• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މުޅި ގައުމު ދަގަނޑޭއާ އަކުރަމް ގެ ދިފާއުގަ

by އަބްދުﷲ ސަފީގު އަލީ
ފެބްރުއަރީ 14, 2021
in ކުޅިވަރު
0
މުޅި ގައުމު ދަގަނޑޭއާ އަކުރަމް ގެ ދިފާއުގަ

ދަގަނޑޭއާއި އަކުރަމްގެ ފޮޓޯއެއްލާފައި މީހަކު ކުރި މަލާމާތުގެ ކޮމެންޓެއްގެ ސަބަބުން މިއަދު މުޅި ގައުމު އެ ދެ މީހުންގެ ދިފާއުގައި ތެދުވެއްޖެއެވެ. ސިޔާސީ ދާއިރާގެ އެމްޑީޕީ އެކްޓިވިސްޓެއް އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މީހުންގެ ސަމާލުކަން ލިބިފައިވާ ސޫޒަން އިބްރާހިމްފުޅު ގެ ކޮމެންޓުގައި ޖަހާފައިވަނީ ’ރައްޓެއްސަކު ބުނިގޮތުގައި މިހާރު މީހުން ދަނޑަށް ފުޓުބޯޅަ ބަލަން ނުދާ ކަމަށާއި ހާއްސަކޮށް (ތުނބުޅިލައިގެން) ސީރިއާއަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބަޔަކު ބަލަން ނުދާނެ‘ ވާހަކައެވެ.
މި ވާހަކައަށް ރައްދު ދެމުން ގިނަބަކު ބުނަމުންދަނީ ސޫޒަން ގަސްތުގައި ރަސޫލާގެ ސުންނަތައް ޖޯކު ޖެހީކަމަށާއި އެމީހުން ތުނބުޅި ބަހައްޓައިގެން އުޅެނީ ޖިހާދަށް ދާން ނޫން ކަމަށާއި އެއީ ސުންނަތެއްގެ ގޮތުގައި ކަމަށެވެ.
މިކަން ކުށްވެރިކޮށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުވެސް ވަނީ ޓުވީޓެއް ކުރައްވާފައެވެ. މަހުލޫފު ވިދާޅުވި ގޮތުގައި ’އަކްރަމާއި ދަގަނޑޭއަކީ ބަތަލުންކަމަށާއި، އަދި ތުނބުޅި ދިގުކޮށް ތިބޭ ފިރިހެނުންނާއި ބުރުގާ އަޅައިގެން އުޅޭ އަންހެނުންނަކީ ހައްދުފަހަނަ އަޅާފައިވާ ބައެއް ކަމަށް ނުދެކުމަށެވެ. މުޖުތަމައުގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުންކަމަށް ވިޔަސް އެއްބަޔަކު އަނެއްބަޔަކާ އިހުތިރާމްކޮށްގެން އުޅެން ދަސްކުރަންވާނެ ކަމަށެވެ.
މިމައްސަލާގައި ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަނާއި އެތަނުގެ ރައީސް ބައްސާމު އަދީލު ޖަލީލުވެސް ވަނީ ކުއްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިން ކުޅެމުންދަނީ ފީފާގެ އެންމެހާ ގަވައިދުތަކަށް ބޯލަނބައިގެން ކަމަށާއި އަދި ހާއްސަކޮށް އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކަށް ތަބާވެ އެކަމުން މިސާލު ދައްކަމުންދާ ކުޅުންތެރިން ކަމަށާއި އެކަމާ ފަހުރުވެރިވާ ކަމަށެވެ. ސޯސަލް މީޑިއާގައި އެ ކުޅުންތެރިންނަށް ނިސްބަތްކޮށް ލިޔެފައިވާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން ކުރަމުންދާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހިލުން ނުވާނެ ކަމަށްވެސް އެފްއޭއެމް ގެ ބަޔާނުގައި ވެއެވެ.
މި ކަމުގައި ރާއްޖޭގެ ހުރިހާ ފުޓްބޯޅަ ކުލަބްތަކާއި، ކުރީގެ އަދި މިހާރުގެ ކުޅުންތެރިންވެސް ވަނީ ސޫޒަންއަށް ވަރަށް ބޮޑަށް ފާޑުކިޔައި އަކްރަމާއި ދަނގަޑޭއަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.
ރާއްޖޭގެ ކުރީގެ ގައުމީ ޓީމު ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަދި މިހާރުގެ ކެޕްޓަން އަކުރަމަކީ ދިވެހި އެއްވެސް ރައްޔިތަކަށް އިތުރު ތައާރަފެއް ބޭނުންވާނެ ދެ ކުޅުންތެރިންނެއްނޫނެވެ. އެއަށްވުރެ ބޮޑަށް އެ ދެ ކުޅުންތެރިންގެ ފުޓްބޯޅައިން ގައުމަށް ކޮށްދީފައިވާ ހިދުމަތްތަކާއި ރީތިނަން ބޮޑެވެ.
މިއީ މުސްތަގުބަލުގައިވެސް ސޯސަލް މީޑިއާގައި ހިތުހުރި އެއްޗެއް ލިޔަމުންދާ ’އެކްޓިވިސްޓުންނަށް‘ ލިބުނު ފިލާވަޅެކެވެ. ތިމާމެން ފާޑުކިޔަން ޖެހޭ ، ވާހަކަ ދައްކަން ޖެހޭ އިމެއް އޮންނަންވާނެކަމާއި އެ އިމުން ބޭރު ވުމުން ތިމާއަށް ލިބޭ މަލާމާތާއި ނިކަމެތިކަމެވެ. ހާއްސަކޮށް ތިމާގެ އާއިލާއާއި ގާތްތިމާގެ މީހުން އަދި ހާއްސަކޮށް ސިޔާސީ ދާއިރާ ތަމްސީލުކުރާ ޖަމާއަތަށްވެސް ލިބޭ ނިކަމެތިކަން ބޮޑުކަމެވެ

ގުޅުންހުރި ލިޔުންތައް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ބޮޑު ތަފާތަކުން ޓީނޭޖު ބަލިކޮށް ޓެންޓު ކުއާޓަރ ފައިނަލަށް

ޖެނުއަރީ 22, 2024
ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލާގައި އެފްއޭއެމަށް ޕޮލިހުން ވަދެއްޖެ

އެފްއޭއެމް ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށައަޅައިފި

ޖެނުއަރީ 17, 2024
އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

އެތުލީޓުންނަށް ފަރުވާދެވޭނެ މެޑިކަލް ފެސިލިޓީ ސޯސަލް ސެންޓަރުގައި ގާއިމުކޮށްފި

ޖެނުއަރީ 15, 2024
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓު ސްޕޯޓްސް ކުލަބު ހޯދައިފި

ޖެނުއަރީ 15, 2024

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©