• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

’ލައިސެންސް ނެތުމުގެ ސަބަބުން ޖުރިމަނާކޮށްފައިވާ ޒުވާނުންނަށް ރަނގަޅު ހައްލެއް ހޯދައިދޭނަން‘ – ރައީސް

by މުރާސިލް ޓީމް
ފެބްރުއަރީ 16, 2021
in ޚަބަރު
0
’ލައިސެންސް ނެތުމުގެ ސަބަބުން ޖުރިމަނާކޮށްފައިވާ ޒުވާނުންނަށް ރަނގަޅު ހައްލެއް ހޯދައިދޭނަން‘ – ރައީސް

ލައިސެންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ޖުރިމަނާކޮށްފައިވާ ޒުވާނުންނަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާލުވެއްޖެއެވެ. އެމިނަކުފާނު މިހެން ވިދާޅުވީ ރައްވެހި ފަތިސް ކެމްޕެއިން ޓީމުތަކާ އޮންލައިކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ 18 އަހަރު ނުފުރޭ ކުދިންވެސް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ޖުރިމަނާތަކެއް އަރާފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެކަމަށްވެސް ރަނގަޅު ހައްލެއް ހޯއްދަވާދެއްވާނެ ކަމަށެވެ. ބައެއް ކުދިން ކައިވެނިކުރަން ކޯޓަށްދާއިރުވެސް ޖުރިމަނާ ފައިސާ ނުދެއްކުމުން ކައިވެނިވެސް ނުކުރެވޭ ކަމަށާއި، ކައިވެންޏެއް ޖުރިމަނާއެއްގެ ސަބަބުން ހުއްޓުވިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ތަކުރާރުކޮށް މިފަދަ ކަންތައްތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި ހުރިހާ ކުދިންވެސް ވީހާވެސް އަވަހަށް ލައިސަންސް ނެގުމަށް އެމިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މިހާރަކަށް އައިސް އެއްގަމު އުޅަނދު ލައިސެންސެއްނެތި ދުއްވާ ޒުވާނުން ވަރަށް ގިނައެވެ. ދުނިޔޭގެ ތަހުޒީބު އެއްވެސް ގައުމެއްގައި އެއްގަމު އިންޖީނުލީ އެއްވެސް އުޅަނދެއް، ލައިސަންސެއްނެތި ދުއްވުމަކީ މަނާކަމެކެވެ.
ނަމަވެސް ބައެއް ޒުވާނުންދަނީ ސޯސަލް މީޑިއާގައި (ލައިސަންސް ނެތި ދުއްވުމުން ފިޔަވަޅު އެޅުމުން) އެކަމާ ޝަކުވާކޮށް ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. ކޮންމެހެން އެނގެން ޖެހޭ ގަވައިދާ އުސޫލުތައް ނޭންގި އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ ކިހާ ނުރައްކާތެރިކަމެއްކަން އެފަރާތްތަކަށް އިހުސާސްނުވާކަހަލައެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©