އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި ހިޔާ ފްލެޓަށް އިތުރުކުރާ ލިފްޓަށް ފައިސާ ހިމަނައިފިއެވެ.
200 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރާ މި ފައިސާ ހިމަނާފައިވަނީ ހާއްސަ ބަޖެޓުގެ ދަށުންނެވެ.
ހިޔާ ފްލެޓަށް މީހުން އެރުމަށް އެންމެ 3 ލިފްޓު އިނުމުން މީހުން ތޮއްޖެހި ބައެއް ދުވަސް ދުވަހު ދިގު ކިއުއެއް އޮންނާތީ އެކަމުގެ ހައްލެއްގެ ގޮތުން އިންތިހާބީ ރައީސް ޑރ. މުއިއްޒުވަނީ ކެމްޕޭނު ވައުދުގެ ތެރޭގައި ހިޔާ ފްލެޓުގައި އިތުރު ލިފްޓު ހަރުކުރާނެ ކަމަށް ވައުދުވެފައެވެ. ރިޔާސީ އިންތިހާބުގެ ފަހުން، އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ހިޔާ ފްލެޓް ސަރަހައްދު ގައި އާއްމުންނާ ބައްދަލުކޮށް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ލިފުޓު ހަރުކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އިތުރުކުރާ ލިފްޓުގައި ބަލި މީހުން އަރުވާ ބޭލޭ ގޮތަށް (ސްޓްރެޗާ) އެރުވޭ ގޮތަށް ލިފްޓެއް ހާއްސަ ކުރާނެއެވެ.
މި އަހަރު ރައްޔިތުންގެ މަޖުލީހަށް ހުށައަޅަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.