• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ދެއްވި ނިއުމަތަށް ޝުކުރުވެރިނުވެ، ބޮޑާ ބަސްތަކުގައި އިން ފަހަނަ އަޅައިފި

by އަބްދުﷲ ސަފީގު އަލީ
ޖެނުއަރީ 12, 2024
in ރިޕޯޓު
1
ރިސޯޓުތަކުން ދައްކަން ޖެހޭ 4 ބިލިއަން ރުފިޔާ މާފެއް ނުކުރޭ!

މިއަދުގެ ހާލަތަށް ބަލާލިޔަސް އިބުރަތަކަށް ފުދޭ ދުވަހެކެވެ. މުޅި ރާއްޖެއަށް ވިއްސާރަކުރަނީއެވެ. ބާޒާރުމަތީގައި ވިޔަފާރީގެ ހަރަކާތެއް ނެތެވެ. ކަނޑުދަތުރުފަތުރުގައި ރައްކާތެރިކަމެއް ނެތެވެ. އޮޔާވަޔާއި ގަދަ ރާޅުތަކުގައި އުޅަނދުތަކަށް އެކި ވަރުގެ ގެއްލުންތައްވަމުންދާއިރު، އެއްގަމުގައި ގޭގައި ތިބޭ މީހުންނަށްވެސް ރައްކާތެރިކަމެއް ނެތެވެ. ފެންބޮޑުވެ ގޭގެއަށް ފެންވަދެ،މަގުތަކުގައި އެއްގަމު އުޅަނދު ފަހަރު ނުދުއްވޭ ވަރަށް ފެންބޮޑުވެއްޖެއެވެ. މަގުމަތީގެ ކުންނާއި ބައެއް ޖަނަވާރުގެ ނަޖިހާ އެކުވެ ކިލަނބުވެފައިވާ ފެންގަނޑުވެސް ރައްކާތެރިއެއް ނޫނެވެ.

މިއަދު އަހަރުމެން ފަހުރުވެރިކަމާއެކު ސޯސަލް މީޑިއާ ފުރާލަމުންދާ ފޮޓޯތަކުން ފެންނަ ޓުއަރިޒަމް އިންޑަސްޓްރީގެ ހާލަތަށް ވިސްނާލާށެވެ. މިއަދަކީ ރިސޯޓުތަކަށް އެންމެ ގެއްލުން ބޮޑު ދުވަހެވެ. ގަޑިންގަޑިއަށް ދަތުރުފަތުރު ގެ ތާވަލު ކުރެވިފައިވާ ޓުއަރިސްޓުގެ ދަތުރުތަކަށް ދަތި ދުވަހުކެވެ. އިތުރު ހަރަކާތްތައް، ޑައިވިންއާއި، މޫދަށް އެރުމާއި މިނޫންވެސް ކަންކަމުގައި ގެސްޓުން ޝާމިލުކޮށްގެން އުޅެވޭ ކަހަލަ މޫސުމެއް ނޫނެވެ. ވާރެއާއި ވަޔާއެކު ކިޔަމަންވަމުން އަންނަ މޫދާއި ކަނޑުގައި އަހަރުމެންނަށް އޮތީ ކޮން ކޮންޓްރޯލެއް ހެއްޔެވެ. ޓުއަރިސްޓުން މިއަދު ކައިބޮއިގެން ކޮޓަރީގައި ނިދާފައި ޗުއްޓީ ހަމަވެގެންއެނބުރި ގައުމަށްދާއިރު އެމީހުންނަށް މި ތަން ސިފަކުރެވޭނެގޮތް ތަސައްވަރުކޮށްލާށެވެ. ރާއްޖެ އަންނަނީ ހޫނުން އަވީލެވި، މޫދުން ފެންވަރާލައިގެން ކަނޑުގެ ބަގީޗާތަކުގައި ފީނައި، އަމާންކަމުގެ ނިންޖަކުން ނިދާލާށެވެ.

