހުއްދަ ނުދޭ މަސައްކަތެވެ. މި މަސައްކަތް ކުރުވަނީވެސް އޮޅުވާލައިގެން ނުވަތަ އެމީހަކަށް ނޭންގިއެއްވެސް ނޫނެވެ. ސީދާ ރިސޯޓު މެނޭޖްމަންޓުން އެ ފަރާތަށް ބުނެދީގެން މިއުޒިޝަނެއްގެ ގޮތުގައި ރާއްޖެއަށް މަސައްކަތްކުރަން ނާދެވޭނެތީ ކުރިންފެށިގެން ހަމަޖެހިފައިންނަ ’ޑީލެއް’ގެ ދަށުން ހިނގާކަމެކެވެ. އެހެން ކަމުން ރިސޯޓު ހިންގާ ފަރާތަށް އަގުހެޔޮކޮށް މިއުޒިޝަނެއް ލިބި އެ ހުނަރު ހުރި ދިވެހިން ބާކީވަނީއެވެ. އެ ފައިސާ ބޭރުވެ ރާއްޖޭގެ އިގްތިސާދަށްވެސް އޭގެން އަސަރުކުރަނީއެވެ.

ޑިޓިއުން ބޭންޑު ރިސޯޓެއްގައި މިއުޒިކް ކުޅެނީ: ބޭންޑެއް ގޮތުގައި އެކުގަ މަސައްކަތްކުރާތާ އެންމެ ދުވަސްވީ އެއް ބޭންޑު

މި ކަމުގެ ހައްލަކީ ކޮބާ؟

           ރިސޯޓުތަކުގައި ގަވައިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރުން ހުއްޓުވޭނީ އަކުރުން އަކުރަށް ގާނޫނާ ގަވައިދު ތަންފީޒު ކުރެވިގެންނެވެ.  

ބައެއް މިއުޒިޝަނުންގެ ހިޔާލުގައި ވޯކްވިސާ ގޮތަށް މިއުޒިޝަނެއްގެ ގޮތުގައި މަސައްކަތްކުރެވޭ ގޮތަށް ކާޑެއް ތައާރަފު ކުރެވިދާނެއެވެ. އެ ކާޑު ބިދޭސީންނާ ދިވެހިންނަށްވެސް އެޕްލައި ކުރެވޭ ގޮތަށް ހެދުމަށްފަހު އެ ހުއްދަ (ކާޑު) ނެތް ނަމަ ވަގުތުން އެމީހަކަށް ފިޔަވަޅު އަޅާނީއެވެ. ބިދޭސީއެއް ނަމަ ޑީޕޯޓުކޮށް ރިސޯޓުވެސް ވަކި އަދަދަކުން ޖުރިމަނާ ކުރެވިދާނެއެވެ.

               މި ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކޮށްފައިވާ އަދި މިހާރުވެސް ގަވައިދުން ރިސޯޓު މިއުޒިކު ކުޅެމުންދާ ފާންނަކާ މި ސުވާލުކުރުމުން އެ ފަރާތުންވެސް ކުރީ ސުވާލެކެވެ. މި ކަން ހުއްޓުވާނީ ކޮންބައެއްތޯ އެވެ. ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ކުރަމުންދާ ކޮންމެ ކަމެއް ހުއްޓުވައި ފިޔަވަޅު އަޅަން ޖެހޭ މުއައްސަސާތަކެއް ހުރިއިރު އެތަންތަނުގެ ޒިންމާ ފުރިހަމައަށް އަދާކުރާ ނަމަ ގަވައިދާ ހިލާފަށް ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންނަށްވެސް ފިޔަވަޅު އެޅެން ޖެހޭނެކަމަށް އެފަރާތުން ގަބޫލުކުރެއެވެ. މިހާރުވެސް ހެދިފައިވާ ގަވައިދުތައް ތަންފީޒުނުކުރަނީ ކީއްވެގެންތޯ ބަލާ އެކަންކަން މަތިކޮށްފައިވާ އިދާރާ ތަކުން ބަލައި ފިޔަވަޅު އެޅެން ޖެހޭނެއެވެ. އެއީ ރިސޯޓުގައި ގަވައިދާ ހިލާފަށް މިއުޒިކު ކުޅޭ ބިދޭސީ މީހާވިޔަސް ނުވަތަ އެނޫންވެސް ’ކުށެއް‘ ކުރާ ކޮންމެ މީހަކަށް އޮންނަން ޖެހޭނެ ހުކުމެކެވެ.

