މިދިޔަ ހަފްތާގެ އަންގާރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ކާރަކާއި ތިން ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާލު ސީރިއަސްވެގެން އޭޑިކޭއަށް ބަދަލު ކުރި އެކަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓުގައި ހަތަރު މީހަކު ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓު ކުރި އިރު، ހާލުބޮޑުވެ ފަހުން 2 މީހަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އައިސީއޫއަށް ބަދަލު ކުރީ އަންހެނަކާއި ފިރހެނެކެވެ، ރޭ ދަންވަރު ނިޔާވީ އުމުރުން 59 އަހަރުގެ ފިރިހެންމީހާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މިމައްސަލަ ހިނގަން މެދުވެރިވި ސަބަބާއި މި ކަމުގައި ތަހުގީގު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް މި ހާދިސާގެ މައުލޫމާތު ފުލުހުން ދީފައިނުވެއެވެ.