• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޔޫރޮޕާ ލީގު: ފަހުސިކުންތުގައި ޖެހި ލަނޑާއެކު މެންޗެސްޓަރ ޔުނައިޓެޑް ދެވަނަ ބުރުގެ އުއްމީދު ބޮޑުކޮށްފީ

by މުރާސިލް ޓީމް
އޮކްޓޯބަރ 14, 2022
in ކުޅިވަރު
0
ޔޫރޮޕާ ލީގު: ފަހުސިކުންތުގައި ޖެހި ލަނޑާއެކު މެންޗެސްޓަރ ޔުނައިޓެޑް ދެވަނަ ބުރުގެ އުއްމީދު ބޮޑުކޮށްފީ

މެޗުގެ ހަމައެކަނި ލަނޑުޖެހި މެކްޓޮނޮމި އާއި މެންޗެސްޓަރ ޔުނައިޓެޑް ގެ ކުޅުންތެރިން އުފާފާޅު ކުރަނީ. ފޮޓޯ؛ މެންޗެސްޓަރ ޔުނައިޓެޑް

ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖް މެޗުގައި އިނގިރޭސީ ގަދަ ބާރު މެންޗެސްޓަރ ޔުނައިޓެޑާއި ސައިޕްރަސް ގެ އޮމްނިއާ ނިކޯސިއާއި ބައްދަކުކުރި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ވަހު މިނިޓްގައި ޖެހި ލަނޑާއެކު ޔޫރޮޕާ ލީގުގައި ކުރިއަށް ދިއުމުގެ ފުރުސަތު މެންޗެސްޓަރ ޔުނައިޓެޑުން ބޮޑުކޮށްފިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސްކޮޓް މެކްޓޮމެނީ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ އަމިއްލަ ދަނޑު އޯލްޓްރެފަޑްގައި ޔުނައިޓެޑް ގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅު މި މެޗުގައި، މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ގިނަ އަދަދެއްގެ ހަމަލާ ފޮނުވާލާ މުޅި މެޗު އެއްކޮށް ޑޮމިނޭޓްކޮށްފައެވެ. މި މެޗުގައި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ އޮމްނިއާ ގެ ގޯލް ކީޕާރު އުޒޯ އެވެ. މި ގޮތުން މާކަސް ރަޝްފޯޑު، ކްރިސްޓީއާނޯ ރޮނާލްޑޯ އަދި ކަސިމީރޯ ގޯލަށް ފޮނުވާލި ހަމަލާތައް އޮޒޯ ވަނީ ހުށިޔާރު ކަމާއި އެކު ދިފާއުކޮށްފައެވެ. މި މެޗުގައި މޮޅަށް ކުޅުނު އޮޒޯއަކީ ކުޑައިރުން ފެށިގެން މެންޗެސްޓަރ ޔުނައިޓެޑް ގެ ސަޕޯޓަރެކެވެ. މެޗަށްފަހު ވާހަކަދައްކަމުން އޮޒޯވަނީ އެނާ އެންމެ ސަޕޯޓްކުރާ ކުލަބް މެންޗެސްޓަރ ޔުނައިޓެޑް ގެ ދަނޑުގައި ޔުނައިޓެޑް ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށް ބުނެފައެވެ. އަދި އެއީ އެތައް ދުވަހެއްގެ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް ކަމަށެވެ.

މި މެޗުގައި ޔުނައިޓެޑުން ޖުމްލަ 33 ހަމަލާ ގޯލަށް ފޮނުވާލިޔަސް ލަނޑު ޖެހޭގޮތްވީ މެޗުގެ އިތުރުވަގުތުގެވެސް އެންމެ ފަހު މިނެޓްގައެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި 3 ކުޅުންތެރިން ކަމަށްވާ އެރިކްސަން އާއި ސަންޗޯ އަދި މެކްޓޮނޮމީގެ މަސައްކަތުން ޖެހި މި ލަނޑުގެ ސަބަބުން ޔުނައިޓެޑަށް ވަނީ މި މުބާރާތުގެ އަނެއްބުރަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވެފައެވެ.

ޔޫރޮޕާ ލީގުގައި މިރޭ އިނގިރޭސި ވިލާތުގެ އާސެނަލްވަނީ ހަނި މޮޅަކާއެކު އެމީހުންގެ ސައްތައިން ސައްތަ ރެކޯޑު ދަމަހައްޓާފައެވެ. ބޯޑޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަކާ އެވެ. ޕްރިމިއަރ ލީގުގެވެސް މި ވަގުތު އެއްވަނާގައި ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައިވެސް މޮޅު ކުޅުމެއްދައްކަމުންދާ އާސެނަލްއެވެ.

ގުޅުންހުރި ލިޔުންތައް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ޖެނުއަރީ 22, 2024
ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

އެފްއޭއެމް ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށައަޅައިފި

ޖެނުއަރީ 17, 2024
އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

ޖެނުއަރީ 15, 2024
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ޖެނުއަރީ 15, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©