• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

by އަބްދުﷲ ސަފީގު އަލީ
ޖެނުއަރީ 15, 2024
in ކުޅިވަރު
0
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ގައުމީ ހޭންޑުބޯލު މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފިއެވެ.

ފައިނަލް މެޗު ޓެންޓުން ކާމިޔާބު ކުރީ، ފިއޮންޓި ސްޕޯޓްސް ކުލަބް 30-15 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މުބާރާތުގައި އެއްވެސް މެޗަކުން ބަލި ނުވެ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ޓެންޓު ސްޕޯޓްސް ކުލަބު ކާމިޔާބުކޮށް، ގައުމީ ހޭންޑުބޯލުގެ މުބާރާތުގެ އެއްވަނަ ޑިވިޝަނުން ވަނީ ޖާގަ ހޯދާފައެވެ.

މި މުބާރާތުގެ ކާމިޔާބާއި ބެހޭ ގޮތުން ޓެންޓު ހޭންޑުބޯލް ޓީމު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ހައިޝަމު (ހަންޑޭ) ބުނީ އަންނަ އަހަރު އެއްވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހުނަސް ޓީމާއި މެދު އިތުބާރު އޮތް ކަމަށާއި މި އަހަރުގެ ޓީމުގެ ކުޅުންތެރިންގެ ފެންވަރު އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

މުރާސިލަށް މައުލޫމާތު ދެމުން ހަންޑޭ ބުނީ މިހާރުވެސް ދެތިން ކުޅުންތެރިން، ވަރަށް ރަނގަޅު މޮޅު ކުޅުންތެރިން އަންނަނީ ޓީމަށް ޖޮއިން ކުރަން ވާހަކަ ދެކެވުމުން ކަމަށާއި އެހެން ވިޔަސް މި އަހަރު ކުޅުނު ކުޅުންތެރިންނަށް އިސްކަން ދޭނެކަމަށެވެ.

ހޭންޑު ބޯލް ކުޅުމަށް ޝައުގުވެރިވާ އަންހެން ކުޅުންތެރިންނަށް ވެސް ހަންޑެ ވަނީ އުފާވެރި ހަބަރެއް ދީފައެވެ. މި ގޮތުން އަންނަ އަހަރު ޓެންޓު ސްޕޯޓްސް ކުލަބުން އަންހެން ޓީމެއްވެސް ބައިވެރިކުރާނެ ކަމަށާއި ސީދާ ތައްޓަށް ވާދަކުރެވޭ ވަރުގެ ހުނަރުވެރި އަންހެން ކުޅުންތެރިންގެ ރަނގަޅު ޓީމެއް ބައިވެރި ކުރާނެ ކަމަށެވެ.

އިންޓަވިއު ނިންމާލަމުން ހަންޑެ ބުނީ މި މުބާރާތް ކާމިޔާބު ކުރުމުގައި ކުޅުންތެރިންނާއި ޓެންޓުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާން ބޭނުންވާ ކަމަށާއި ހާއްސަކޮށް ޓެންޓު ގެ ރައީސް ނަސްރު (ނަސްރުﷲ ވަހީދަށް) ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ. އަންނަ އަހަރު އެއްވަނަ ޑިވިޝަނުގައި ވާދަކުރާއިރު ތައްޓަށް ވާދަ ކުރާނެ އެންމެ ގަދަ އެއް ޓީމަށް ޓެންޓު ސްޕޯޓްސް ކުލަބުވާނެ ކަމުގެ ޔަގީންކަންވެސް ހަންޑެ އަދި ޓެންޓުގެ މެނޭޖުމަންޓުން ދެއެވެ.

ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިން:

ޓެންޓުގެ އަބްދުالله ޒިމާމް, އިބްރާހީމް ހައިޝަމް އަބްދުالله, އަހުމަދު ފިރާޝް, ފްލައިން އީގަލްސް ސްޕޯޓްސްގެ އަބްދުالله އައްޒާމް, ޓެންޓުގެ އަހުމަދު އަބްދުލް ސައްތާރު, ބޮންތި ސްޕޯޓްސް ކުލަބްގެ ފިރުޝާން މުހައްމަދު, ޓެންޓުގެ އިސްމާއިލް ޝުއާއު އަބްދުالله އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ވެލިދޫ ޔުނައިޓެޑުގެ މުހައްމަދު ޔަސްމު އަހުމަދު އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިއޮންޓިގެ އަހުމަދު ފިރާޝްއެވެ.

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ތުޅާދޫ ޔަންގު އީގަލް:

ރޭ ކުޅެވުނު މި މުބާރާތުގެ އަންހެން ޑިވިޝަނުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ތުޅާދޫ ޔަންގް އީގަލް އިން ހޯދީ ސުޕަ ޖެނެރޭޝަން ކުލަބް 32-14 އިން ބަލިކޮށްގެންނެވެ.

އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިންނަކީ, ތުޅާދޫ ޔަންގް އީގަލްސްގެ, ޝިޒްނާ ރަޝީދު, ޒުހާ ހުސެއިން, އާމިނަތު ފަޒްލާ, ކައުސަރު އާދަމް ސައީދު, މަރިޔަމް ލީން އަހުމަދު, ސުޕަ ޖެނެރޭޝަންގެ އާމިނަތު ޝުދާ އަދި ޔޫތް ސްޕޯޓްސް ކުލަބްގެ ފާތިމަތު ނިއުޝާ އެވެ.

އަންހެން ޑިވިޝަނުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ފާތިމަތު ލީމް ރިޝާދެވެ.

ގުޅުންހުރި ލިޔުންތައް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ޖެނުއަރީ 22, 2024
ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

އެފްއޭއެމް ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށައަޅައިފި

ޖެނުއަރީ 17, 2024
އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

ޖެނުއަރީ 15, 2024
ބޮޑު ތަފާތަކުން މޮޅުވެ، ޓެންޓު ކުއާޓަރ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

ބޮޑު ތަފާތަކުން މޮޅުވެ، ޓެންޓު ކުއާޓަރ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

ޖެނުއަރީ 9, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި
  • އާރުޑީސީގެ ޗެއާމަން މަގާމުން ވަކިކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©