ލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އިންފޮމޭޝަން އޮފިސަރގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު އައްޔަނު ކުރައްވައިފި އެވެ.
އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނީ އިންފޮމޭޝަން އޮފިސަރގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އަދި އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ ސިފައިންގެ އެކި އެކި ކަންތައްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ރަސްމީ ކޮށް މީޑީއާ ތަކަށް ފޯރުކޮށްދޭ ފަރާތް ކަމަށެވެ.
ހަމައެހެންމެ ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާ އަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އަދި މިފަދަ މަޢުލޫމާތު ދެވޭނީ އެކަމަށް ކަނޑައަޅާފައިވާ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް ނުވަތަ އެކަމަށް އިންޓަރގްރޭޓް ހެޑް ކުއާރޓާރޒް އިން ހުއްދަ ދެއްވާފައިވާ ފަރާތަކަށް ކަމަށެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު ހަމަޖައްސާފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި ކެޕްޓަން ޙަނާ މުޙައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާތީ ކަމަށްވެސް އެމްއެންޑީއެފް ގެ ބަޔާނުގައި ބުނެފައިވެ އެވެ.




