• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މާލޭގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ، 10 މަރު

by މުރާސިލު
ނޮވެމްބަރ 10, 2022
in ޚަބަރު
0
މާލޭގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ، 10 މަރު

މ. ނިރުފެހި ގޭގައި ރޭގައި ރޯވި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން ބައެއް މީހުންނަށް މިހާރުވެސް ދަނީ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ. މި ތަނުގައި އުޅޭ މީހުންގެ ރަސްމީ މައުލޫމާތެއް ލިބެން ނެތުމުން ރޭގައި ދިރި އުޅުނީ ކިތައް މީހުން ކަމެއް އަދި ޔަގީނެއް ނުވެއެވެ.

މ. ނިރުފެހި އަދި ސެންޑްރޯސް ގޭގައި އުޅޭ މީހުންނާއި އަދި އެގެއަށް ރޭގައި ޒިޔާރަތްކުރި މީހުން ނުވަތަ ބިދޭސީންގެ ތެރެއިން ވީނުވީއެއް ނޭންގި ހަބަރެއް ނުވާ މީހުންގެ މައުލޫމާތު ހޯދުމަށް މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަސައްކަތް ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ ސަރަހައްދަށް ވަޑައިގެން ހާލަތު ބައްލަވާލައްވަނީ

ރޭގެ އަލިފާނުގެ ހާދިސާގައި މަރުވީ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިޔާ، ސްރީލަންކާ އަދި ބަންގުލަދޭޝް މީހުންނެވެ. މީގެ ތެރެއިންވެސް އެންމެ ގިނައީ އިންޑިޔާމީހުން ކަމަށް ހަބަރު ލިބެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި، މ. ނިރުފެހި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ ރޭ 00:30 ހާއިރު އެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ 4:30 ހާއިރު އެވެ. މީހުން ރެސްކިއު ކުރުމުގެ މަސައްކަތުގައި އެގޭތެރެއިން މަރުވެފައިވާ ނުވަ މީހެއްގެ ހަށިގަނޑު ފެނުނުއިރު ދެމީހަކު ހޮސްޕިޓަލަށް ގެންދެވުނެވެ. އޭގެތެރެއިން އެކަކު ފަރުވާދެމުން ދަނިކޮށް މަރުވިއިރު، އަނެކަކުގެެ ހާލަތުވެސް ވަރަށް ސީރިއަސް އެވެ.

ފަޔަ އެންޑް ރެސްކިއުޓީމުގެ ކޮމާންޑަންޓް ކާނަލް އިބްރާހިމް ރަޝީދު އެ ސަރަހައްދުގައި ހުންނަވާ މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވިގޮތުން، މިހާތަނަށް 10 މީހުން މަރުވި އެ ހާދިސާ ހިނގި އެގޭގައި އިންޑިއާ، ބަގްލަދޭޝް، އަދި ސްރީލަންކާ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދިޔައެވެ. ކޮންމެ މީހެެއްގެ އެނދުކައިރީ ކެއްކުމަށް ގޭސްފުޅިއެއް ހުރެ އެވެ.

ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވިގޮތުން، އަލިފާންގަނޑު ނިއްވާލުމުގައި އެހާ ގިނައިރުތަކެއް ނެނގީވެސް އެގޭސްފުޅިތައް ގޮވަމުން ދިއުމުން ނެވެ. ނަމަވެސް އެއީ ސީދާ ހާދިސާ ހިނގަން މެދުވެރި ސަބަބު ކަމަށް ބުނަން ދަތިކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުން ރޭ 00:30 ހާއިރު އެ ހާދިސާގެ ރިޕޯޓު ލިބިގެން ފަޔާ ފައިޓަރުން އެސަރަހައްދަށް އައިރުވެސް އިމާރާތުގެ ތިރީގައި ވަރަށް ބޮޑަށް ރޯވެ އަދަމުންދިޔަ އެވެ.

އެންމެ ބޮޑު އަމާޒަކަށް ވީ އަލިފާންގަނޑު ހިފާފައިވާ ގެ ކައިރީ ހުރި އެހެން ގެތަކަށް އަލިފާންގަނޑު ފެތުރުނަ ނުދީ ގެއްލުންތައް ކުޑަކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަލިފާންގަނޑު ނިއްވާލެވުނުއިރު ކައިރީ ހުރި އެއްވެސް ގެ އަކަށް ގެއްލުންވެފައެއް ނުވެއެވެ. މިއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. 

އަލިފާންގަނޑު ކޮންޓްރޯލް ކޮށް މީހުން ސަލާމަތްކުރުމުގެ މަސައްކަތްކަތުގެ ތެރެއިން ވަރަށް ބޮޑަށް ފިހިފައިވާ އެކަކު ސަލާމަތް ކުރެވުނުކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. އެއީ ބަގްލަދޭޝް މީހެކެވެ. މިވަގުތުވެސް އެމީހާއަށް ދަނީ ސީރިއަސް ހާލަތުގައި ފަރުވާދެމުން ނެވެ. 

މަރުވި 10 މީހުންގެ ތެރެއިން އަންހެން ފިރިހެން އަދި ދެނެގަންނަން ދަތިކަން ކޮމާންޑަންޓް ފާހަގަކުރެއްވި އެވެ. 

މި ހާދިސާގެ ކުރިން މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ 2019 ވަނަ އަހަރު އެވެ. ކެމިކަލް ގުދަނެއްގައި ރޯވެ، އެ ގުދަނުން ކެމިކަލްތައް ގޮވުމުގެ ސަބަބުން ރޯވި ބޮޑު އަލިފާންގަނޑުގައި ނިޔާވެފައިވަނީ ހ. ރަދުވާނިއާގޭގެ ތިންވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ ފެންފިޔާޒުގެ އައިޝަތު ޝައުނާ (47) އެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©