މިހާރަކަށް އައިސް އަހަރުމެން ޓުއަރިޒަމް އިސްތިހާރު ކުރުމުގެ ނަމުގައި ނުވަތަ ގައުމީ ވަތަނީ ކުލުނުގައިވެސް މި ކުރެވެނީ ރަނގަޅު ކަމެއްނޫނެވެ. އަމުދުން އަހަރުމެން ފަދަ އިސްލާމީ ގައުމެއްގެ އަގީދާގައި ތިބޭ ބަޔަކު ދައްކަން ހެޔޮވާ ވަރުގެ ވާހަކަތަކެއްނޫނެވެ. ވާދާވެރިންނަށް ބަދުބަސް ބުނުމާއި ބޮޑާ ވުމުގައި އިން ފަހަނައަޅައި ގޮއްސިއެވެ.

މިސާލަކަށް ސޯސަލް މީޑިއާގައި މިއަދު ދައުރުވަމުންދާ އަވައްޓެރި ގައުމަކަށް ނިސްބަތްވާ ރަށެއްގެ ވީޑިއޯއެކެވެ. އެ ވީޑިއޯއިން ފެންނަނީ ފަލި ޖަހާފައި އަންނަ ދޯންޏަކާއި ފަޅަށް ވަދެގެން އަންނަ ސަތަރި ދޯނި ފާޑުގެ ދޯންޏަކާ މުޑިއަރާ މަންޒަރެވެ. ދެ ދޯނީގައި ތިބި މީހުން ޖާނު ފުރާނަ ސަލާމަތް ކުރަން މޫދަން ފުންމާލަން ލިބެނީ ފަޅި ސިކުންތެކެވެ.، ވީޑިއޯގެ މަންޒރު ނިމޭ ހިސާބުން އަނިޔާ ލިބުނީ ކިތައް މީހުން ކަމެއް ކަށަވަރެއްނޫނެވެ. އެހެންވިޔަސް ކޮންމެވެސް ބައެއްގެ ދެ އުޅަނދެއް ހަލާކުވާ މަންޒަރުފެނއެވެ. ކޮންމެވެސް މީހެއްގެ އަގުބޮޑު މުދަލެކެވެ. ކޮންމެވެސް ބަޔަކު ބުރަ މަސައްކަތުން ކޮށްފައިވާ މަސައްކަތެއްގެ ހިތާމަވެރި ނިމުމަކަށް އަހަރުމެން ދިވެހން އަންނަނީ އެ ވީޑިއޯއަށް މަލާމަތްކުރަމުން ހެމުން ބޮޑުބަސްތައް ބުނަމުންނެވެ. ތިއީ މީނަ ގައުމެއްގައި ކަން ހިނގާގޮތެވެ. މިތަނުގައި ތިހެންނުވާނެއެވެ. އެހެން ބުނާއިރު ޝުކުރުވެރިވެސް ނުވެވޭ ހެއްޔެވެ. އަހަރުމެންނަށް އަނިޔާއެއް އަހަރުމެންގެ މުދަލަކަށް ގެއްލުމެއް ނުލިބުމަކީ އެހެން ބަޔަކަށް އެފަދަ ކަމެއް ވުމުން މަލާމަތްކުރަން ލިބޭ ލައިސެންސެއްނޫނެވެ..

ޓެކްނޮލޮޖީއާއި ސިސްޓަމެޓިކްކޮށް ހިނގަމުންދާ ކަމަށް ބުނާ އަހަރުމެންގެ ރާއްޖޭގައި ވެސް ކަނޑުދަތުރުފަތުރުގެ އެކްސިޑެންޓުތައް ހިނގައެވެ. މިކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި އަގުބޮޑު މުދާތައް ހިނދުކޮޅެއްގެ ތެރޭގައި މާކަނަޑަށް ދޫވެފައިވެއެވެ. އަހަރުމެންގެ އެކި ވަރުގެ އުޅަނދުތަކުން ހިނގާފައިވާ ހިތާމަވެރި ހާދިސާތަކާއި މޫދާއި ކަނޑުގެ އެކި ކަންކަމުގައި އުޅެނިކޮށް ގެއްލި، ލޮލަށް ނުފެނި ކަނޑުގެ ގަބުރުސްތާނުގައި ވަޅުލެވފައިވާ މީހުން، ނިސްބަތުން މަދެއްނޫނެވެ.

