ކަނޑުމަތިން އޮޔާދާ އޮނުތަކަކަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެ ފަރާތުން މައުލޫމާތުދޭ ގޮތުގައި އޮނުތައް އޮޔާދަނީ ށ.ފޯކައިދޫއާއި ށ.މަޑިދޫއާ ދޭތެރެއިން ހުޅަނގު އުތުރަށް ށ.ފޭދޫއާ ދިމާލަށް ވާގޮތަށެވެ. އޮނުތައް އޮޔާދަނީ ދެފެންދޭތެރޭގައި އޮޔާދާ މި އޮނުތަކަށް އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކާއި ހާއްސަކޮށް ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.
މި ދުވަސްވަރަކީ ވިއްސާރަ، ކަނޑުގަދަ ދުވަސްތަކެއް ކަމަށް ވުމުން ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަނީ މެޓު އޮފީހުގެ އިރުޝާދާއެކު މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށެވެ.




