އެއްވަނަ ޑިވިޝަން ނުވަތަ ދިވެހި ޕްރިމިއަރ ލީގަށްވުރެ ބޮޑު ފޯރިއަކާއި ވާދަވެރި ކަމެއް އޮންނަ ދެވަނަ ޑިވިޝަނުގެ ފުޓުބޯޅަ މުބަރާތް މާދަމާ ފަށަން ހަމަޖެހިއްޖެއެވެ.
15 ޓީމު ވާދަކުރާ ދެވަނަ ޑިވިޝަނުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި މަހިނބަދޫ ސްޕޯޓްސް ކުލަބެވެ. މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެދުނު މަހިބަދޫ ފުޓްބޯޅަ ޓީމަކީ ފުޓްބޯޅަ މުބާރާތްތަކުގައި ކާމިޔާބު ނަމެކެވެ. އަނެއްކޮޅުން ތަޖުރިބާކާރު ކޯޗު އާތީގެ ބެލުމުގެ ދަށުން ނިކުންނަ މަސްއޮޑި ސްޕޯޓް ކުލަބުގައި ކުރިން ގައުމީޓީމާއި އެއްވަނަ ޑިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިންނާއި އެކު މިއަހަރުގެ ދެވަނަ ޑިވިޝަނަށް އެންމެ ބޮޑަށް ވަރުގަދަކޮށްފައިވާ އެއް ޓީމަކީ މަސްއޮޑި ސްޕޯޓްސް ކުލަބެވެ.
ކުރިން ފުޓުބޯޅައިގެ ގަދަ ބާރުން ކަމަށްވާ ނިއުރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކުލަބުވެސް ވާދަކުރާ ދެވަނަ ޑިވިޝަނުގެ މި އަހަރުގެ މުބާރާތް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕު ސްޓޭޖުގެ މެޗުތަކަަށްފަހު ކޮންމެ ގުރޫޕަކުން ގަދަ ދެ ޓީމެއް ކުއާޓަރ ފައިނަލަށް ދަތުރުކުރާއިރު، ކުއާޓާރ ފައިނަލުގެ ބާކީ ޖާގަތައް ދޭނީ ތިން ގުރޫޕުން ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމަކަށެވެ.
މުބާރާތުގެ ގުރޫޕުތައް ބެހިފައިވާ ގޮތަކީ:
ގުރޫޕު އޭ:
މަސްއޮޑީ ސްޕޯޓްސް ކުލަބު
މަހިބަދޫ ސްޕޯޓްސް ކުލަބު
ޖޭޖޭ ސްޕޯޓްސް ކުލަބު
ކުޑަހެންވޭރު ސްޕޯޓްސް ކުލަބު
އެލްޓީ ސްޕޯޓްސް ކުލަބު
ގުރޫޕު ބީ:
ބީޖީ ސްޕޯޓްސް ކުލަބު
ޓެންޓު ސްޕޯޓްސް ކުލަބު
ދަ ގުރާންޑޭ
ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބު
ކުލަބު ޓީން އޭޖު
ގުރޫޕު ސީ:
ކުލަބު ޕީކޭ
ވިކްޓްރީ ސްޕޯޓްސް ކުލަބު
ލޮރެންޒޯ ސްޕޯޓްސް ކުލަބު
ބިސްބުރު ސްޕޯޓްސް ކުލަބު
ލެގޫންސް ސްޕޯޓްސް ކުލަބު
މަހިބަދޫ ސްޕޯޓްސް ކުލަބު. މަހިބަދޫ ޒުވާނުން ގެ ޖަމިއްޔާ އެއްނޫން