• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

425 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި

by މުރާސިލު
މާރޗް 4, 2024
in Uncategorized
0
425 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައިހުރި 103 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ދޫނިދޫގައި އިއްޔެ ނައްތާލާފައިވަނީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސެވެ.

އޭގެތެރޭގައި ހިމެނެނީ:

-މަސްތުވާތަކެތިހުރި 8293 ރަބަރު ޕެކެޓު.

-މަސްތުވާތަކެތި ހުރި 2731 ސެލޯފިންކޮޅު.

-މަސްތުވާތަކެތި އަޅާފައިހުރި ފިލްމުހުސްކުރި 237  ދަޅު.

-މަސްތުވާތަކެތީގެ 585 ބުލެޓު.

–މަސްތުވާން ބޭނުން ކުރާ 30 ބިޑި.

މަސްތުވާތަކެތީގެ ބާވަތެއްގެ ގޮތުގައި ހިމެނޭ، (މަނާ ބޭހުގެ ގޮތުގައި ހިމެނޭ) 537 ބޭސްގުޅައެވެ.

-އެހެނިހެން މަސްތުވާތަކެތީގެ ގޮތުގައި 3045 އައިޓަމް

މިތަކެތީގެ މަގުމަތީ އަގަކީ 425،590،234.92 (ހަތަރުސަތޭކަ ފަންސަވީސް މިލިއަން ފަސްލައްކަ ނުވަދިހަހާސް ދުއިސައްތަ ތިރީސް ހަތަރު ރުފިޔާ ނުވަދިހަ ދެލާރި) އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މަސްތުވާތަކެތި ނައްތާލުމަށް އިއްޔެ ބޭއްވި ހަރަކާތުގައި ދާޚިލި ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ގެ އިތުރުން ނޫސްވެރިންނާއި މި ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓު ކުރި އާއްމު ރައްޔިތުންވެސް ބައިވެރިވި ކަމަށް ފުލުހުން މައުލޫތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ޖެމްކިއުއިން ލަނޑު ލިބުނު މީހުންގެ ގުރޫޕެއް އުފައްދައިފި، އެމީހުން ބުނަނީ މިވީ ކިހިނެތް؟

ޖެމްކިއުއިން ލަނޑު ލިބުނު މީހުންގެ ގުރޫޕެއް އުފައްދައިފި، އެމީހުން ބުނަނީ މިވީ ކިހިނެތް؟

ޖޫން 21, 2025
މަޖުލިސް2024: އެންމެ ގިނަ ކެންޑިޑޭޓުން މާފަންނު މެދު ދާއިރާއަށް

މަޖުލިސް2024: އެންމެ ގިނަ ކެންޑިޑޭޓުން މާފަންނު މެދު ދާއިރާއަށް

ފެބްރުއަރީ 17, 2024
”އަހާ“ގެ ނަމުގައި ވަޒީރުންނާ ސުވާލުކުރުން މިރޭ ސަލްޓަންޕާކްގައި

”އަހާ“ގެ ނަމުގައި ވަޒީރުންނާ ސުވާލުކުރުން މިރޭ ސަލްޓަންޕާކްގައި

ޖެނުއަރީ 25, 2024
ޑިމޮކްރެޓްސް އިން މެމްބަރުން އިތުރުކުރުމަށް ކެމްޕޭނު ކުރަނީ ’ވެރިކަން ކުރާ ކޯލިޝަނު’ގެ ނަމުގައި!

ޑިމޮކްރެޓްސް އިން މެމްބަރުން އިތުރުކުރުމަށް ކެމްޕޭނު ކުރަނީ ’ވެރިކަން ކުރާ ކޯލިޝަނު’ގެ ނަމުގައި!

ނޮވެމްބަރ 12, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©