ސަރުކާރުން ސޯޝަލް ހައުސިންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފުލެޓުތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް އާބަންކޯއިން މާފުކޮށްދީފިއެވެ.
އާބަންކޯން މިއަދު ނެރުނު ނޫސްބަޔާނެއްގައި ޖޫރިމަނާ މާފުކުރުމަށްފަހު ފުލެޓަށް ބާކީ ނުދެއްކި ހުރި ފައިސާ ބަހާލައިގެން ދެއްކޭނެ ނިޒާމެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އާބަންކޯން ގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމަށް ނުވަތަ ދައްކަންޖެހި ނުދެއްކިވާ ފައިސާ ބަހާލައިގެން ދެއްކުމަށް ބޭނުންވާ ފަރާތްތަކުން މިއަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް receivables@urbanco.mv ، debt@urbanco.mv މެއިލްކުރަންވާނެ ކަމަށެވެ.
”ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން 31 ޑިސެމްބަރު 2023 ވަނަ ދުވަހާ ހަމައަށް އަރާފައިވާ ޖޫރިމަނާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ14ގެ މަގު ޗާޓުގެ ދަށުން މައާފުކޮށްދޭން މިކޯޕަރޭޝަނުން ނިންމައިފީމެވެ،“ އާބަންކޯން ބުންޏެވެ
މީގެ އިތުރުން ޖޫރިމަނާއަށް ކުރިން އަހަރަކަށް 18 ޕަސަންޓު ދައްކަންޖެހޭ އިރު، މި ބަދަލާއެކު މަހަކު ނަގާ އެއް ޕަސަންޓު ސަދަގާތް ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އާބަންކޯން ބުންޏެވެ.
ނުޖެހެމާފުކުރާކަށް ތިގޮތަށްލާރޖދެންޏާ ދިވެހިކޮންމެރައްއޖތަކަށްލާރިދެންޖެހޭނެ