• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މަޖުލިސް އިންތިހާބު 21 އެޕްރީލު ގައި ބޭއްވުމަށް ނިންމައިފި

by މުރާސިލު
ފެބްރުއަރީ 29, 2024
in ޚަބަރު
0
9 ކެންޑިޑޭޓުންގެ ފޯމު ބާތިލު، 4 ކެންޑީޑޭޓުން ނަން އަނބުރާ ނަގައިފި

މާރޗު 17 ގައި ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ފަސްކުރަން އިލެކްޝަން ކޮމިޝަނުން މިރޭ ނިންމައިފަ އެވެ.

ކޮމިޝަނުން އެގޮތަށް ނިންމީ މާޗް މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަސް ތެރޭ ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ އެކު އިލެކްޝަން ކޮމިޝަނުން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގަ އެވެ.

އިލެކްޝަން ކޮމިޝަނުން ނިންމީ އިންތިހާބު ބޭއްވޭނެ އެންމެ އަވަސް ތާރީހު ކަމަށްވާ 21 އެޕްރީލު ވާ އާދިއްތަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. މި ގޮތުން އިންތިހާބު އޮންނާނީ އެ ދުވަހުގެ ހެނދުނު 8:00 ފެށިގެން ހަވީރު 4:00 އަށެވެ.

ރޯދަމަސް ތެރޭގައި އިންތިހާބު ނުބޭއްވުމަށް ރައްޔިތުންގެ މަޖުލީހުގެ ކޮމެޓީންނާއި އިލެކްޝަން ކޮމިޝަނަށް ލަފާދޭ ކޮމެޓީންވެސް އެތައް ފަހަރަކު ވަނީ އިލެކްޝަން ކޮމިޝަނަށް އިލްތިމާސްކޮށްފައެވެ. އެ ކޮމިޝަނުގެ ބައެއް މެމްބަރުންވެސް ބޭނުންވަނީ ރޯދަމަހުގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ރައީސް ޑރ.މުއިއްޒާއި އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ބޭނުންފުޅުވީ ވީހާވެސް އަވަހަށް (ރޯދަމަހުވެސް) އިންތިހާބު ބޭއްވުމަށެވެ. މަޖުލީހުން ގާނޫނަށް އިސްލާހު ގެނައީ އީސީގެ ރައީސް ފުއާދު ތައުފީގު ތަކުރާރުކޮށް އެކަމަށް ދެކޮޅު ހަދައި ސަރުކާރުން ބޭނުންވި ތާރީހުގައި އިންތިހާބު ބޭއްވުމަށް ނިންމެވުމުންނެވެ.

ރައްޔިތުން މަޖުލީހުގެ މެމްބަރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނަމުންދަނީ ރޯދަމަހު އިންތިހާބު ބޭއްވުމުން ވޯޓު ލުމަށް ނިކުންނަ މީހުންގެ އަދަދު މަދުވާނެ ކަމަށެެވެ. އެހެންކަމުން ގިނަބަޔަކު ވޯޓުގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©