ކުންފުނި ތަކުގެ ވެރިން، މެނޭޖިން ޑިރެކްޓަރުން ، ޗެއަރމަނުން ފަދަ މަގާމުތަކަށް މީހުން އައްޔަންކުރި ކަމެއް މިހާތަނަށް ސަރުކާރުން އިއުލާނެއް ނުކުރެއެވެ.
ވަޒީރުންގެ ނައިބުންނާއި އެ ފެންވަރުގެ މަގާމު ތަކަށް އައްޔަން ކުރި މީހުންވެސް މިހާތަނަށް އައްޔަން ކުރި ކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. އެހެންވިޔަސް ސޯސަލް މީޑިއާގައި އަންނަނީ ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން ކަމަށް ބުނާ ބަޔަކަށް މަރުހަބާ ކިޔަމުންނެވެ. ބައެއް ވެރިން އަމިއްލައަށް ؛ތިމަންނާ މަގާމަށް އައްޔަން ކޮށްފީމޭ‘ ސޯސަލް މީޑިއާގައި އިއުލާންކޮށްލުމުން މަރުހަބާއާއި ތަހުނިޔާތައް އޮހެން ފަށާއިރު މި މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ކަންތައްތައް ކުރަން ހަވާލުވެފައިވާ އެއްވެސް އިދާރާއަކުން އެކަމެއް ޔަގީންކޮށެއް ނުދެއެވެ.
މި ސަރުކާރުގައި ރައީސް އޮފީހުގެ ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނެއް އަދި އައްޔަން ކުރައްވާފައިނުވެއެވެ. އެހެންކަމުން ނޫސްވެރިންނަށް ސީދާ މައުލޫތު ވަގުތުން އޮޅުން ފިލުވޭނެ ފަސޭހަ ގޮތެއް ނެތެވެ. ސޯސަލް މީޑިއާއިން މައުލޫމާތު ނަގައިގެން ސަރުކާރުގެ ޒިންމާދާރު ބޮޑެތި މަގާމު ތަކަށް އަންނަ ފަރާތްތަކުގެ ހަބަރު ޖަހަން ބަލާއިރު، އެކަމުގެ ސައްހަކަން ކަށާވަރު ނުވެއެވެ.
މަހުތާ ރައީސް އޮފީހުގެ ވެބްސައިޓް ނޫނީ އެކްސް އިން ނުފެނޭތަ؟
އަމިއްލައަށް އިއުލާންކޮށް މަށަކީ އެމްޑީއޭ މިނިސްޓަރުގެ ނައިބޭ ކިޔަމުންދާތާ 2 ދުވަސް ފަހުން ނޫސްތަލކުގަ އެ ވާހަކަ ލިޔަންވެސް ފެށީމަދޯ ތިބުނާ ސައިޓުގަ ޖަހަން ފެށީީ