• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފަލަސްތީނު މައްސަލައަކީ ދެގައުމެއްގެ ދެމެދު ހިނގަމުންދާ މައްސަލައެއް ކަމަށް ބުނުމުން ފަލާހު ހޫނު ފެނަށް

by މުރާސިލު
މެއި 28, 2024
in ޚަބަރު
0
ފަލަސްތީނު މައްސަލައަކީ ދެގައުމެއްގެ ދެމެދު ހިނގަމުންދާ މައްސަލައެއް ކަމަށް ބުނުމުން ފަލާހު ހޫނު ފެނަށް

އިޒްރޭލުން ފަލަސްތީނުގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކަކީ، ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގާ މައްސަލައެއް ކަމަށް ބުނުމުން ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހުއަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.

އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާ ނުކުރަނީ ކިއްވެތޯއާއި އެކަމާ ބެހޭ ގޮތުން އައު މަޖުލީހުގެ ސްޓޭންޑަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޕީއެންސީ ގެ ޕާލިމެންޓު ގުރޫޕުގެ ލިޑަރުކަންވެސް ކުރައްވާ ފަލާހު ވިދާޅުވީ އިޒްރޭލުގެ މައްސަލައަކީ ވަރަށް ބޮޑު ފޮރިން (ހާރިޖީ މައްސަލައެއް) ކަމަށާއެއީ ދެ ގައުމެއް ދޭތެރޭގައި ހިނގާ މައްސަލައެއް ކަމަށެވެ. އެކަން ކަމުގައި ސަރުކާރުން އެންމެ ވިސްނާފައި ފޮނުވާ ގޮތަކަށް، ރައްޔިތުންނަށް ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް އެކަން ނިންމާނެ ކަމަށެވެ. 20 ވަނަ ރައްޔިތުންގެ މަޖުލީހުގެ ފުރަތަމަ ޖަލްސާގެ ފަހުން ވެރިކަންކުރާ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ދެއްކެވި ވާހަކައަށް ސިޔާސީ ދާއިރާގެ ބޭފުޅުންނާއި، ބައެއް ދީނީ އިލްމުވެރިން އަދި އާއްމުންވެސް އަންނަނީ ފާޑުކިޔަމުންނެވެ.

މި ގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވީ ފަލަސްތީނުގެ ގަޟިއްޔާ އަކީ ’ދެ ގައުމެއްގެ ދެމެދުގައި އޮތް މައްސަލައެއް‘ ނޫން ކަމަށެވެ. އެއީ ހުރިހާ މުސްލިމުންނާއި ގުޅުހުން ހުރި މައްސަލައެއް ކަމަށާއި އިޒްރޭލުން ވަނީ ފަލަސްތީނުގެ ބިންތައް ގަދަކަމުން ހިފައި އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ. އަދި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައްދީ، އެތައް ބަޔަކު އިޒްރޭލުގެ އަނިޔާވެރި ޖަލުތަކުގައި ހައްޔަރުކޮށް. އެތައް ބަޔަކު ގައުމުން ފައްސާލާފައެވެ. އެހެންވީ އިރު ދެ ގައުމެއްގެ ދެމެދުގައި އޮތް މައްސަލައެކޭ ބުނުމަކީ އުއްމަތު ހައްގުގައި ވެވޭ ހިޔާނާތެއް ކަމަށްވެސް ޑރ.އިޔާޒު ވިދާޅުވިއެވެ.

ފަލާހުގެ ވާހަކައަށް ހިތްހަމަ ނުޖެހޭ އާއްމު ރައްޔިތަކު ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ މި ސަރުކާރު ގެނައީ ވަރަށް ފޮނި އުއްމީދުތަކެއްގައި ކަމަށާއި ކެމްޕޭނުގައި ދެއްކި ވާހަކައިގެ 1% ވެސް ނުފެންނަ ކަމަށެވެ. ފަލަސްތީނު މައްސަލަ މި ވަރަށް އާދާއިގެކޮށް ނެގުމުން ވަރަށް ހިތާމަ ކުރާ ކަމަށާއި ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަނީ ނަސްލެއް ނައްތާލުމުގެ އަމަލު ކަމަށެވެ.

މި މައްސަލައިގަ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ މަޖުލިސް މެމްބަރަކު ވިދާޅުވީ ކުރީ މަޖުލީހުން ފާސްކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފޮނުވާފައިވާ މައްސަލަ (އިޒްރޭލު ޕާސްޕޯޓު ގައި އެއްވެސް މީހަކު ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް) ފާސްކޮށްފައިވާނެ ކަމަށާއި މި ސަރުކާރުން މިހާތަނަށް އެކަމާ އެއްވެސް ވަރަކަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މިއަދު ސަރުކާރު ހިންގާ ޕާޓީގެ މަޖުލިސް މެމްބަރުން ބޭއްވި ބައްދަލަުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު ވިދާޅުވީ ސަރުކާރުގެ ސްޓޭންޑު ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

ބައިނަލްއަގުވާމީ ގައުމުތަކުން އިޒްރޭލުގެ އަމަލުތައް އަންނަނީ ވަރަށް ބޮޑަށް ކުއްވެރި ކުރަމުންނެވެ. އަދި ބައިނަލް އަގުވާމީ ކޯޓުން އިޒްރޭލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރަކީ ހަނގުރާމައިގެ ކުއްވެރިން ކަމަށް ނިންމައި، ހައްޔަރުކުރުމުގެ އަމުރެއްވެސް ވަނޫ ނެރެފައެވެ.

މި މައްސަލާގައި ފަޑުކިއުން އަމާޒުވުމުންޕީއެންސީން އަދި ފަލާހުވެސް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©