• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ކުރީ ސަރުކާރުން ކޯނީ ރިޕޯޓު ގެއްލުވާލައިފި، މައްސަލަ ޕޮލިހަށް

by މުރާސިލު
ސެޕްޓެމްބަރ 4, 2023
in ޚަބަރު
3
ކުރީ ސަރުކާރުން ކޯނީ ރިޕޯޓު ގެއްލުވާލައިފި، މައްސަލަ ޕޮލިހަށް

ކޯނީ ރިޕޯޓު ތައްޔާރުކުރި ކޮމެޓީގެ ކޯ ޗެއަރމަން ޖީޕީ ސެލްވަމް ރައީސް އޮފީހަށް ޒިޔާރަތް ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނުގެ ވެރިކަމުގައި ކޯނީ ރިޕޯޓު ގެއްލުވާލައިފިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ރިޔާސީ ކެމްޕޭނުގެ ދަތުރުގައި ހދ. ނޭކުރެންދޫގައި ވާހަކަދައްކަވަމުން ވިދާޅުވީ ”ތިބޭފުޅުން ކޯނީ ރިޕޯޓު އޮތްތޯ ބައްލަވާ، އެ ވީތަނެއް މިހާރު ނޭންގޭ. އެ ހޯދަން މިހާރުވާނީ ފުލުހުންނާ ހަވާލުކޮށްފައި، އަޅުގަނޑުމެން ފުލުސް އޮފޯހާ ހަވާލުކޮށްގެން ބަލަމުން މި ގެންދަނީ“

ރައީސް ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތުގެ ސިއްރު ގޮތުގައި ހިމެނޭ ކަންކަން ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އެ ދުވަސްވަރު ޖުޑީޝަރީއަށްވެސް މިނިވަންކަން ނެތް ކަމަށެވެ. އެހެން ކަމުން ވޯޓު ދޭއިރު ދެ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތެއް ބެލުމަށް ފަހު ވޯޓު ދިނުމަށް ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.

ކޯނީ ރިޕޯޓަކީ 7 ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ކަންތައްތަކަކާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ތައްޔާރުކޮށް ނެރުނު ރިޕޯޓެކެވެ. މި ރިޕޯޓުގައި އެތައް ބައެއްގެ ބަޔާނާއި ވެރިކަން ވައްޓާލުމަށް އޭރު ހިނގާދިޔަ ކަންތައްތަކުގެ ވީޑިއޯ އޯޑިއޯ ބަޔާންތައް އެކުލެވޭ ވަރަށް ގިނަ ހެކިތަކެއްވެސް ހިމެނޭ ރިޕޯޓެކެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ކޯނީ ރިޕޯޓު ނައްތާލައިފާ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެކަމާ އޭރުގެ ސަރުކާރުން އެއްޗެއް ބުނެފައިނުވެއެވެ. އެ ދުވަސްވަރު ތުހުމަތު ކުރި ގޮތަށް މިއީ ހަގީގަތެއްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

އޭޕްރިލް 25, 2026
ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025

Comments 3

  1. ާަައަލިފުޅުބެ says:
    3 years ago

    މިޒަމާނުގައި މީހަކުދައްކާ ކޮންމެ ވާހަކައެއް މީހުން ޤަބޫލެއް ނުކުރާނެ. ކޯނީރިޕޯޓް އަކީ ބަޔަކު ގެއްލުވާލަން އުޅުނަސް ގެއްލޭވަރުގެ އެއްޗެއް ކަމަށް ޤަބޫލެއް ނުކުރެވޭ. އެ އޮންނާނެ އެތައްބައެއްގެ އަތުގައި.

    Reply
  2. ވ says:
    3 years ago

    ފަސްއަހަރު ފަހުން ރިޕޯޓުގެއްލުނުކަމަން ކަމަކަންފަހު ކަމެއް އެއްކަމެއްވެސްދިމާނުވެ .މަކަރުވެރި ޔަހޫދީވިޔަސް ފުކެއްބޮޑު ތިމާގެންގާ ިލުކަން ެސް.ޔާމީނުބޮލައް

    Reply
  3. ހާއުފާ says:
    3 years ago

    ކުރީ ސަރުކާރު! ކުރީ ސަރުކާރު! ކުރީ ސަރުކާރު! އަނގައިގައި ހިތިރަހަ ނުލައިބާ! ވެރިކަމަށް އިސްކުރީ ތިހެން ކިޔާލަ ކިޔާލައި ހުންނާކަށް ނޫން. ނުވަންޏާ އިސްތިޢުފާ ދީފަ ގެއަށް ދާށެވެ. ވެރިކަން ކުރެވޭފަދަ ޤާބިލު މީހަކާ އަހަރެމެން ވެރިކަން ހަވާލު ކުރާނަން.

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©