• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މަސްވެރިކަމުގެ ދާއިރާގެ އިލްމީ އެތައް ދިރާސާތަކެއް ކުރެއްވި ހާފިޒު އަވަހާރަ ވެއްޖެ

by މުރާސިލު
ޖޫން 3, 2024
in ޚަބަރު
0
މަސްވެރިކަމުގެ ދާއިރާގެ އިލްމީ އެތައް ދިރާސާތަކެއް ކުރެއްވި ހާފިޒު އަވަހާރަ ވެއްޖެ

ސަރުކާރުގެ މުހިއްމު މަގާމުތަކެއް އަދާކުރެއްވި މަސްމަހާމެހީގެ އިލްމުވެރިޔާ އަހުމަދު ހާފިޒު އަވަހާރަވެއްޖެއެވެ. ކެންސަރުބަލީގެ އާލާސްކަންފުޅެއްގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވީ މިއަދުއެވެ.

ސަރުކާރުގެ މުހިއްމު މަގާމުތަކެއް އަދާކުރެއްވުމުގެ އިތުރުން ހާފިޒުގެ ހިދުމަތް އެންމެ ބޮޑަށް ލިބުނީ މަސްވެރިކަމުގެ ދާއިރާއަށެވެ. މިގޮތުން މަސްމަހާމެއްސާއި ކަނޑުތަކުގެ ދިރުން ތަކާއި ބެހޭގޮތުން މުހިއްމު ރިސާޗުތައް ކުރެއްވިއެވެ. މަސްމަހާމެހީގެ ނަމާއި އޭގެ ތަފްސީލުތަކާ އެކު އެތައް ލިއުއްވުންތަކެއްވެސް ހާފިޒުވަނީ ޝާއިއުކުރައްވާފައެވެ. މަސްމަހާމެހީގެ ދިރުންތަކާއި ބެހޭގޮތުން ރިސާޗު ހައްދަވަނިކޮށް މުޅިން އަލަށް ފެނުނު މަހަކަށް ބޭރުގެ ސައިންޓިސްޓުންވަނީ ހާފިޒުގެ ނަމުން ނަންދީފައެވެ. އެންމެ އާދައިގެ މީހަކަށްވެސް ފަހުމުވާގޮތަށް މަސްމަހާމެހީގެ މައުލޫމާތުތައް އެއްކުރައްވައި އެ މައުލޫމާތުތައް ހިމެނޭ އެތައް ފޮތެއްވަނީ ނެރުއްވާފައެވެ.

އަހުމަދު ހާފިޒުގެ ސަރުކާރު ހިދުމަތްތަކުގެ ތެރޭގައި ސަރުކާރުގައި މަސްވެރިކަމުގެ ޕޮލިސީތައް ރޭއްވެވުމުގަ އާއި މަސްވެރިކަމުގެ ރޮނގުން އާންމުން ހޭލުންތެރި ކުރުވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވިއެވެ. މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީން ވަރަށް ގިނަ އަހަރުތަކެއް ވަންދެން ނެރުނު މަޝްހޫރު ’ރަސްއައިން‘ މަޖައްލާގެ ގެ އެޑިޓަރުކަން ވަރަށް ގިނަ ދުވަހު ކުރެއްވިއެވެ. އަދި އެ މިނިސްޓްރީގެ އިސް މަގާމްތަކެއް އަދާކުރެއްވުމުގެ އިތުރުން އޭނާ ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ.

މަސްވެރިކަމާއި ކަނޑުގެ ދިރުންތަކުގެ މަސައްކަތުގެ އިތުރުން ހާފިޒަކީ ކުޅިވަރުގައި ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ކްލަބް ވެލެންސިއާއަށް ގޯލް ކީޕަރެއްގެ ގޮތުގައި ކުޅުއްވައި، ފުޓުބޯޅައިގަ ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ހާފިޒުގެ އެންމެ ފާހަގަ ކުރެވެނީ ބާސްކެޓްބޯޅަކުރިއަރުވަން ކުރެއްވި މަސައްކަތްތަކެވެ. އެ ކުޅިވަރު ކުޅުއްވުމުގެ އިތުރުން ބާސްކެޓު އެސޯސިއޭޝަން ގެ ރައީސް ގެ ހައިސިއްޔަތުން އެތަން ހިންގުމުގައި އެތައް އަހަރަކު މަސައްކަތް ކުރެއްވިއެވެ.

އަހުމަދު ހާފިޒުގެ ހިދުމަތްތަކާއި ބެހޭގޮތުން މިއަދު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ”މަސްވެރިކަމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަހުމަދު ހާފިޒު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހަބަރު އެހީ ފުން ހިތާމައާއި އެކުގައެވެ. އަހުމަދު ހާފިޒު ވަކިވެވަޑައިގަތުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި ފަންނަށް ލިބުނު ބޮޑު ފަޅުކަމެކެވެ. އެމަނިކުފާނު ވަނީ މަސްވެރިކަމުގެ ފަންނު ކުރިއެރުވުމަށާއި މިނިސްޓްރީ އާއި މެރިން ރިސާޗް ސެންޓަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.“

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©