• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ނޫރުއައިން އެމްއެމްޕީއާރުސީގެ ޗެއަމަން މަގާމުން އިސްތިއުފާދެއްވައިފި

by މުރާސިލު
މެއި 22, 2024
in ޚަބަރު
0
ނޫރުއައިން އެމްއެމްޕީއާރުސީގެ ޗެއަމަން މަގާމުން އިސްތިއުފާދެއްވައިފި

އެމްއެމްޕީއާރުސީގެ ޗެއަމަންގެ މަގާމުން ކުއްލި ގޮތަކަށް އައިޝާ ނޫރުއައިން ޖަނާހު އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން، ނޫރުއައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގަ އެވެ.

އެމްއެމްޕީއާރުސީ އަދި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ބޭރުގެ ހަފްލާތަކާއި މީޑިއާތަކުގައި ރާއްޖެ ތަމްސީލުކުރުމުގައި މި ފަހުން ހަރަކާތްތެރިވީ ނޫރުއައިންއެވެ. ނޫރުއައިން ގެ މަސައްކަތަށް ރައްޔިތުންގެ ފަފަރާތުން ވަރަށް ބޮޑަށް ތައުރީފު ލިބުނު އިރު އެ ދެ މުއައްސަސާގެ ވެރިން ނޫރުއައިންގެ މަސައްކަތާއި ހިތް ހަމަ ނުޖެހޭ ކަމަށް ސޯސަލް މީޑިއާގައި ވާހަކަދެކެވެއެވެ. ހާއްސަކޮށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އާއި ނޫރުއައިން މައްސަލަ ޖެހި ބޭރުގެ ހަފްލާތަކަށް ނޫރުއައިން ނުފޮނުވުމަށް އެމްއެމްޕީއާރުސީއަށް އަންގަވާފައިވާ ކަމަށްވެއެވެ. ސަރުކާރު ގެ އޮފިޝަލަކުވެސް ވިދާޅުވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގު (ކުޑީ) އާއި ޓުއަރިޒަމް މިނިސްޓަރ ފައިސަލް ގެ ހިތްހަމަ ނުޖެހުން އޮންނަކަން ނޫރުއައިންއަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެހެންވިޔަސް ކުއްލިއަށް އިސްތިއުފާ ދެއްވި ސަބަބެއް (އެބޭފުޅާއަށް) އެނގިފައިނުވާ ކަމަށެވެ. އިތުރަށް މައުލޫމާތު ދެމުން އޮފިޝަލު ވިދާޅުވީ ނޫރުއައިން މަސައްކަތް ކުރެއްވީ ފާތުމަތު ތައުފީގު (ކުޑީ) އަދި ޓުއަރިޒަމް މިނިސްޓަރ ފައިސަލްގެ ނާގާބިލުކަމާއި ބަސްމޮށުންތެރިކަން ކޮށި ކަމަށް އާއްމުންނަށް އަންގައި، އޭގެ ނާޖާއިޒު ފައިދާ ނަގައިގެން އަމިއްލައަށް ޕްރޮމޯޓުވުމަށް ކަމަށާއި އެ ފުރުސަތު ރައީސް ޑރ.މުހައްމަދު މުއިއްޒު ނުދެއްވާނެ ކަމަށެވެ.

ނޫރުއައިން ގެ އިސްތިއުފާއަށް ސަރުކާރަށް ތާއިދުކުރާ ސޯސަލްމީޑިއާ އެކްޓިވިސްޓުން އަންނަނީ ވަަރަށް ބޮޑަށް ފާޑުކިޔައި ފުރައްސާރަކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©