ފުވައްމުލަކު ސިޓީގައި މޫދަށް އެރިއުޅުނު ޒުވާން ފިރިހެނެއް ގެނބިގެން ނިޔާވެއްޖެއެވެ.
މުރާސިލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ އިބުރާހިމް ނައުފަލެވެ.
ޕޮލިހުން މައުލޫމާތުދޭ ގޮތުގައި ފުވައްމުލަކި ސިޓީގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓް އެ އޮފީހަށް ލިބުނީ މިއަދު ހެނދުނު 7:30 ކަންހާއިރުއެވެ.
އޮފިޝަލް ވިދާޅުވީ އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.