• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޖެމްކިއުއިން ލަނޑު ލިބުނު މީހުންގެ ގުރޫޕެއް އުފައްދައިފި، އެމީހުން ބުނަނީ މިވީ ކިހިނެތް؟

by އަބްދުﷲ ސަފީގު އަލީ
ޖޫން 21, 2025
in ޚަބަރު, Uncategorized
0
ޖެމްކިއުއިން ލަނޑު ލިބުނު މީހުންގެ ގުރޫޕެއް އުފައްދައިފި، އެމީހުން ބުނަނީ މިވީ ކިހިނެތް؟

ޖެމްކިއު ނުވަތަ ޖީއެމްސީ ސްކޭމުގައި ޖެހުނު މީހުންގެ ޓެލެގުރާމު ގުރޫޕެއް އުފައްދައިިފިއެވެ.

މި ގުރޫޕުގެ މެމްބަރުންގެ އަދަދު އިތުރުވަމުން އަންނައިރު މައިގަނޑު ގޮތެއްގައި ގުރޫޕު ތެރޭގައި އިވެނީ ޝަކުވާގެ ވާހަކަތަކެވެ. އެއްބަޔަކު އަނެއް ބަޔަކަށް އިލްޒާމު އެޅުވުމާ، ވައްކަމުގެ ތުހުމަތު ކުރުމެވެ. އާއްމުކޮށް މިފަދަ ގުރޫޕުތަކުގައި ފެންނަންޖެހޭ އެކަކު އަނެކަކަށް ހިތްވަރުދީ، ފައިސާ ހޯދަން ކަންތައް ކުރަންވީ ގޮތާއި، އިންވެސްޓުކުރި ފައިސާ އަނބުރާ ހޯދޭނެ ގޮތްތަކުގެ ބަދަލުގައި މުޅި ގުރޫޕުގައި އޮތީ ހުސް ޝަކުވާއެވެ.

މި ގޮތުން އާއްމު ގޮތެއްގައި މިގުރޫޕުގެ ބައެއް މެމްބަރުން ކުރަމުން އަންނަ ޝަކުވާއަކީ ވަކި ބަޔަކަށް ވަކި ގޮތެއް ހަދާ ކަމުގެ ޝަކުވާއެވެ. ރަނގަޅު ސިސްޓަމެއްގެ ތެރެއިން ހިނގަމުންދާ ނަމަ އެއް ބަޔަކަށް ފައިސާ ދޫކޮށް އަނެއް ބަޔަކަށް ފައިސާ ނުލިބިފައި ހުރެގެން ނުވާނެ ކަމަށެވެ. މި ފަދަ ގޮތަކަށް ވާހަކަ ދައްކަން ފެށީ ގުރޫޕުގެ ބައެއް މެމްބަރުން މިއަދުވެސް އަދި އިއްޔެވެސް ބައެއް މީހުންނަށް ފައިސާ ލިބެމުންދާ ކަމަށް ބުނުމުންނެވެ.

މީގެ އިތުރުން ބައެއް މީހުންގެ އަތުން ފައިސާ ނަގައިގެން އެ މީހުންގެ ފައިސާ އިންވެސްޓު ކޮށްދިނުމަށް ފަހު ފައިދާއާއި އެކު ދޭނެ ކަމަށް ބުނި މީހެއްގެ ވާހަކަވެސް ދެކެވުނެވެ. ރައްދުގައި އޭނަ ބުނެފައިވަނީ ’މިކަހަލަ ކަންކަން ވާނުވާ އެންމެންނަށްވެސް އިނގެން ވާނެ‘ ކަމަށެވެ. މިއީ އޮޅުވާލުމެއް ނޫން ކަމަށާއި ޓްރޭޑިންގައި ގެއްލުމާއި ފައިދާވެސް ހިމެނޭ ކަމަށެވެ. އެ ފަރާތަށް ރައްދު ދެމުން އެހެން ބައިވެރިއެއް ބުނެފައިވަނީ ޖެމްކިއުއިން ޓްރޭޑެއް ނުކުރާ ކަމަށާއި އެއްވެސް ތަނަކު އިންވެސްޓެއްވެސް ނުކުރާ ކަމަށެވެ. އެމީހުންގެ ކަމަކީ ޕިރަމިޑް ސްކީމެއް ގޮތަށް ފައިސާ ’އެނބުރުން ކަމަށާއި‘ އެކަން ނުވީމާ ފިލީ ކަމަށެވެ.

ޖެމްކިއުން ލަނޑު ލިބުނު މީހުންނަށް މަލާމަތް ކުރުމުގެ ގޮތުން ބައެއް މެމްބަރުން ބުނަނީ ’ކަތިވަޅި އާއި ވާ ރޯލު‘ ވިއްކަން އެބަހުރި ކަމަށާއި މާ ބޮޑަށް ހާސްވެގެން މި ފަދަ ދިމާއަކަށްވެސް ދާން ޖެހޭ މީހުން ތިބެދާނެ ކަމަށެވެ. މި ގުރޫޮޕުގައި ބައެއް މެމްބަރުންނާ ވާހަކަ ދައްކަމުން މެމްބަރަކު ބުނެފައިވަނީ، ބުއްދިވެރި ގޮތަކީ އެއްވެސް އޮންލައިން ސްކީމެއްގައި ނުޖެހި ލިބޭ މުސާރައިން ދެކޮޅު ޖައްސާލައިގެން ތިބުމެވެ. މިކަހަލަ ސްކީމުތައް ނުވަތަ ސްކޭމުތައް ހުންނަނީ މާބޮޑަށް ދަހިވެތިވާ މީހުންނަށް ހަދާފައެވެ. މީހަކު ބުނާހާ ތަނަކަށް ފައިސާ ހަރަދުކޮށް، ބުނާހާ ގޮަތަކަށް ގޭމުތައް ކުޅެންޏާ ދެން އަންނަ ސްކީމުތަކުންވެސް ސަލާމަތެއް ނުވާނެއެވެ. މި ގުރޫޕުގަައި އެކަކު އަނެކަކަށް ވީދާ ނޮޅައި މަސްކެއަސް ލިބޭނެ ފައިދާއެއް ނެތެވެ. އޭނާގެ މެސެޖު ނިންމާލަމުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©