              ރިސޯޓު މިއުޒިކުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ، އަދި މިހާރުވެސް މިއުޒިކް އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހިމެނޭ މިއުޒިޝަނެއްގެ ހިޔާލަކީ ދެން ވެސް ބޭނުންވަނީ ރަނގަޅު ވަރުގަދަ ހަރުދަނާ ގާނޫނަކާ ގަވައިދެކެވެ. މިފަހުން ސީދާ މިއުޒިޝަނުން ނުވަތަ މުނިފޫހިފިލުވުމުގެ ދާއިރައަށް ގާނޫނުތަކެއް ގަވައިދުތަކެއް ހެދިފައެއްނެތެވެ. އެހެންކަމުން މި އިންޑަސްޓްރީގެ ފަންނާނުންގެ ހިޔާލާއެކު މިޒަމާނަށް ފެތޭ ހަރުދަނާ ގަވައިދުތަކެއް ހެދުން ވަރަށް މުހިއްމެވެ. އޭރުން އެ ގަވައިދު ތަންފީޒުކުރަން ރިސޯޓުތަކަށާއި ސަރުކާރަށްވެސް ފަސޭހަވާނެއެވެ.  

އޭގެ ފަހުން ގާނޫނު ހަދާ މަޖްލިސް (ރައްޔިތުންގެ މަޖުލީހާއި) ރާއްޖޭން ބޭރުގައި ހުރި ރާއްޖޭގެ އެމްބަސީތަކާއި އަދި ރާއްޖޭގައި ހުރި ބޭރުގެ އެމްބަސީތަކުގެ އެހީތެރިކަމާއެކު، މި ގާނޫނު ވަރަށް ފަސޭހައިން ޕްރޮމޯޓުކުރެވިދާނެއެވެ.  މި ގަވައިދުގައި ހިމަނާ ހަރުދަނާ އުސޫލުތައް، ބޭރުގެ ފަރާތްތަކަށް ބުނެދެވިއްޖެ ނަމަ ރާއްޖެއިން ބޭރުން އެއްވެސް މިއުޒިޝަނެއް (ގަވައިދާހިލާފަށް) ރާއްޖޭގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަމެއް ނުހުންނާނެއެވެ. އެއީ ރާއްޖޭގައި ވަރަށް ބޮޑަށް މަނާކޮށްފައިވާ ކަމެއްކަން އެފަރާތްތަކަށްވެސް އެނގި މަނާ ކަމެއް ކުރުމުގެ ބިރާއި ބޮޑު އަދަބެއް އައުމުގެ ބިރު އޮތުމުންނެވެ.

ސްކައިރޮކް ބޭންޑު: ރިސޯޓު މިއުޒިކުގައި އެންމެ ބިޒީ އެއް ބޭންޑު

ހުރިހާ ރިސޯޓުތަކަށް ބޭނުންވާ ވަރަށް ދިވެހި މިއުޒިޝަން ލިބޭނެ؟!

                  ބައެއް ރިސޯޓުތަކުގެ އެފްއެންބީގެ ވެރިން ގަބޫލުކުރާ ގޮތުގައި އަދި އެ ފަރާތްތަކުން ކުރާ ސުވާލަކީ މިހާރު ރާއްޖޭގައި 200 އެއްހާ ރިސޯޓު އޮޕަރޭޓުކުރާއިރު އެ ހުރިހާ ރިސޯޓަކަށް ބޭނުންވާ ވަރަށް ދިވެހި މިއުޒިޝަން ލިބޭނެތޯ ކުރާ ސުވާލެވެ. މި ސުވާލުގެ ޖަވާބުގައި ކުރިން ވާހަކަ ދެއްކި މިއުޒިޝަން ގެ ހިޔާލަކީ އެގޮތަށް އެ ސުވާލު އުފައްދަނީ އެ ސުވާލު ފަހުމް ނުވާތީއެވެ. 200 ރިސޯޓު އޮތަސް، ބޭންޑު ގެންދާނީ މަދު ރިސޯޓު ތަކަކަށެވެ. މީގެ އިތުރުން ރެގިއުލަރކޮށް ގެންދާ ރިސޯޓުތަކަށް ކޭޓަރ ކުރެވޭ ވަރަށް ދިވެހި މިއުޒިޝަނުން ލިބޭނެކަމަށެވެ. މި ދާއިރާއަށް ކުދިން ޝައުގުވެރިވާން އިތުރު ހިތްވަރަކަށްވެސް ވާނީ އެވަރުގެ ޑިމާންޑެއް އޮތްކަން އެނގިގެންނެވެ. ނަމަވެސް ބައެއް ކަހަލަ އިންސްޓުރޫމަންޓު ކުޅޭ ކުދިން އެހާ ގިނަ ނުވެދާނެ ކަމަށާއި އެހެންވިޔަސް އެއީވެސް ފުރުސަތުތައް ތަނަވަސްވާ ވަރަކުން ކުދިންގެ ޝައުގުވެރިކަމާއެކު، އިތުރު ކުރުވޭނެ ކަމެއް ކަމަށެވެ.

