ހއ.އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކައިރީގައި ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިނޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
އިހަވަންދޫއިން ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާގައި ދޯނީގައި އެ ވަގުތު ތިބީ ބައްޕައަކާއި ދަރިއެވެ. ނިޔާވީ ހއ.އިހަވަންދޫ ނަޔާޑޭޒީ އަބްދުއްރަޝިދު މުހައްމަދެވެ. އެކްސިޑެންޓުގައި އަބްދުއްރަޝީދު ވަނީ ޒަހަމު ތަކަކާ އެކު ކަނޑަށް ވެއްޓިފައި ކަމަށާއި ވަގުތުން ނަގައިގެން އިހަވަންދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ. މީގެ އިތުރުން ޒަހަމުވި ދެ މީހުންނަށް މިހާރު ދަނީ އިހަވަންދޫ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.
އަބްދުއްރަޝީދު ދަތުރުކުރި ދޯންޏަކީ މަހަށް ނިކުތް ދޯންޏެއް ކަމަށާއި އެ ދޯނީގައި ޖެހުނީވެސް އެ ސަރަހައްދުގައި އާއްމުކޮށް ދަތުރުކުރާ ކުޑަ ލޯންޗެކެވެ.
މިހާދިސާ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.