ފަލަސްތީނާއި އިޒްރޭލުގައި މިހާރު ހިނގަމުންދާ ކަންތަކާއި، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންދާ ޓެރަރިސްޓު އުދުވާނީ ހަމަލާތަކާ ބެހޭގޮތުން ކުރީގެ ރައީސް ޔާމީން ރޭގަ ދެއްކެވި ވާހަކައަށް ފާޑުކިއުން އަމާޒު ވެއްޖެއެވެ. އެ މަނިކުފާނު ރޭގަ ވިދާޅުވީ
“ ގަދީމީ ޒަމާނުގަ ގަދީމީ ޒަމާނުގަ ވެސްޓުބެންކުގަ ޔަހޫދީ ރަސޫލުން އުޅުއްވުމުން ނުވަތަ ޔަހޫދީ ނަބިއްޔުން ފޮނުވާފަ އޮތުން އެއީ އެއްގޮތަކަށްވެސް އެމީހުންނަށް ބިމުގެ މިލްކުވެރިކަން ހައްގުވާނެ ކަމެއް ނޫން.. އެމީހުން އެ ބިންތައް ދޫކޮށްލާފަ ފަހުން ދިޔައީ، ތެދެއްމެ ތެދެއްމެ އީސާގެފާނު ހިމެނޭ ގޮތަށް އަޅުގަނޑުމެންނަށް ފެންނަ ހުރި ހުރިހާ ރަސޫލު ބޭކަލުން ނަބީ ބޭކަލުންނަކީ ޔަހޫދީ ބޭފުޅުން، އެހެންވީމާ އޭރުގައި މަދަނިއްޔަތާއި ތަހުޒީބު އޮންނާނީ އެބޭފުޅުންގެ އަތުގައި އީސާގެ ފާނު ނަސޯރާދިން އިއުލާން ކުރައްވަންދެން އީސާގެ ފާނަކީވެސް ޔަހޫދީއެއް އެހެންވީމާ އޭރު ބިންވެރިކަން އޮތްގޮތް މިއ ، އެއީ ގަދީމީ ކުލެއިމް ހިސްޓޮރިކަލް ކުލެއިމް އެހެންވީމަ އެ ކުލެއިމް އެމީހުން އަމިއްލައަށް ދޫކޮށްލީ“
ރައީސް ޔާމީނުގެ މި ވާހަކަފުޅަށް ރައްދު ދެމުން ސޯސަލް މީޑިއާގައި ބައެއް މީހުން ހިޔާލު ފާޅުކޮށްބުނެފައިވަނީ ހުރިހާ ރަސޫލުންނަކީ ޔަހޫދިންނެއް ނޫން ކަމަށާއި އީސާގެފާނު ދުވަހަކުވެސް ނަސާރާ ދީނަށް ގޮވާލައްވާފައި ނުވާ ކަމަށެވެ.
Eyrunyaameenuvaaneeyahoodheeakah balarasoolaavafaigathumunhurihaidhernyhah mansookhuverkameh gamaarakah neyngeytha thifadhabasfonivegabunaanama furathama ah thaibaavunnoongotheh neh
Eyrunyaameenuvaaneeyahoodheeakah balarasoolaavafaigathumunhurihaidhernyhah mansookhuverkameh gamaarakah neyngeytha thifadhabasfonivegabunaanama furathama ah thaibaavunnoongotheh neh
https://www.ilyashussainibrahim.com/?p=561
ތިހެން ބުނި މީހަކު ޖެހޭނީ އަކުން ކިޔަވަން.