             އެހެން މިއުޒިޝަނެއް ފާހަގަކުރި ގޮތުގައި ރާއްޖޭގައި ހުންނަނީ އެކި ފަންތީގެ ރިސޯޓުތައްކަމަށާއި މިގޮތުން ރެގިއުލަކޮށް ބޭންޑާއި ޑީޖޭފަދަ ހަރަކާތްތައް ކޮންމެ ރެއަކު ބައެއް ރިސޯޓުތަކުގައި އޮވެފައި، ކޮންމެ ރެއަކު މިއުޒިކް ނުކުޅޭ ރިސޯޓުތައްވެސް އޮވެއެވެ. އެހެންކަމުން އެ ޑިމާންޑާ އެއްވަރަށް ފަސޭހަކަމާއެކު މިއުޒިޝަނުން ލިބޭނެއެވެ.

ބިދޭސީ މިއުޒިޝަނުން ގެންނަންފެށީ ދިވެހި މިއުޒިޝަނުންނަށް ގޯހެއް ހެދިގެންތަ؟

            ރާއްޖޭގެ މިއުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ކުރިން ހަރަތާކްތެރިވި ފަރާތެއް ހާމަކުރި ގޮތުގައި، މީގެ އެތައް އަހަރެއް ކުރިއަށް ޖެހިލާއިރު ގަވައިދުން ރިސޯޓުތަކުން ދިޔައީ ދިވެހި މިއުޒިޝަނުންނަށް އޮބިނޯންނަ ވަރަށް ފުރުސަތުތައްވެސް ލިބެމުންނެވެ. އޭރުގެ ދަތުރުފަތުރުގެ ދަތި ކަމާ އެކުވެސް ބޮޑެތި ބޭންޑު ހަދައިގެން ބަރު އިންސްޓުރޫމަންޓު ތަކާއެކު ރިސޯޓުފަހަރުގެ ސަޕްލައި ދޯނިންވެސް ދަތުރުކުރަން ޖެހުނު މިއުޒިޝަނުންނަށް ހިތްފުރޭވަރަށް އޭރުގަ ފުރުސަތުތައް ލިބުނެވެ.

ނަމަވެސް މި ފަހުން (2000 ގެ އަހަރުތަކުން ފެށިގެން) ވޭތުވެދިޔަ 20 ވަރަކަށް އަހަރުގެ ތެރޭގައި ރިސޯޓުތަކުގައި ބިދޭސީ މިއުޒިޝަނުންތައް ގިނަވެ، ރިސޯޓުތަކުން ދިވެހި މިއުޒިޝަނުންނަށް ފުރުސަތުތައް މަދުވާންފެށީ އެމީހުންނަށް ގޯހުން ކަމެއް ކުރެވިގެންތޯ މިއީވެސް ކުރެވޭ ސުވާލެކެވެ.