ދުނިޔޭގައި އެކި ގައުމުތަކުގައި އެކި ސަގާފަތްތަކާއި އެކި ގޮތްގޮތަށް އުޅޭ މީހުންނާއި އުޅޭހިތްވާ މީހުން އުޅެއެވެ. އެކި ނަސްލުތަކާއި ސަގާފަތްތައް އޮންނަ ގައުމުތަކުގައި އުޅެނީ އެމީހުންގެ ގޮތަށެވެ. އަހަރުމެން ރާއްޖޭގައި މަސްހުނިވެފައިވާ ނަސްލުތަކާއި އެކި ގައުމުތަކުން ލައްގާފައިވާ ސަގާފަތުގައި އުޅެމުންއަންނަ އިރު އެ އިހުސާސް ނުކުރެވުމަކީ އެހެން ނަސްލުތަކާއި މީހުންނަށް މަލާމަތްކޮށް ދިމާކޮށް ބޮޑެތި ބަސްތައް ބުނަން ޖެހޭނެ ސަބަބެއް ނޫނެވެ.

ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބައެއް ރައީސުންނާއި ރަސްކަލުންވެސް ހަނދާކޮށްދެއްވީ ރާއްޖޭގެ ނާޒުކު ކަމެވެ. އާބާދީ މަދުވެފައި ދޭދޭ ގައުމުތަކަށް ބަރޯސާވާން ޖެހޭ ވަރެވެ. މިޒަމާނުގެ މިނިވަން ކަމަކީ އިގްތިސާދީ މިނިވަންކަމެވެ. އެހެން ގައުމުތަކާ ފެއަށް ޖެހި ވެރިކަމަށް އަންނަ ބަޔަކު ހިތް ރުހޭ ނުވަތަ ވަކި ކަހަލަ ކަންކަން ކުރުމަށް ފަސޭހަކޮށްދޭ ގައުމުތަކުގެ އުނގަށް ވެއްޓުމަކީ ގައުމިއްޔަތެއްނޫނެވެ. އެއީ ތިމާމެން ރައްޔތުންނަށް ވިސްނައިދީފައި އޮތް ގޮތެވެ. އެތެރޭގެ ސިޔާސ ވާދަވެރިކަން އޮންނަން ޖެހެނީ އަހަރުމެންގެ ތެރޭގައެވެ. އެ ވާދަވެރިކަން ގާދޫކޮލުން ބޭރުވުމުން އޮންނާނީ ކޮންޓޮރޯލް ގެއްލިފައެވެ. އެ ކޮންޓްރޯލު ނެތ، ބޮޑެތި ގައުމުތަކާ ކުޅޭނަމޭ ހިތާ އާޑަ ފުރައްސާރަކޮށް ވައްވައް ޖެއްސުމަކީ މިޒަމާނާއި ދުރު ވަރަށް ބީރައްޓެހި ސަގާފަތެކެވެ، ތިމާމެން ނުރުހޭ ގައުމުގެ މީހުން އުޅޭ ނުތާހިރު ދިރިއުޅުމުގެ ފޮޓޯތައް ސޯސަލްމީޑިއާއަށް ލައި މަލާމަތް ކުރާއިރު އަހަރުމެންގެ ތެރޭގައިވެސް ނިސްބަތުން އެ ދިރިއުޅުން އުޅޭ މީހުން އުޅެއެވެ.

