• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ސަފާ ގުރޫޕުން ފަހު ވަގުތު އުމުރާ ދަތުރު ކެންސަލް ކޮށްފި

by މުރާސިލް ޓީމް
އޭޕްރިލް 6, 2023
in ޚަބަރު
0
ސަފާ ގުރޫޕުން ފަހު ވަގުތު އުމުރާ ދަތުރު ކެންސަލް ކޮށްފި

އިއްޔެއާ ހަމައަށްވެސް އަދި ރޭގެ ފަތިހާ ހަމައަށްވެސް އަލް ސަފާ އުމުރާ ގުރޫޕުން އުމުރުރާގެ އަޅުކަމަށް ސައުދީއަށް ފުރުމަށް އެއްވެސް މައްސަލައެއް ނެތެވެ. ގުރޫޕުގެ ފަރާތުން މި މަހު ބޭއްވި ބައްދަލުވުމުގައި ވެސް އެއްވެސް ކަމެއް ހަމަޖެހިފައި ނުވާ ކަމުގެ އިޝާރާތެއްވެސް ނުދެއެވެ. އެހެން ކަމުން އުމުރާއަށް ދިއުމަށް ރާއްޖޭގެ އެކި ހިސާބުތަކުން މާލެއައިއްސަ ތިބި މީހުން ރޭގައި ތައްޔާރުވެގެން ތިބީ މިއަދު ހެނދުނު އެއަރޕޯޓަށް ދިއުމަށެވެ. ނަމަވެސް ކުއްލިއަކަށް ހެނދުނު، އެ ޖަމާއަތުގައި އުމުރާއަށް ދާ މީހުންގެ ވައިބަރ ގުރޫޕަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާއިން، އެ ގުރޫޕުގެ އެއްވެސް މީހަކަށް ވިސާ ހަމަ ނުޖެހޭ ކަމަށާއި ދަތުރު ކެންސަލު ކަމަށެވެ. އޭރު އެއަރޕޯޓަށް ދިއުމަށް ވަގުތު ވަނީ ކުޑަތަން ވެފައެވެ. އެންމެން ގެ ވެސް ފޮށީ އެއަރޕޯޓަށް ގެންގޮސް ސޮފްޓު ޗެކިން ހަދާފައި ވުމުން، ފޮށިތައްވެސް އަނބުރާ ގެންދިއުމަށް ގުރޫޕުން އިލްތިމާސްކޮށްފައި ވެއެވެ. ކެންސަލް ކުރި ދަތުރަށް ދެން ވާނެ ގޮތަކާއި ފައިސާ ރިފަންޑުގެ ވާހަކައެއް މިހާތަނަށް އަލް ސަފާ ގުރޫޕުން ބުނެފައި ނުވެއެވެ.

އަލް ސަފާ ގުރޫޕުން މި ފަހަރު އުމުރާއަށްދާ މީހުންގެ ތެރޭޣައި ކޮވިޑް ބަލިމަޑުކަމުގައި ވަކި ވަރަކަށް މީހުން ގެންދަން ޖެހުމުގެ ސަބަބުން ޖާގަ ނުލިބުނު މީހުންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. ސަފާ ގުރޫޕުން މިއަދު 130 އަށް ވުރެ ގިނަ މީހުން ފުރާ ގޮތަށް ހަމަޖެހިފައިވެއެެވެ.

މިއަދު ފުރަން އޮތީ ރޯދަމަހުގެ ފަހު 15 ދުވަހާއި ޝައްވާލް މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ކުރާ ޢުމުރާ ދަތުރުގެ ބައިވެރިންނެވެ. މި ޢުމްރާގެ އަގަކީ 40،000ރުފިޔާއެވެ.

ފަހު ވަގުތު ޢުމްރާ ދަތުރު ކެންސަލް ކުރުމުން، ސަފާ ގުރޫޕުން ޢުމްރާއަށް ދާން ފައިސާ ދައްކާފައިވާ އެތައް ބަޔަކު އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. މި ކަމާ ގުޅިގެން ސަފާ ގުރޫޕުގެ ބަހެއް ލިބިފައިނުވާތީ މި ކަމާ ގުޅޭ އިތުރު ތަފުސީލެއް ލިބިފައެއް ނުވެއެވެ.

ހައްޖާއި އުމުރާ އަދި ސައުދީ އަރަބިއްޔާގެ ވިސާގެ ކަންކަން އިނގޭ މީހުން ބުނާ ގޮތުގައި ކުރީބައިގަ އުޅުނު ނަމަ މި ކަން އޮންނާނީ ހަމަޖެިހައެވެ. އާއްމުކޮށް މިހެން ދިމާވަނީ އެޖެންޓާ ފައިސާގެ މައްސަލަ ޖެހި ނުވަތަ އެނޫންވެސް އިހުމާލެއްގެ ސަބަބުން ނެވެ.

ރޯދަމަހުގެ ފަހު ދިހައެއްގައި ދުނިޔޭގެ ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު މި ދުވަސްކޮޅު ސައުދީއަށްދާއިރު، ރާއްޖެއިންވެސް މިއަދު ގިނަ ބަޔަކު އުމުރާއަށް ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިންވެސް ވަނީ ހައްޖާއި އުމުރާއަށް މީހުން ގެންދިއުމުގައި އެކި ވަރުގެ އިހުމާލ ވެައެވެ. މިގޮތުން ދަތުރު ކެންސަލް ކުރުމާއި އެޑްވާންސަށް ދެއްކ ފައިސާ ނުލިބުމާއި ސަރުކާރުން ކަނޑައަޅާ އަގުތަކަށް ވުރެ ބޮޑު އަގު ނެގުން ފަދަ އތައް ކަމެކެވެެ

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©