ޕާމްޓޯން ބޭންޑު ރާއްޖެއިން ބޭރުގެ އިވެންޓެއްގެ ތެރެއިން: އެންމެ ފުރަތަމަ މޯލްޑިވިއަން އައިޑޮލްގެ ބޭންޑެއް ގޮތުގައިވެސް ފެނުނީ މި ބޭންޑު

               މި މައުލޫއަށް ވާހަކަދެއްކި މިއުޒިޝަނެއްގެ ހިޔާލަކީ ގޯހުން ދިޔަ ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ. ހުނަރުގެ ގޮތުން ބެލިޔަސް ޑިސިޕްލިންވެސް ދިވެހި މިއުޒިޝަނުން އެހެން ގައުމުތަކުން (ހާއްސަކޮށް އޭސިޔާ ސަރަހައްދުން) ގެންނަ މިއުޒިޝަނުންނާ ވަރަށް ތަފާތު ކަމަށެވެ. ބައެއް މިއުޒިޝަނުންނަށް ފުރުސަތު ގެއްލުނީ ރިސޯޓުގެ މެނޭޖްމަންޓު ބަދަލުވުމާއި ބައެއް އިންޓަނޭޝަނަލް ބްރޭންޑުތަކުން އެންޓަޓެއިންމަންޓު އައުޓްސޯސްކޮށްފައި ހުރުމުން އެފަރާތުން ހެޔޮއަގުގައި އެމީހުންގެ ކޮންޓްރެކްޓުގެ ދަށުގައި ތިބޭ އާޓިސްޓުންނަށް ފުރުސަތުދޭން ޖެހުމުގެ ސަބަބުންނެވެ. ކުރިން ވެސް ބޭރުގެ ބޭންޑުތަކާއި ވަކިވަކި މިއުޒިޝަނުން ރިސޯޓުތަކުގައި ކުޅުނު ކަމަށާއި އޭރުވެސް ބައެއް އާޓިސްޓުންނަށް ފުރުސަތުތައްވެސް ގެއްލުނު ކަމަށެވެ. އެހެން ކަމުން މިއީ މި ފަހަކަށްއައިސް ދިމާވި ކަމެއް ނޫން ކަމަށާއި އަބަދުވެސް އޮންނަ މައްސަލައެއްކަމަށެވެ.

             އެހެން މިއުޒިޝަނެއް ކުރީ ސުވާލެކެވެ. އެހެން ދާއިރާއެއްގެ މިސާލެއްގެ ގޮތުން ބަލާ ނަމަ، ދިވެހި ކޮލިފައިޑް ޑައިވް މާސްޓަރުންނަށް ސީނިއަރ ސްޓާފުންގެ ކެންޓީނުން ކާންދީފައި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުން އަންނަ އެ ފެންވަރުގެ ޑައިވަރުންނަށް ރެސްޓޯރެންޓުން ކެއުމާ ބުއިމުގެ ކަންތައްތައް ހަމަޖައްސައި ދިނުމުގެ އިތުރުން ފެންވަރު ރަނގަޅު އެކޮމޮޑޭޝަންވެސް ހަމަޖައްސާދެއެވެ. އެއީ ދިވެހި ޑައިވަރުންނަށް ކޮން ’ގޯހެއް‘ ހެދިގެން، ކިހިނެތްވެގެންތޯ ސުވާލު އުފެއްދިއެވެ.

            ’މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް’ގައި އިސްކޮށް ހަރަކާތްތެރިވާ މިއުޒިޝަނެއް ފާހަގަކުރިގޮތުގައި، އެމީހުންގެ ކަންބޮޑުވުމަކީ މާޒީގައި ކަމެއް ގޯހުން ހިނގާފައި ވިޔަސް މުސްތަގުބަލަށް ފުރުސަތުތައް ތަނަވަސް ކޮށްދިނުމުގެ ވިސްނުން ބައެއް ރިސޯޓުތަކުގައި ނުގެންގުޅޭ މައްސަލައެވެ. މިއުޒިޝަނުންނާ އެހެން ދާއިރާތަކުގެވެސް ވަކިވަކި ފަރުދުންނަށް ގޯހެއް ހެދިފައިވިޔަސް ޖުމްލަކޮށް މި ޒަމާނުގައި މަސައްކަތްކުރާ މީހުންނަކީ ވަކި ޑިސިޕްލިންއެއްގެ ދަށުން، ތިމާގެ އާމްދަނީއާއި ހުނަރު ކިލަނބު ނުވާނެހެއް މަސައްކަތް ކުރުމުގެ ރޫހު ހުރި ބައެއް ކަމަށާއި އެހެން ކަމުން މުސްތަގުބަލުގައި އާޓިސްޓުންގެ ފަރާތުން ބޮޑަށް ފެންނާނީ ޕްރޮފެޝަނަލް އުސޫލުތަކެއް ކަމަށެވެ.