ގޮނޑު ހޮވައި ޑަސްބިނުން ކައިބޮއިހަދާ ޒުވާނުންވެސް އުޅެއެވެ، ފައިސާ ނަގާ މެޝިންތަކުގެ ކިއުތައް ނިމޭ ހިސާބުގައި އެހީއަށް އެދި އަތްދިއްކޮލައިގެން ތިބޭ މީހުންވެސް ނިސްބަތުން އަންނަނީ ގިނަ ވަމުންނެވެ. އެ މަންޒރުތައް އެހެން މީހުން ދައްކައިގެން އަހަރުމެންގެ ޖަޒުބާތާއި ނުކުޅޭއިރު، ބައެއްގެ ނުކެދުންތެރިކަމާއި ސަގާފީ އާދަކާދައިގެ ގޮތުން ގަބޫކުކުރާ ކަންކަން ޖޯކަކަށް ހަދައިގެން ފަތުރުވެރިކަމެއް އިސްތިހާރެއް ނުކުރެވޭނެއެވެ، އެކަމުން ލިބޭނީ ދގު މުއްދަތުގެ ގެއްލުމެވެ. އޭގެ އިތުރުން އަހަރުމެން މުސްލިމުން އެންމެ ބޮޑަށް ގަބޫކު ކުރަން ޖެހޭ އުސޫލެއް އޮވެއެވެ. ތިމާ އެހެން މީހުންނަށް މަލާމަތްކޮށް ބޮޑާ ބަސްތައް ބުންނަން ފަށައިފިނަމަ އެކަމެއްގެ އިމްތިހާނު އެ ބަޔަކާ އަހަރާ ހަމަކުރާނެ ކަމެވެ. އެ ދުވަހަކުން އެ ކަމުގެ ހިތްދަތިކަމާއި ގެއްލުން ކުރމަތީ ވާނީ ހަމައެކަނި އެމީހުންނަކަށް ނޫނެވެ. މުޅި މުޖުތަމައުއަށެވެ.

ކޮންމެ ހުކުރު ހުތުބާ އެއް ނިމޭ ހިސާބުގައި ތަކުރާރުކޮށް ކިޔާ ގޮތަށް، ”މަދުބަޔަކު ކުރާ ކަމަކުން އެހެން މީހުންނަށް އާއްމު ވެގެންވާ ކޯފާއެއް ނުފޮނުއްވާނދޭވެއެވެ.“ މިއީ މިފަދަ މީހުންގެ ސަބަބުން އަހަރުމެން މިއަދު ކިޔަންޖެހިފައިވާ ދުއާއެކެވެ. ވިސްނާލަބަލާށެވެ. މިއަދުގެ ވާރޭ ހުއްޓުމެއްނެތި މަހެއްވަންދެން ވެހުނަސް އަހަރުމެންގެ ދިރއުޅުން ވަރަށް ބޮޑާށް ފަހަތަށް ދާނެއެވެ.

މިތަނަށް ބިންހެލުމެއް ނައުުން، ބިންގަނޑުކަޑައގެން ނުދިއުން އަދި މިނޫންވެސް ކާރިސާތަކުން ދުރުވުމުން މާތްﷲ އަށް ޝުކުރުވެރިވާންވީއެވެ. އޭގެ ބަދަލުގައި އެފަދަ ކާރިސާތަކުން ސަލާމަތް ނުވެގެން އުޅޭ ބަޔަކަށް ބޮޑާ ބަސްތައް ބޭނުން ނުކުރަންވީއެވެ. ވަކި ކަހަލަ ރޮނގަކުން މަތީގައި ތިބޭ ބަޔަކު އެއަށް ވުރެ އާދައިގެ ނުވަތަ އެފަދަ ހުނަރެއް ނެތް ބަޔަކަށް ބަދު ބަހެއް ނުބުނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Comments 1

  1. Anonymous says:
    2 years ago

    What is the difference between the tonne of this art article and what it is about?

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©