• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމު، މަސްތުގެ ހާލަތުގައި ހުރެ މަޖުލީހުގައި މަރާމާރީ ހިންގިކަމުގެ ތުހުމަތު

by މުރާސިލު
ޖެނުއަރީ 28, 2024
in ޚަބަރު
0
ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމު، މަސްތުގެ ހާލަތުގައި ހުރެ މަޖުލީހުގައި މަރާމާރީ ހިންގިކަމުގެ ތުހުމަތު

ރައްޔިތުން މަޖުލީހުގެ މެމްބަރުންނާއި މާރާމާރީ ހިންގައި މަޖުލީހުގެ ތަކެއްޗަށް ގެއްލުން ދިނީ މެމްބަރު މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް ތުހުމަތުކޮށްފިއެވެ. ކަނޑިތީމުގެ ދާއިރާގެ މެމްބަރު ޝަހީމަށް ނިސްބަތްކޮށް އެގޮތަށް ތުހުމަތުކޮށްފައިވަނި މިއަދު މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ރައްޔިތުން މަޖުލީހުގެ ޖަލްސާ ހުއްޓުވުމަށް، ޝަހީމު އަމަލުކުރެއްވި ގޮތާއި މަޖުލީހުގައި އުޅުއްވިގޮތުގެ ވީޑިއޯތައް ދައުރުވުމުން އެކަމަށް ރިޔާއަތްކޮށެވެ. މެމްބަރު ޝަހީމު ވަނީ މަޖުލީހުގެ ރިޔާސަތު ގޮނޑީގައި އިށީންދެ މަޖުލީހުގެ ރައީސްގެ ބައެއް ތަކެއްޗަށ ގެއްލުންދީފައެވެ. މީގެ އިތުރުން ބައެއް މެމްބަރުންނާއި އޮޅުލައި ބައްދައި، މެމްބަރުންނަށް ހަމަލާދޭން ދުވެފައިދާ މަންަޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ. ބައެއް އާއްމު ރައްޔިތުންވެސް އެ ވީޑިއޯތަކަށް ކޮމެންޓުކޮށް ބުނެފައިވަނީ މިއަދު ގެ ޖަލްސާގައި ޝަހީމުގެ އުޅުއްވުން ހީވަނީ މީގެ ކުރިން މަޖުލީހުގައި ޖާބިރު އުޅޭ ގޮތަށް ކަމަށާއި ’ހަމައިގައި‘ ހުންނެވި ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ރައްޔިތުން މަޖުލީހުގެ ބައެއް މެމްބަރުންވެސް ވަނީ ޝަހީމު މިއަދު ހުންނެވީ މަސްތުގެ ހާލަތުގައި ކަމަށާއި، ވާނުވާގައި ޝަހީމު އުޅުއްވި ގޮތުން ސަރުކާރުވެސް ލަދުގަންނަން ޖެހޭނެ ކަމަށެވެ. ޝަހީމު މިހާރު ނިސްބަތްވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށެވެ.

Shareef is drunk. pic.twitter.com/QryJXqLLmA

— Hassan Kurusee (@HKurusee) January 28, 2024

މެމްބަރު ޝަހީމަކީ ކުރިން އެމްޑީޕީގެ އެކްޓިވިސްޓެއްގެ އިތުރުން އެ ޕާޓީގެ ޓިކެޓުގައި މަޖުލީހަށް ހޮވުމަށް ފަހު، ޕީއެންސީއަށް ސޮއިކޮށްފައިވަނީ ދާދި ފަހުންނެވެ. އދ.ދިގުރަށުގައި ’އަންވިންޑު‘ ގެ ނަމުގައި ފުޅާދާއިރާގައި ގެސްޓުހައުސްގެ ވިޔަފާރި ހިންގަވާ ޝަހީމު ކުރިއަށް އޮތް މަޖުލީހުގެ އިންތިހާބުގައި ވާދައެއް ނުކުރެއެވެ.

ޝަހީމު މިއަދު އުޅުއްވި ގޮތިން ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އަންނަނީ ފާޑުކިޔަމުންނެވެ. ހާއްސަކޮށް މަޖުލިސް މެމްބަރެއްގެ އަމަލުތައް ހައްދު ފަހަނައަޅާ ދާން ނުޖެހޭ ވަރަށް ޝަހީމުގެ އަމަލުތައް ހުރި ކަމަށްބުނެ އަންނަނީ ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©