• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

by މުރާސިލު
ޖެނުއަރީ 22, 2024
in ކުޅިވަރު
0
ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

އެފްއޭއެމް އެމްޕީއެލް 2 ވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި 1-9 ގެ ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ސްޕޯޓްސް ކުލަބު މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓެންޓުން ފުރަތަމަ ލަނޑު ޖެހީ އަހުމަދު ރިލްވާން (ރިލޭ) އެވެ. ކުރިން އެއްވަނަ ޑީވިޝަނުގައި މޮޅަށް ކުޅުނު އިތުބާރު ފޯވާޑު ރިލޭއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު އިރު ގިނަ ހަމަލާތަކެއްގެ ހުރަކަަށްވީ ޓީނޭޖުގެ ކީޕަރެވެ. ފުރަތަމަ އެގާރައިގަ ކުޅެން އެރި ކީޕަރަށް އަނިޔާވުމުން މެޗުގެ ބޮޑުބައި ގޯލު ބެލެހެއްޓި ކީޕަރު ވަނީ ޓެންޓުގެ ގިނަ ހަމަލާތަކެއް ސޭވް ކޮށްފައެވެ.

ފުރަތަމަ ހާފުގައި ރިލޭގެ ގޯލުގެ އިތުރުން ޓެންޓުގެ މިސުރު ފޯވަޑު އަހުމަދު އަބްދުލްފައްތާހު ވަނީ 2 ވަނަ ލަނޑު ޖަހާފައެވެ. ހާފު ނިމުމުގެ ކުރިން 3 ލަނޑުގެ ތަފާތެއް ގެނައުމަށް ލިބުނު ޕެނަލްޓީ އަހުމަދު ޖެހުމުން ޓީނޭޖުގެ ކީޕަރު ހުށިޔާރުކަމާއެކު ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައި ޓެންޓު ސްޕޯޓްސް ކުލަބުން ވަނީ 7 ގޯލު ޖަހާފައެވެ. މި ގޮތުން 3 ވަނަ ލަނޑު ޖެހީ އާދަމް އާޒިމް (ކަނޯ) އެވެ. މެޗުަގެ 4 ވަނަ ލަނޑާއި 6 ވަނަ ލަނޑު ކާމިޔާބުކޮށް ރިލޭ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ޓެންޓުގެ 5 ވަނަ ލަނޑު ޖަހާފައިވަނީ އަހުމަދެވެ. 7 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޓެންޓުގެ ކެޕްޓަން އއ.މާޅޮސްއަށް އުފަން އަމްޖަދު (އަމްޖޭ) އެވެ. ޓެންޓުގެ ޑިފެންސުގައި މުހިއްމު ދައުރެއް އަދާކުރަމުން އަމްޖޭ މި ލަނޑު ކާމިޔާބު ކޮށްދިނީ ލިބުނު ކޯނަރެއް ބޮލުން ޖަހައެވެ. މެޗުގެ 8 ވަނަ ލަނޑު ކާމިޔާބުކުރީ މެޗުގައި ގިނަ ހުސް ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވުނު އަހުމަދު ފިރާޝް (ފިއްޓޭ) އެވެ. ފިއްޓޭގެ ލަނޑަށް ފަހު މެޗުގެ ފަހު ލަނޑު ޖެހީ ޓެންޓުގެ ލަންކާ ޑިފެންޑަރު ޗަމީރާއެވެ. ޓީނޭޖުން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަެދު ޝުޖާއުއެވެ.

މި ނަތީޖާގެ ސަބަބުން ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ކުއާޓަރ ފައިނަލަށް ޓެންޓު ވަނީ ދަތުރުކޮށްފައެވެ. މި ގުރޫޕުގައި ނިއުރޭޑީއަންޓު ވަނީ ކުޅުނު ދެ މެޗުން 6 ޕޮއިންޓު ހޯދާފައެވެ. ނިއުރޭޑީއަންޓު ދެން ބައްދަލު ކުރަން ޖެހޭނީ ޓެންޓު ސްޕޯޓްސް ކުލަބާއެވެ. މި ގުރޫޕުގައި ބީޖީވެސް ވަނީ 6 ޕޮއިންޓު ހޯދާފައެވެ. 3 މެޗުން 6 ޕޮއިންޓު ލިބުނު އިރު ބީޖީވެސް ދެން ބައްދަލު ކުރަން ޖެހޭނީ ނިއުރޭޑިއަންޓާއެެވެ. މި ގުރޫޕުގެ އަނެއް ދެ ޓީމު ކަމަށްވާ ޓީނޭޖު ސްޕޯޓްސް ކުލަބާއި ދަ ގުރާންޑޭ ވަނީ މުބާރާތުން ކަޓާފައެވެ.

ގުޅުންހުރި ލިޔުންތައް

ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

އެފްއޭއެމް ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށައަޅައިފި

ޖެނުއަރީ 17, 2024
އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

ޖެނުއަރީ 15, 2024
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ޖެނުއަރީ 15, 2024
ބޮޑު ތަފާތަކުން މޮޅުވެ، ޓެންޓު ކުއާޓަރ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

ބޮޑު ތަފާތަކުން މޮޅުވެ، ޓެންޓު ކުއާޓަރ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

ޖެނުއަރީ 9, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©