• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ކުއްލިއަކަށް އިތުރު މުއައްޒަފުންތަކަކަށް ފެނަކައިން ވަޒީފާދޭން ފަށައިފި

by މުރާސިލު
ފެބްރުއަރީ 29, 2024
in ޚަބަރު
0
ފެނަކައިގެ މުއައްޒަފުންތަކެއް ވަކި ކުރުމަށް ފަހު އިތުރު 34 މެނޭޖަރުން ހޯދަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއި ހަވާލުވެ، ބައެއް ކުންފުނިތަކުގައި އިތުރަށް މުއައްޒަފުންނަަށް ވަޒީފާދީފައިވާ ކަމަށްބުނެ، އެންމެ ގިނަ މުއައްޒަފުން ވަކިކުރި ފެނަކައިން އަނެއްކާވެސް ވަޒީފާތަކެއް ހަމަޖެއްސުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. ފެނަކައިން އެންމެ ގިނަ އަދަދަކަށް ވަޒީފާއިން ވަކިކުރީ ހއ.ދިއްދޫއިންނެވެ. އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ މުއައްޒަފުން ވަކިކުރި އަދަދަށް އަނެއްކާވެސް ފެނަކައަށް މުއައްޒަފުންނަށް ވަޒީފާދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން ހަމައެކަނި އެ އަަތޮޅު ވަށަފަރުންވެސް އެއް ދުވަސްތެރޭގައި 11 މީހަކަށް އަލަށް ވަޒީފާދީފައިވާ ކަމަށެވެ. މީގެ އިތުރުން ކުރިނބީގައި ވެސް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާތަކެއް ދެނީ ފެނަކައިގަ މަސައްކަތްކުރި މުއައްޒަފުންތަކެއް ވަކި ކުރުމަށް ފަހުގައެވެ. ކުރިނބީ ޒުވާނަކު ސޯސަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ މަޖުލިސް އިންތިހާބުގައި ސަރުކާރުން ބުނާ ކެންޑީޑޭޓަށް ވޯޓު ނުލާނެ ކަމަށް ބެލެވޭ މުއައްޒަފުން ވަކި ކުރުމަށް ފަހު، ކެންޑިޑޭޓުގެ ކެމްޕޭނުގައި އުޅޭ ފަރާތްތަކަށް ވަޒީފާތައް ދެމުން އަންނަ ކަމަށެވެ. މި ވަޒީފާތައް ދެނީ އެއްވެސް ގޮތަކަށް އިއުލާން ކުރުމެއްނެތި އެ ރަށުން އެހެން ބަޔަކަށް އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތުވެސް ނުދީއެވެ.

ފެނަކައިން މުއައްޒަފުން ވަކިކުރާ މައްސަލައިގައި މީގެ ކުރިން ރައްޔިތުންގެ މަޖުލީހަށް ވަނީ ކުއްލި މައްސަލައެއްވެސް ހުށައަޅާފައެެވެ. އެ މައްސަލާގައި ޖަވާބުދެމުން އެމްޑީ މުއާޒު ވިދާޅުވީ ފެނަކައިން ވަޒީފާއިން ވަކި ކުރަމުންދަނީ ކޮންޓްރެކްޓު ހަމަވެފައިވާ މުއައްޒަފުންނާއި އެއްވެސް މަސައްކަތެއް ނެތް ބައެއް ކަމަށެެވެ. ފެނަކައިގެ މަސައްކަތަށްވުރެ އިތުރަށް މުއައްޒަފުބް ތިބި ކަމަށާއި އެކަމުގެ ސަބަބުން ކުންފުނި ދަރަނި އިތުރަށް ބޮޑުވަމުން އަންނަ ކަމަށެވެ. މުއާޒަށް ރައްދު ދެމުން މަޖުލީހުގެ މެމްބަރަކު ވިދާޅުވީ މުޅި ރާއްޖޭގެ ހުރިތާ ރަށަކަށް ބެލިއަސް ފެނަކައިން ވަޒީފާއިން މުއައްޒަފުން ވަކިނުކުރާ ރަށެއް ނެތް ކަމަށެވެ. މީގެ ތެރޭގައި ގިނައިން ތިބޭ ސަަރުކާރަށް ތާއިދު ނުކުރާ ކަމަށް ބެލެވިގެން ވަޒީފާއިން ވަކިކުރާ މުއައްޒަފުން ކަމަށެވެ. މި ފަހުން މިގޮތަށް ވަޒީފާއިން ވަކިކުރި މުއައްޒަފުންނަށް ފެނަކައިން ފޮނުވާފައިވާ ސިޓީތަކުގެ ކޮޕީތައް އަންނަނީ ސޯސަލް މީޑިއާގައި ދައުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©