ގއ.ވިލިނގިލީގައި ސަފާރީއެއް ބަނުމަށް ހަދާފައިވާ ހަރުގެއެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެ ރަށު މީހުން އުޅޭ ސަރަހައްދާއި ދުރުގައި ހަދާފައިވާ މި އިމާރާތުގައި ރޯވީ މީގެ އިރުކޮޅެއް ކުރިންނެވެ. އަލިފާނުގެ ހާދިސާގެ ހަބަރު ލިބުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ގެ ޓީމެއް ގދ.ތިނަދޫއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުންދާ ކަމަށާއި އިރުކޮޅެއްގެ ތެރޭގައި އެރަށަށް ދެވޭނެ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ ވިލިނގިލީ މީހަކު ބުނީހަރުގޭގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އެ ތަނުގެ ފުރާޅު ވެއްޓި، އަލިފާނުގެ ހުޅުގަނޑު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ.
މި ހާދިސާ ދިމާވި ސަބަބެއް އަދި އެ ހަރުގޭގައި ހުރި ސާމާނުގެ މައުލޫމާތެއް މިހާތަނަށް އަދި ނުލިބެއެވެ.