• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޔޫރޮޕާލީގު: ތަފާތު ބޮޑުކޮށް މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެ، އާސެނަލް އެއްވަރު

by މުރާސިލް ޓީމް
ފެބްރުއަރީ 19, 2021
in ކުޅިވަރު
0
ޔޫރޮޕާލީގު: ތަފާތު ބޮޑުކޮށް މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެ، އާސެނަލް އެއްވަރު

                ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރިއާލް ސޮސިއޭޑް ކޮޅަށް ހަތަރު ލަނޑު ޖަހައިގެން އަނެއް ބުރުގެ ފުރުސަތު ބޮޑުކުރި އިރު އާސެނަލްއިން ރަށުން ބޭރުގައި ބެންފީކާ އާއި އެކު 1-1 އިން އެއްވަރު ވެއްޖެއެވެ.

               ރޭގެ މެޗަކީ ރިއަލް ސޮއިއެޑާޑް ގެ ހޯމު މެޗުކަމަށް ވިޔަސް ކޮވިޑް19 ގެ ހާލަތުގެ ސަބަބުން ސްޕެއިން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި ވަގަތު އިންގުލެންޑުން ސްޕެއިނަށް ދަތުރު ކުރެވޭނެ ފުރުސަތު ނެތުމުން ރޭގެ މެޗު ކުޅުނީ ރޭގެ މެޗު ކުޅުނީ ޔުވެންޓަސްގެ އެލއަންޒް އެރީނާގައެވެ.

                ޔުނައިޓެޑް ގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މެޗުގައި ލަނޑުތައް ޖެހީ ބުރޫނޯ ފެންޑާސް (2 ލަނޑު)، މާކަސް ރަޝްފޯޑު އަދި ޑެނިއަލް ޖޭމްސް އެވެ. މި މެޗުގެ ފަހު ދިހަ މިނިޓްގައި، ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނު ހުނަރުވެރި ޒުވާން ފޯވާޑް ޑިއާލޯވެސް ކުޅެން ފުރުސަތު ދީފައިވެއެވެ. މާކޮސް ރަޝްފޯޑު އަތުން ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުން މޮޅުވުމުން ދެވަނަ ލެގުގައި ޔުނައިޓެޑްގެ ދަނޑުގައި 0-0 ނަތީޖާއިން އެއްވަރުކޮށްލައިގެންވެސް އަނެއް ބުރަށް ދެވޭނެއެވެ.

               އާސެނަލާ ދެކޮޅަށް ބެންފީކާގެ މެޗުކުޅުނީ އިޓަލީގެ ވެރިރަށް ރޯމްގައެވެ. އެއީ ޕޯޗުގީޒް ސަރުކާރުން ކޮވިޑް19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިނގިރޭސިވިލާތުން އެއްވެސް ބަޔަކަށް ޕޯޗުގީޒަށް އެތެރެ ނުވެވޭނެ ގޮތަށް އޮތުމުންނެވެ. މިމެޗުގައި ބެންފީކާއަށް ލީޑު ނަގައިދިނީ ޕެނަލްޓީއަކުން އަފޮންސޯ ފެނާންޑެސް އެވެ. އޭގެ ދެ މިނިޓް ފަހުން ބުކާޔޯ ސަކާ ވަނީ އާސެނަލްއަށް އެއްވަރުކޮށްދީފައެވެ. މިމެޗުގައި އާސެނަލް ގެ ފޯވަޑް އައުބެމަންޔަންގ އަށް ގޯލު ކުރިމަތިން ހުހަށް ލިބުނު ފުރުސަތެއް ވަނީ ބޭކާރު ކޮށްލާފައެވެ.

             ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ރަށުންބޭރުގައި އޮސްޓްރިއާގެ ވޯލްފްސްބާގާ އަތުން 4-1 އިން މޮޅުވެފަ އެވެ. ސްލާވިއާ ޕްރާގް ދަނޑުގައި ލެސްޓާ ސިޓީ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އޭސީ މިލާނުން ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ސްޕެއިނުގެ ގްރަނާޑާ ވަނީ އަމިއްލަ ދަނޑުގައި އިޓަލީގެ ނަޕޯލީ 2-0 އިން ބަލިކޮށްފަ އެވެ. ސްޕޯޓިން ބްރާގާ ދަނޑުގައި ކުޅުނު މެޗުން ރޯމާ ވަނީ 2-0 އިން މޮޅުވެފަ އެވެ. އަދި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް ދަނޑުގައި ކުޅުނު މެޗުން ވިޔަރެއާލް ކުރިހޯދީ 2-0 އިންނެވެ.

ގުޅުންހުރި ލިޔުންތައް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ޖެނުއަރީ 22, 2024
ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

އެފްއޭއެމް ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށައަޅައިފި

ޖެނުއަރީ 17, 2024
އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

ޖެނުއަރީ 15, 2024
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ޖެނުއަރީ 15, 2024

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©