އ. ކަނޑުހުޅުދޫ ޒުވާނަކު، ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެ އެެވެ. މަރުވެފައި އޮއްވާ ފެނުނީ 24 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ގއ. ކަނޑުހުޅުދޫ ޒުވާނަކު މޫދުގައި މަރުވެފައިއޮށްވާ ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ އެ ޒުވާނާ މިއަދު ފަތިހު 4:25 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވެއެވެ. އެހެން ކަމުން 4:45 ހާއިރު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އެ ޒުވާނާ ފެނިފައިވަނީ އާއިލާ މީހުންނާ އެކު އޭނާ ހޯދަމުން ދަނިކޮށް ސައިކަލަކާ އެކު އެ ރަށުގެ ފަޅުތެރެއިން މޫދުންނެވެ. ވަގުތުން އޭނާ ނަގައިގެން ހެލުތު ސެންޓަރަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
އެ ރަށު މީހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މަރުވެފައިވަނީ ސިކުނޑީގައި ކޮންމެވެސް ވަރަކަށް އުނިކަމެއް ހުރި ޒުވާނެކެވެ. އާއިލާގެ ފަރާތުން އެތައް ފަހަރަކު ޖެންޑަރ މިނިސްޓްރީއާ ހަވާލުކުރަން އުޅެ އެކަން ކާމިޔާބު ވާނެ ކަމަށް ބެލެވިފައިވަނިކޮށް މި ހާދިސާ ދީމާވިއެވެ. އޭނާ ފެނުނު އިރު އެއްކޮޅުގައި ވަލެއްޖަގައި ސައިކަލުގައި އައްސާފައިވާއިރު އަނެއްކޮޅު އިނީ އޭނާގެ ގައިގަ އައްސާފައިވާ ކަމަށްވެސް އެރަށުން މައުލޫމާތު ދެއެވެ. މި ޒުވާނާ ވަނީ މީގެ ކުރިންވެސް އެތައް ފަހަރަކު އަމިއްލައަށް މަރުވާނެ ކަމަށް ބުނެފައެވެ. އަދި މި ފަހަރު އެހެން ބުނެފައިވާ ނޯޓެއްވެސް ފެނިފައިވާކަމަށް ވެއެވެ.