ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން ރާއްޖެއިން ބޭނުންވި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމައިފިއެވެ.
އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ބަހާލައިށެވެ.
އިޓްލޮސް އިން ނިންމީ ފުށުއަރާ ބައި އިކުއި ޑިސްޓެންޓު އުސޫލުން ބަހާލައިށެވެ. މިގޮތަށް އިގްތިސާދީ ސަރަހައްދު ބެހުމުގައި ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސް އިން އެދުމުންނެވެ.
އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އިޓްލޮސް އިން ވެސް މިއަދު ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ. މި ނިންމުމާ އެކު، ރާއްޖެއަށް އިތުރު 4687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.
މި ނިންމުމަކީ ރާއްޖޭގެ އެއްވެސް ވެރިއަކަަށްމިހާތަނަށް ލިބިފައިވާ ކާމިޔާބެއްނޫނެވެ. މި ނިންމުމުގެ ކުރިން ބައެއް ސިޔާސީ ފަރާތްތަކުން ރާއްޖެއިން ބައެއް ގެއްލެނީ ކަމަށާއި އެއީ ހިޔާނާތެއް ކަމަށްވެސް ސިފަކޮށް ވާހަކަދައްކާފައިވެއެވެ. އެހެންވިޔަސް އެންމެ ފަހުންމި ސަރުކާރުން ބޭނުންވި ގޮތަށް އިމުގެ މައްސަލަ ހައްލުވީއެވެ.
ކުރީގެ ރައީސް ޔާމިން ގެ ވެރިކަމުގައިވެސް ރާއްޖެއިން ތާއިދުކޮށްފައިވަނީ އިމުގެ މައްސަލަ ދެބައި ހަމަޔަށް ބަހާލުމަށެވެ. މި އަދު މި މައްސަލަ ނިމުމާއެކު މިހާތަނަށް މި މައްސަލައިގެ ޔައުމިއްޔާ ވަނީ އާއްމުކޮށްފައެވެ.
ދިވެހިން ބައެއް މީހުން ގަބޫލުކުރާ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ދައުވާކޮަށްފައިވެސް ނުވެއެވެ.
Miee raajje ah libunu kaamiyaabeh noon