ފަންނުގެ ދަރިން އިވެންޓެއްގެ ތެރެއިން ބައެއް މިއުޒިޝަނުން؛

މިއުޒިޝަނުން ބޭނުންވާގޮތް

              ދިވެހި މިއުޒިޝަނުން ބޭނުންވަނީ ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީ މިއުޒިޝަނުންނަށް ފިޔަވަޅު އެޅުމަށެވެ. ގަވައިދާ އެއްގޮތަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބިދޭސީ އަކަސް ދިވެއްސަކަށް ވިޔަސް އެކަން ކުރުމަށެވެ. ދިވެހި މިއުޒިޝަނުންގެ ކަންބޮޑުވުމަކީ ގަވައިދާ ހިލާފުވުމުން އަމިއްލަ ގައުމުގައި ކުށްވެރިވެ މަގުމަތިވެފައި، ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީ މީހާ އަށް ފިޔަވަޅެއް ނޭޅޭތީއެވެ.

ދިވެހި މިއުޒިޝަނުން ބޭނުންވަނީ އެމީހުންގެ ގައުމުގައި އެމީހުންގެ ހުނަރުން އާމްދަނީއެއް ހޯދުމުގެ މަގެކެވެ. އެމީހުންނަށް ލިބެން އޮތް ފުރުސަތެއް ބިދޭސީ މިއުޒިޝަނުން އަތްގަދަކޮށް، އަމިއްލަ ގައުމުގެ އަމިއްލަ ފަންނުގައި ނިކަމެތި ނުވުމެވެ. އެމީހަކު މޮޅަށް ކުރަން އިނގޭ ކޮންމެ ކަމަކީ އޭނަގެ އިލްމާއި ހިލްމަށްވާ ފަދައިން މިއުޒިޝަނުންނަށް ދަސްވެފައިހުރީ އެމީހުންގެ ފާންނާނީ ހުނަރުން އާމްދަނީއެއް ހޯދުމެވެ. އެއީ އެމީހުންގެ އަމިއްލަ އުފަލަކަށް މަޖަލަކަށް ކުރާކަމެއްގެ ގޮތުގައެއްނޫނެވެ. އެހެން މީހުންނަށް އުފާވެރިކަމާ ހިތްހަމަޖެހުން ހޯދާދިނުމަށެވެ. ތިމާއަށް އާމްދަނީ ލިބޭނެ ހަމައެކަނި މަގަކީ އެއީ ކަމަށްވެފައި މިނިވަންކަމާއެކީ ކޮޅަށް ހުރެވޭނެ ހަމައެކަނި ގޮތަކީވެސް އެއީކަމަށްވާތީއެވެ.             

’މިއުޒިޝަންސް ޔުނިއަން އޮފް މޯލްޑިވްސް‘ ވެސް މިއަދު ފެށީ މި މަސައްކަތެވެ. ކޮވިޑް19ގެ ދަތި ތަދު ދުވަސް ތަކަށް ފަހު މަޑުމަޑުން ރިސޯޓުތައް ހިންދާމާލި ވަގުތު، ރިސޯޓުތަކުން ދިވެހި އާޓިސްޓުންނަށް ގެއްލުނު ފުރުސަތުތައް އަލުން ހޯދައި ދިނުމުގެ މަސައްކަތެވެ. މި ކަމުގައި އެމީހުންނާ އެކު މުޅި މިއުޒިކް އިންޑަސްޓްރީ ތިބި އިރު، އެންމެންގެ އިންތިޒާރަކީ ސަރުކާރާއި ރިސޯޓުތަކުގެ ވެރިންގެ ފައިލަށް މި މައްސަލަ އަރައި، ފުރިހަމަ ހައްލެއް ވީހާވެސް އަވަހަށް އަންނާނެ ދުވަހަކަށެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Comments 1

  1. މޮސްޓާ says:
    5 years ago

    ހައުސް އޮފް މިޔުޒިކްގެ ފޮޓޮ އެއް ނެތީމަ ވަރަށް ދެރަ

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©