ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ގެ ބަރަހަނާ ވީޑިއޯއެއް ކަމަށް ބުނެ ސޯސަލް މީޑިއާގައި ދައުރުވަމުން ދަނީ އެއްވެސް އަސްލެއްނެތް ވީޑިއޯއެއް ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ. މިރޭ އަހުމަދު އަބްދﷲ ކުރި ޓުވީޓެއްގައި ވިދާޅުވީ އެއީ އެއްވެސް އަސްލެއްނެތް ވީޑިއޯއެއް ކަމަށާއި އެކަމުން ބަރީއަވާ ކަމަށެވެ.
ޓުވިޓަރގައި މީހަކު ބަރަހަނާ ވީޑިއޯއެއް ލުމަށް ފަހު އެއީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ކަމަށްވަނީ ބުނެފައެވެ. އެ ވީޑިއޯގައި ފެންނަނީ އަންހެނަކަށް ވީޑިއޯ ކޯލްކޮށްގެން ބަރަހަނާކޮށް އޮންނަ ފިރިހެނެކެވެ.
މިހާރަކަށް އައިސް ބައެއް ބަރަހަނާ ވީޑިއޯތައް ސޯސަލް މީޑިއާއަށް ލުމަށް ފަހު އެ ވީޑިއޯއިން ފެންނަނީ ކޮންމެވެސް ސިޔާސީ މީހެއް ކަމަށް ބުނެ ދައުރުކުރެއެވެ. މިގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމް ގެ ވީޑިއޯއެއް ކަމަށްބުނެ ފަތުރަމުން އައި ވީޑިއޯއެއް ފުލުހުންވަނީ އެއީ ސަލީމް ނޫން ކަމަށްބުނެފައެވެ. އަދި އެ ވީޑިއޯ ފަތުރަމުން އައި ފަރާތްތަކުންވެސް ފަހުން ބުނެފައިވަނީ، އެއީ އެހެން މީހެއްކަމަށެވެ. މި މައްސަލާގައި ސަލީމް ވަނީ އަމިއްލަ ނޫހެއް ކަމަށްވާ ’ދިއަރެސް’އާއި ދެކޮޅަށް އަބުރުގެ ދައުވާވެސް އުފުލާފައެވެ.