• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ހަކީމީ ގެ އަންހެނުން މިލްކިއްޔާތުން ބައެއް ހޯދުމަށް ދައުވާކުރިއިރު މުދާ މަންމަގެ ނަމުގަ

by އަބްދުﷲ ސަފީގު އަލީ
އޭޕްރިލް 14, 2023
in ކުޅިވަރު
0
ހަކީމީ ގެ އަންހެނުން މިލްކިއްޔާތުން ބައެއް ހޯދުމަށް ދައުވާކުރިއިރު މުދާ މަންމަގެ ނަމުގަ

ނިމިގެން ދިޔަ ވޯލްޑް ކަޕުގައި މޮރޮކޯއިން ހޯދި އާދަޔާ ހިލާފު ކާމިޔާބުގައި ބޮޑު ހިއްސާއެއްވި އެ ގައުމުގެ ފުޓްބޯޅަ ތަރި އަޝްރަފް ހަކީމީ ގެ އަންހެނުން ވަރިވާން ހުށައަޅައިފިއެވެ. މި ދެމަފިރިން މައްސަލަ ޖެހި، ވަރިވެފައިވާ ކަމަށް މީގެ ކުރިންވެސް މީޑިއާގައި ވާހަކަ ދެކެވިފައިވަނިކޮށް، ހަކީމީ ގެ އަންހެނުން ހިބާ އަބޫކް ވަނީ ހަކީމީގެ މުދަލުން ދެބައިކުޅަ އެއްބައި ހޯދުމަށް ވެސް ދައުވާކޮށްފައެވެ.

މި ދައުވާތަކާއި ގުޅިގެން ކޯޓުން ބެލިބެލުމުން ހަކީމީ ގެ އެއްވެސް މުދަލެއް އޭނާގެ ނަމުގައި ނެތް ކަމަށްވެއެވެ. ހުރިހާ މުދަލާއި ފައިސާއެއް ހުރީ ހަކީމީ ގެ މަންމަގެ ނަމުގައެވެ. އެހެން ކަމުން ހިބާ އަށް އެއްވެސް އެއްޗެއް ނުލިބޭނެ ކަމާއި އެ ދައުވާ ކުރިއަށް ނުދާ ކަމަށްވެސް މޮރޮކޯގެ ބައެއް މީޑިއާތަކުން މައުލޫމާތުދެއެވެ. މީގެ އިތުރުން ހަކީމީ ފުޓްބޯޅަ ކުޅެގެން ލިބޭ އާމްދަނީ (މުސާރަ) ވެސް ލިބެނީ އޭނަގެ މަންމައަށެވެ.

ދުނިޔޭގެ މި ވަގުތު އެންމެ އަގުބޮޑު ކުޅުންތެރިން ހިމެނޭ ފްރާންސް ގެ ޕީއެސްޖީއަށް ކުޅެމުންދާ އަޝްރަފް ހަކީމީއަށް މުސާރައިގެ ގޮތުގައި ހަފްތާއަކު 215000 ޑޮލަރު ލިބެއެވެ. މިގޮތުން ހަކީމީ އަކީ އެފްރިކާ ބައްރުން، 6 ވަނަ އަށް އެންމެ ބޮޑު މުސާރައެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިޔާއެވެ.

މި ދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހަކީމީގެ މައްޗަށް އަންހެނަކުވަނީ ރޭޕުގެ ތުހުމަތުވެސް ކޮށްފައެވެ. ޕޮލިހުން މި މައްސަލައިގައި ބުނެފައިވަނީ، 24 އަހަރުގެ އަންހެނަކު ހަކީމީ ރޭޕްކުރި ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެ އަންހެމީހާ އެ މައްސަލަ ރަސްމީކޮށް ހުށައަޅަން ބޭނުން ނުވާކަމަމަށް ބުނެފައިވާ ކަމަށެވެ.

މި މައްސަލާގައި ހަކީމީގެ އަންހެނުންވެސް ވަނީ ވާހަކަ ދައްކާފައެވެ. ”އަހަރެން އަބަދުވެސް ހުންނާނި އަނިޔާ ލިބޭ މީހުންނާއި އެކު“ ރޭޕް ކުރިކަމަށް ބުނާ އަންހެން މިހާއަށް ސަޕޯޓް ކުރުމުގެ ގޮތުން ހިބާ ބުނެފައިވެއެވެ.

ހަކީމީގެ އަންހެނުން ބުނާގޮތުން އޭނާ ވަރިވާން ނިންމީ ރޭޕް މައްސަލައިގެވެސް ކުރިންނެވެ. އެހެންވިޔަސް ވަރިވާ ސަބަބު މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

ހިބާ އަބޫކާއި އަޝްރަފް ހަކީމީ ދިމާވީ 2018 ވަނަ އަހަރު، ހަކީމީ ޖަރުމަނުގެ ޑޯޓުމަންޑު ޓީމަށް ކުޅުނުއިރު ޖަރުމަނުންނެވެ. ހަކީމީ އަށްވުރެ 12 އަހަރު ދޮށީ ހިބާ މަޝްހޫރުވެފައި ވަނީ ސްޕެނިޝް ޑްރާމާ ސީރީޒް ’އެލް ޕްރިންސިޕެ ’ ގައި ކުޅުނު ރޯލުންނެވެ. ސްޕެއިން އަށް އުފަން ހިބާ އަކީ ޓިއުނީޝިޔާއިން ސްޕެއިނަށް ހިޖުރަކުރި ދެމަފރިއެއްގެ ދަރިއެކެވެ.

ސްޕެއިނުގައި 2020 ގައި ކުރި ކައިވެންޏަށް އެ އަހަރު ކުއްޖަކު ލިބިފައިވެއެވެ. އަދި ދެވަނަ ދަރިއެއް ލިބުނީ މިދިޔަ އަހަރުއެވެ.

އެންމެ ފަހުން ނިމުނު ވޯލްކަޕުގައި މޮޅު ކުޅުމެއް ދައްކައިގެން ހަކީމީއާއި މޮރޮކޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

ގުޅުންހުރި ލިޔުންތައް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ޖެނުއަރީ 22, 2024
ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

އެފްއޭއެމް ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށައަޅައިފި

ޖެނުއަރީ 17, 2024
އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

ޖެނުއަރީ 15, 2024
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ޖެނުއަރީ 15, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©