• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ތިލަމާލެ ބުރިޖުގެ މަސައްކަތް މޮނިޓަރ ކުރަނީ ހުޅުމާލެ ބުރިޖުގެ މަސައްކަތުގައި އެކަން ކުރި ކުންފުނިން

by މުރާސިލު
އޯގަސްޓް 29, 2023
in ޚަބަރު
0
ތިލަމާލެ ބުރިޖުގެ މަސައްކަތް މޮނިޓަރ ކުރަނީ ހުޅުމާލެ ބުރިޖުގެ މަސައްކަތުގައި އެކަން ކުރި ކުންފުނިން

ތިލަމާލެ ބުރިޖުގެ މަސައްކަތް ހިނގަމުންދާ ސައިޓުގައި ދިމާވާ ބައެއް އެކްސިޑެންޓުތަކުގެ ފޮޓޯ ސޯސަލް މީޑިއާގައި ދައުރުކުރާ މީހުން ދޭން އުޅޭ މެސެޖަކީ ބުރިޖުގެ ފެންވަރަކީ މިއީ ކަމަށެެވެ. ސިޔާސީ ގޮތުންވެސް ސަރުކާރަށް ފާޑުކިޔާ މިހުންނާއި އިދިކޮޅު ޕާޓީތަކުން ސުވާލު އުފައްދަނީ ބުރިޖުގެ ފެންވަރާ މެދުގައެވެ. ހަގީގަތުގައި އެއީ ސިޔާސީ އަމިއްލަ ވާހަކައެއް ކަމަށް ސަރުކާރުން ބުނާ ބުނުމުގެ ޖަވާބަކީ ތިލަމާލެ ބުރިޖުގެ ފެންވަރު ބެލުމާއި މޮނިޓަރިންގެ މަސައްކަތް ކުރަނީ ހުޅުމާލެ ބުރިޖުގެވެސް މަސައްކަތް ކުރި ކުންފުނި އެމްއެސް އަރޫފެވެ. އޭގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ޓީމެއްވެސް އެކަމުގައި ހަރަކާތްތެރިވެއެވެ.

އެފްކޮން ކުންފުނިން ބުރިޖުގައި ކުރާ ހުރިހާ މަސައްކަތުގެ ކޮލިޓީ އެ ކުންފުނިން ބަލައެވެ. ބުރިޖުގައި ބޭނުންކުރާ ހުރިހާ ކޮންކްރީޓެއްގެ ކޮލިޓީ އާއި ސެގްމެންޓުތަކުގެ ކޮލިޓީ އާއި ޕައިލިން މަސައްކަތުގެ ސްޓޭންޑާޑްތައް ބަލަ އެވެ. މި ޕްރޮޖެކްޓްގައި އަރޫފްގެ ފަންސާހަކަށް މުވައްޒަފުން ކޮލިޓީ ބެލެހެއްޓުމުގައި އުޅެ އެވެ. ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދަނީ އަރޫފްގެ އެޕްރޫވަލް ލިބުމުންނެވެ. އެހެން ކަމުން ކޮލިޓީއާ ދޭތެރޭ ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކައިގެ ހަގީގަތް ބެލުމަށް އެފްކޮން އާއި ސަރުކާރުން އެދެއެވެ.

އިންޑަސްޓްރިއަލް މަސައްކަތް ހިނގަމުންދާ ތަންތަނުގައި އެކްސިޑެންޓުތައް ހިނގައެވެ. 2400 އަށްވުރެ ގިނަ މުއައްޒަފުން ރެއާއި ދުވާލު މަސައްކަތްކުރަމުންދާއިރު ހާއްސަކޮށް ކަނޑުގެ ގަދަ އޮޔާއި، ފަރުމައްޗަށް ބިންދާލާ ރާޅުތަކުގެ ތެރޭގައި މަސައްކަތްކުރާއިރު އެކްސިޑެންޓުތައް ހިނގުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށް މި ދާއިރާގެ ތަޖުރިބާކާރުންވެސް ވިދާޅުވެއެވެ.

ކޮވިޑްގެ ދަތި އުނދަގޫ ފުރަ ބަންދާއި، މޫސުމީ ގޮންޖެހުންތަކާ އެކުވެސް 3 ބުރިޖު ގެ މަސައްކަތް އެއްފަހަރާ ނިންމޭނެ ކަމުގެ ޔަގީންކަން އެފްކޮންއިން ދެއެވެ. އެއީ ހުޅުމާލެ ބުރިޖުވެސް ނިންމަން ކަނޑައެޅި މުއްދަތާ އެއްވަރުގެ މުއްދަތެކެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©