• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޝިއުނާގެ ފުރައްސާރަ މި ފަހަރު ހާއްސައެހީއަށް ބޭނުންވާ މީހަކަށް !

by މުރާސިލު
ފެބްރުއަރީ 29, 2024
in ޚަބަރު
0
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް މަލްދާ އަދި ޝިއުނާ އައްޔަން ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމަތްކޮށް ފުރައްސާރަކުރުމުގެ ސަބަބުން ސަސްޕެންޝަނުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތުމަތު ޝިއުނާ ނުކުޅެދޭ ޒުވާނަކަށް ފުރައްސާރަކޮށް މަލާމަތް ކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އޮސްޓްރޭލިޔާގައި ކިޔަވަމުންދާ މުހައްމަދު ދީދީ (މުތޫ) އަކީ ސެރީބްރަލް ޕަލްސީ ބަލީގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ޒުވާނެކެވެ. އޮސްޓްރޭލިޔާގައި ތައުލީމު ހާސިލުކުރަމުންދާއިރު ދިމާވާ ކަންކަމާއި އަދި ނުކުޅޭ މީހުންނަށް ބޭނުންވާ ކަންކަމުގެ ވާހަކަ ސޯސަލް މީޑިއާގައި މުތޫ އަންނަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލިޔަމުންނެވެ. މިގޮތުން މި ސަރުކާރުގެ އިސްވެރިން އިންޑިޔާގެ ވެރިންނަށް ހަނގާކޮށް މަލާމަތް ކުރުމުން އޮސްޓްރޭލިޔާގައި ކިޔަވާ އިންޑިއާގެ ދަރިވަރުންގެ ފަރާތުން ދިވެހިންނަށް މަލާމަތް ރައްދުވާ ކަމަށްބުނެ މުތޫ އެކްސްގައި ކުރި މެސެޖަކަށް ޖަވާބުގައި ޑެޕިއުޓީ މިނިސްޓަރު ޝިއުނާ ބުނެފައިވަނީ މީހުން މަލާމާތާއި ފުރައްސާރަ ކުރަނީ އުޅޭ ގޮތުން ކަމަށާއި ރާއްޖެއިން ބޭރަށްގޮސްވެސް އުޅެނީ ރައްޔިތުންގެ މަޖުލިޙުގެ މެމްބަރު ޖާބިރު އުޅޭގޮތަށް ކަމަށެވެ. މީގެ އިތުރުން މުތޫ އަކީ ހަމައިގަ ނުހުންނަ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށްވެސް ބުނެފައިވެއެވެ. ޝިއުނާ މި ގޮތަށް ބުނެފައިވަނީ މުއާވިޔަތުގެ ކޮނޑުގައި ގޮނޑިއެއް އަޅައިގެން ހުންނަ ފޮޓޯއެއް ގައެވެ. މި ފޮޓޯ ބޭނުންކޮށްފައިވަނީ ނުކުޅެދޭ މީހުންނަށް ފަސޭހަގޮތްތަކެއް ހެދުމަށް ބޭއްވި ހަރަކާތެއްގައެވެ. ޝިއުނާ އެކަން ސިފަކުރީ ޖާބިރު އުޅޭ ގޮތަށްކަމަށެވެ. މީގެ އިތުރުން މުތޫ ހިނގާގޮތުން އެއީ މަސްތުވެގެން ކަމަށް ބެލެވޭ ގޮތަށް ބުނާއިރު މުތޫ ދަންނަ މީހުން އެކަމުގެ ރައްދުގައި ބުނެފައިވަނީ މުތޫގެ ބަލީގެ ސަބަބުން އެގޮތަށް ހިނގެނީ ކަމަށާއި މިކަން މުތޫ އަމިއްލައަށްވެސް (ސޯސަލް މީޑިއާގެ ޕްރޮފައިލް ތަކުގައި) ބުނެފައިވާ ކަމަށެވެ.

ޝިއުނާގެ ފާޑުކިޔުންތަކާއި މަލާމާތަށް ރައްދު ދެމުން މުތޫ ބުނެފައިވަނީ މި ފަހުން ބައެއް މީހުން މިނިސްޓަރުންވެސް ހިމެނޭހެން ނުކުޅެދޭ މީހުންގެ ހައްގުގައި ވަކާލާތުކުރަން ކުރާ މަސައްކަތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ހިތްމަރުވާ ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©