• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޖަމީލުގެ ހަށިގަނޑުގައި އެތައް ޒަހަމެއް، ޕޯސްޓުމޯޓަމް ނުހަދައި ވަޅުލައިފި

by މުރާސިލު
ޖުލައި 1, 2024
in ޚަބަރު
0
ޖަމީލުގެ ހަށިގަނޑުގައި އެތައް ޒަހަމެއް، ޕޯސްޓުމޯޓަމް ނުހަދައި ވަޅުލައިފި

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި މުހައްމަދު ޖަމީލުގެ ހަށިގަނޑުގައި ގިނަ އަދަދެއްގެ ޒަހަމުތަކެއް ހުރި ކަމުގައި ވިޔަސް ޕޯސްޓުމޯޓަމް ނުހަދައި ވަޅުލައިފިއެވެ.

ޖަލު ބަލަހައްޓަމުންދާ ކަރެކްޝަން ސަވިސްއިން ބުނީ އިއްޔެ ވަގުތެއްގައި ޖަމީލު ގެ ގޮޅި ބެލިއިރު ހަރަކާތެއް ނެތި އޮތް ކަމަށާއި، އެހެންކަމުން ވަގުތުން ޖަލުގެ ސިއްހީ ފަރުވާދޭ ތަނަށް ގެންގޮސް ފަރުވާދޭން ފެށިއެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް މާފުށި ސިއްހީ މަރުކަަޒަށް ގެންދެވުނު ކަމަށާއި އެ ތަނުން ޑޮކްޓަރު ބުނެފައިވަނީ ޖަމީލު ހިތް ހުއްޓިގެން މަރުވެފައިވާ ކަމަށެވެ.

ޖަމީލުގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެގެ ވަގުތެއްގައި ޖަމީލުގެ ހަށިގަނޑު އާއިލާއާއި ހަވާލު ކުރި އިރު އެއްވެސް ވަރަކަށް ޕޯސްޓުމޯޓަމް ހަދާ ވާހަކައެއް ނުބުނާ ކަމަށެވެ. އަދި ޖަމީލު މަރުވީ ގުދުރަތީ މަރަކުން ކަމަށްވެސް ކަރެކްޝަން އޮފިޝަލުން ބުނެފައިވާ ކަމަށެވެ. އާއިލާއިން ހިނެވެމުގެ ކަންކަމުގައި އުޅުނު މީހުން ފާހަގަކުރި އެތައް ޒަހަމެއް ސޯސަލް މީޑިއާގައި ދައުރުވަމުން އަންނައިރު ބުރަކަށްޓާއި އަތުގައި ޒަހަމުތަކެއް ހުއްޓެވެ. ނޫފައި ގަނެފައި އެތައް ތަނެއް ހުރިއިރު އެއީ އަނިޔާގެ ނިޝާންތަކެއް ކަމަށް ބެލެވެއެވެ.

ޖަމީލުގެ ޖަނާޒާގެ ކުރިން ޕޮލިހުން އައިސް ޖަމީލުގެ ކަށުކަމާކެމީގެ ކަންކަން ހުއްޓުވައި ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ރޭގައި މަސައްކަތް ކުރިއަސް ފަހުން ވަނީ އާއިލާއިން ބޭނުންވި ގޮތަށް ފަތިސް ނަމާދަސް ފަހު ވަޅުލާފައެވެ. ހޯމް މިނިސްޓަރ އިހުސާން ބައިވެރިވި ޖަނާޒާގައިި މިނިސްޓަރު ވިދާޅުވީ ޖަމީލުގެ މަރުގެ މައްސަލަ ބައްލަވާނެ ކަމަށާއި ކަރެކްޝަން އޮފިޝަލުންނާއި ޖަލު ބަލަހައްޓާ އޮފިޝަލުންގެ އިހުމާލެއް އޮތްތޯ ބައްލަވާނެ ކަމަށެވެ.

ޕޯސްޓުމޯޓަމް ހެދުމަށް އާއިލާއިން ޖަމީލުގެ ހަށިގަނޑު ފުލުހުންނާއި ހަވާލު ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން ޖަމީލުގެ އާއިލާއަށް ނިސްބަތްވާ މެމްރަކު ބުނީ ހިނަވާ ކަފުންކޮށް ކަށު ނަމާދަށް ތައްޔާރުވެފައިއޮއްވާ ހަށިގަނޑު ހަވާލު ކުރަން ބޭނުން ނުވީ ކަމަށެވެ. އެމީހުން ބަލަންވާ ވަރަށް ނުބަލައި ދޫކޮށްލާފައި ފަހުން ފާޑުކިއުންތައް އަމާޒުވުމުން (ފަހުވަގުތު) އެކަން ކުރުމުގައި ރަނގަޅު ނިޔަތެއް ސަރުކާރުގެ ނެތް ކަމަށްވެސް އެ ފަރާތުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©