ޕީއެސްއެމް ގެ ނިއުސް ހެޑު އަދި ތަޖުރިބާކާރު ނޫސްވެރިޔާ އަފްޒަލް މަގާމުން ދުރުކޮށް އެ ތަން ހިންގުން ހުސެއިން އަމީން އާއި ހަވާލުކޮށްފިއެވެ.
ސަރުކާރުގެ މީޑިއާ ކުންފުންޏަށް އަލަށް އައްޔަން ކުރި މެނޭޖިންގ ޑައިރެކްޓަރު ޒީނާ ޒާހިރު މަގާމާއި ހަވާލުވެ ފުރަތަމަ ނެރުނު މެމޯގައިވަނީ މި ބަދަލު ގެނެވިފައިވާ ކަމަށާއި ހުސެއިން އަމީންއަށް އެހީތެރިވާނީ ސީނިއަރ އެޑިޓަރު އަހުމަދު ޖަދުއާން އަދި މުހައްމަދު ޖިނާހު ކަމަށްވެސް މެމޯގައިވެއެވެ. އަފްޒަލަށް ވަކި މަގާމެއް ހަމަޖައްސައިފައިި ނުވާއިރު މެމޯގައި ބުނެފައިވަނީ ’އެމްޑި ހަވާލުކުރާ ކަމެއް ކުރުމަށް‘ އެކަނި ކަމަށާއި އެކަމުގެ ތަފްސީލެއް ދީފައި ނުވެއެވެ.
ނިއުސްރޫމު ހިންގުން ހަވާލުކުރި ހުސެއިން އަމީނާއި، ޕީއެސްއެމަށް އަލަށް އައްޔަންކުރި މެނޭޖިންގ ޑައިރެކްޓަރ ޒީނާ ޒާހިރު ނިސްބަތްވަނީ އެއްއާއިލާއަކަށެވެ.