• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އެފްއޭއެމް ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށައަޅައިފި

by މުރާސިލު
ޖެނުއަރީ 17, 2024
in ކުޅިވަރު
0
ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

މިއަހަރު ބޭއްވި އެފްއޭއެމް ގެ ކޮގްރެސްގެ ތެރެއިން.

މާޒިޔާ އިސްވެ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މެމްބަރު 10 ކްލަބު ސޮއިކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހަޅައިފިއެވެ.

ދިވެހި ފުޓުބޯޅައިގައި މި ވަގުތު އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފަރާތުން މިއަދު އެކްއެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލީ އިދާރީ ގޮތުން ހިންގުމުގައި ހުންނަން އަސާސީ ގަވާއިދު ލާޒިމް ކުރާ ކޮމިޓީތައް ނެތުމާއި އުސޫލާ ހިލާފަށް ބައެއް ކޮމިޓީތައް އެކުލަވާލެވިފައިވާތީ އާއި އިންތިހާބީ ކޮމިޓީގެ މަގާމުތަކުން ބައެއް މީހުން އިސްތިއުފާދީފައިވާތީއެވެ.

މާޒިޔާއިން ހުށަހެޅި ހުށަހެޅުމުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާއަކަށް ކަނޑައަޅާފައި ވަނީ ޑިސިޕްލިނަރީ ކޮމިޓީ އާއި އެތިކްސް ކޮމިޓީ އަދި އެޕީލް ކޮމިޓީ ސައްހަކޮށް ފާސްކުރުމެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގެ ތެރެއިން މާޒިޔާގެ އިތުރުން ދެން ކޮންގްރެސްއަށް ގޮވާލައި، ސޮއިކޮށްފައިވަނީ ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ދެވަނަ ޑިވިޝަނުގެ ކުޑަ ހެންވޭރު ޔުނައިޓެޑާއި އެލްޓީ ސްޕޯޓްސް ކްލަބު، ބީޖީ ސްޕޯޓްސް ކްލަބު، ޓެންޓް އެފްސީ، މަހިބަދޫ ސްޕޯޓްސް ކްލަބު، ދަ ގްރާންޑޭގެ އިތުރުން ސީބީއެސްއެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން، މެމްބަރު ކްލަބުތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ކްލަބުތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލައިފިނަމަ، 14 ދުވަސް ތެރޭގައި ކޮންގްރެސް ބާއްވަން ޖެހެއެވެ. ނުބާއްވައިފިނަމަ ތިން ދުވަސް ތެރޭގައި ފީފާ އަދި އޭއެފްސީގެ އެހީއާއެކު ޓީމްތައް އަމިއްލައަށް ކޮންގްރެސް ބޭއްވޭނެއެވެ.

މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމް ގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިމަހުގެ 31 އަށެވެ. އިންތިހާބުގައި ވާދަކުރަން ނިންމީ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި އެފްއޭއެމްގެ ރައީސްކަމުން ދާދިފަހުން ވަކިވި ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި ހިމެނުނު މުފާވިޒު ހާޝިމް (މުފާ) އެވެ. ނަމަވެސް ރައީސް ކަމަށް ވާދަކުރާ އެއް ކެންޑިޑޭޓު ކަމަށްވާ އަހުމަދު ތޯރިގު (ޓޮމް) އަށް ފުރަތަމަ ޑިވިޝަނުގެ ތިން ޓީމުގެ ތާއިދު ނެތް ކަމަށް ބަލައި، ތޯރިގުގެ ކެންޑިޑެންސީ ވަނީ އެފްއޭއެމުން ބާތިލުކޮށްފައެވެ. ތޯރިގަށް ތާއިދުކޮށްފައިވާ އެއް ކުލަބު ކަމަށްވާ ވެލެންސިޔާގެ ތާއިދު ސިޓީއެއް މުފާއަށް ވެސް ވަނީ ދީފައެވެ. ވެލެންސިޔާގެ ބޯޑުން ބުނެފައިވަނީ ސައްހަ ސިޓީއަށް ދީފައިވާނީ ވެސް މުފާއަށް ކަމަށެވެ.

ތޯރިގުގެ ކެންޑިޑެންސީ ބާތިލު ކުރުމުން އޭނާ ވަނީ އެފްއޭއެމްއަށް އިސްތިއުނާފަށް ހުށައަޅާފައެވެ. އޭނާ އިސްތިއުނާފަށް ހުށަހެޅި ސިޓީއަށް އެފްއޭއެމްއަށް ޖަވާބު ދެވިފައެއް ނުވެއެވެ. އެއީ 2023 ވަނަ އަހަރު އަހަރީ އާންމު ޖަލްސާގައި އެޕީލް ކޮމިޓީއެއް ފާސްކޮށްފައި ނެތުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ޖެނުއަރީ 22, 2024
އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

ޖެނުއަރީ 15, 2024
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ޖެނުއަރީ 15, 2024
ބޮޑު ތަފާތަކުން މޮޅުވެ، ޓެންޓު ކުއާޓަރ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

ބޮޑު ތަފާތަކުން މޮޅުވެ، ޓެންޓު ކުއާޓަރ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

ޖެނުއަރީ 9, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©