• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ސްޕްރީމް ކޯޓުގައި މައްސަލަ އޮތަސް ޖަލްސާ ބޭއްވޭނެ ކަމަށް އީވާއަށް އަންގައިފި

by މުރާސިލު
ނޮވެމްބަރ 5, 2023
in ޚަބަރު
0
އާދިއްތަ ދުވަހުގެ ޖަލްސާގައި ނައިބްރައީސް ބައިވެރި ނުވާން ނިންމައިފި، ނަޝީދު އިތުބާރު ނެތް ކަމުގެ ޖަލްސާއެއް ނުބޭއްވޭނެ!

ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާ ނުބޭއްވި ދިގުލައިގެން ދާތީވެ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތަސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ

މިއަދުގެ ޖަލްސާއަށްވެސް އީވާ ސަލާމް ފޮނުވުމުގެ އިތުރުން މަޖުލިސް ޖަލްސާ ބޭއްވުމުގެ މައްސަލައެއް ސްޕްރީމް ކޯޓުގައި ހިނގަމުންދާތީވެ، ޖަލްސާ ބޭއްވުމަށް އުޒުރުވެވާ ކަމަށްވަނީ މަޖުލީހުގެ އިދާރާއަށް އަންގާފައެވެ.

ރައްޔިތުންގެ މަޖުލީހުގެ އިދާރާއިން ނައިބް ރައީސް އީވާ ނެތި ޖަލްސާ ބާއްވަން ތަކުރާރުކޮށް ދެކޮޅު ހަދަމުންދާތީވެ، އެމްޑީޕީންވަނީ މި މައްސަލަ ސްޕްރީމް ކޯޓަށް ހުށައަޅާފައެވެ. ނަޝީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ ނައިބް ރައީސް އީވާ ގެ ސަލާމުގައި ހުންނެވެމުން ރައްޔިތުންގެ މަޖުލީހުގެ މަސައްކަތްތައް ހުއްޓި، މަޖުލީހުގައިވަނީ މަރުތަޅު އެޅިފައެވެ.

އެ މައްސަލައިގައި، އެމްޑީޕީ މެންބަރުން ދައްކަވަނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީ މެންބަރުން ވިދާޅުވަނީ، މަޖިލީހުގެ ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތަށް ވަޑައިނުގެންނެވިއްޖެނަމަ މި މާއްދާގައި ބުނާގޮތަށް، ރިޔާސަތު ބަލަހައްޓަވަން ކަނޑައެޅުއްވާފައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އޭގެ އިތުރުން އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މަޖިލިސް ރައީސް އާއި މަޖިލީހުގެ މެންބަރުންނަށް ދިނުމަށްފަހު، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާމެދު ގޮތެއް ނިންނުމަށްފަހުގައި ކަމަށް ވެސް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނެފައިވާ މާއްދާވެސް އެމްޑީޕީ މެންބަރުން ވަނީ ސްޕްރީމު ކޯޓާއި މަޖުލީހުގެ ސަމާލުކަށް ގެނެސްފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©