• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ބަކަރި ގެންގުޅޭ މީހުންނަށް މަލާމަތް ކުރުމުން ޝަހީމު ހޫނުފެނަށް!

by މުރާސިލު
އޯގަސްޓް 27, 2023
in ޚަބަރު
1
ބަކަރި ގެންގުޅޭ މީހުންނަށް މަލާމަތް ކުރުމުން ޝަހީމު ހޫނުފެނަށް!

ޑރ. މުއިއްޒުގެ ކެޕްމޭނު ދަތުރެއްގައި ޝަހީމު މުއިއްޒު އާއި އެކު. ފޮޓޯ: މުއިއްޒު ކެމްޕޭން ޓީމު

ބަކަރި ގެންގުޅޭ މީހުންނަކީ ވަރަށް ދަށުދަރަޖައިގެ އިލްމެއް ހިލްމެއް ނެތް ބައެއްކަމަށް ބުނެ ވާހަކަ ދެއްކުމުން ޑރ. ޝަހީމަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒު ވެއްޖެއެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ތާއިދުކުރުމުގެ ގޮތުން ފޯއްމުލަކުގައި އިއްޔެ ބޭއްވި ޖަލްސާގައި ޝަހީމު ވިދާޅުވެފައިވަނީ އިލްމުވެރިން މި ތިބީ މި ކޮޅުގައި (ޑރ. މުއިއްޒުގެ ފަޅީގައި) ކަމަށާއި އެހެންވީމާ ބަކަރި ހުއިހައްޕާ މީހުންނާ ގައުމު ހިންގަން ހަވާލުކުރާކަށް ނުޖެހޭ ކަމަށެވެ.

ޝަހީމުގެ މި ވާހަކަ ކުށްވެރި ކުރަމުން ސޯސަލްމީޑިއާގައި ފޯއްމުލަކު ރައްޔިތަކު ބުނެފައިވަނީ، ވާދަވެރި ކެންޑިޑޭޓުން ދަށްކޮލުމުގެ ނިޔަތުގައި ޝަހީމު އެހެން ބުނުމުން، ދީނާއި ގައުމަށްޓަކައި ކަމަށް ބުނެ ޖަލްސާއަށް އެއްވެފައި ތިބި މީހުން އަތްޖަހާ ހެދުމުން ލަދުވެތިވާ ކަމަށާއި ފޯއްމުލަކު ރައްޔިތުންނަކީ ހޭލުންތެރި ބައެއް ދިރިއުޅޭ ރަށެއް ކަމަށް މަޝްހޫރުވެފައިވާ ރަށެއްގައި އެ ވަރުގެ މަލާމާތަށް އަތްޖަހާ ހިތްވަރުދޭކަށް ނުޖެހޭނެ ކަމަށެވެ.

އިބްރާހިމް އަލީ ކިޔާ ބޭފުޅަކު ވިދާޅުވެފައިވަނީ ދީނީ އިލްމު އުނގެނިގެން ތިއްބެވި ބޭފުޅުން މިހާ ދަށު ދަރަޖައަކަށް ވެއްޓުމުން ހިތާމަކުރާ ކަމަށާއި ރަސޫލުންވެސް ބަކަރި ހުއިހހެއްޕެވުމުގެ މަސައްކަތް ކުރިކަމަށް އެބޭފުޅާ ކިޔެވި ފޮތްތަކުގައި ހުންނަ ކަމަށެވެ. އިބްރާހިމް އަލީގެ ޓްވީޓަށް ޖަވާބު ދެއްވަމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވެފައިވަނީ ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތް ނުކުރާ އެއްވެސް ނަބީބޭކަލެއް ނުވާ ކަމަށާއި އޭގެ ހިކުމަތަކީ ކެތްތެރިކަން ދަސްކޮށްދެއްވުން ކަމަށެވެ. ވީމާ ކިތަންމެ އިލްމީ މީހަކުވެސް ކެތްތެރިކަން ނެތް ނަމަ ލީޑަރަކަށްވާން އެކަށީގެން ނުވާކަމަށެވެ.

ވަރަށް ރަގަޅު ވާހަކައެއް. ބަކަރި ހުއި ހިއްޕެވުމުގެ މަސައްކަތް ނުކުރައްވާ އެއްވެސް ނަބީބޭކަލަކު ނުވޭ. ޙިކްމަތަކީ ކެތްތެރިކަން ދަސްކޮށްދެއްވުން. ވީމާ، ކިތަންމެ ޢިލްމީ މީހަކަށްވީނަމަވެސް ކެތްތެރިކަން ނެތް މީހަކު ލީޑަރަކަށްވާން އެކަށީގެން ނުވޭ. https://t.co/w1Lhp2t7dg

— Dr.Mohamed Iyaz (@dr_iyaz) August 27, 2023

ސޯސަލް މީޑިޔާގައި ޝަހީމަށް ފާޑުކިއަމުން ބައެއް މީހުން ބުނެފައިވަނީ މިއީ ޝަހީމު ބުނުމުން ކުށަކަށް މަލާމާތަކަށް ނުވެފައި އެހެން ޕާޓީއެއްގެ މީހަކު ބުނި އެއްޗެއް ނަމަ ވަރަށް ބޮޑު ކަމަކަށް ހަދާނެ ކަމަށެވެ. ހާއްސަކޮށް މުއިއްޒަށް ތާއިދު ކުރާ ސަލަފު ޖަމުއިއްޔާއިންވެސް ކުށްވެރިކުރާނެ ކަމަށާއި ނަމަވެސް އާދަކާދައިގެމަތިން ޕީޕީއެމް އިވެންޓުތަކުގައި ދީނާ ހިލާފު ކިތަންމެ އެއްޗެއް ބުންޏަސް އެކަމާ އެ މީހުން ހިޔާރު ކުރާނީ ހަނު ހުރުން ކަމަށެވެ.

ބަކަރި ގެންގުޅުމަކީ ވަރަށް ކެތްތެރި ކަމާ އެކު ނޫނީ ނުކުރެވޭ ބުރަ މަސައްކަތެކެވެ. ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ރައީސް ޔާމީނުގެ ރަނިން މޭޓުކަން ކުރި މުހައްމަދު ޝަހީމު އިދިކޮޅު ވާދަވެރި ކެންޑިޑޭޓުންނަކީ ބަކަރި ހުއިހައްޕާ މީހުން ކަމަށް ބުނެ މަލާމަތް ކުރުމުން، އާއްމުން އެކަމަށް ފާޑުކިއުމުން ޑރ.މުއިއްޒު އަދި ޝަހީމުވެސް އެކަމާ ބެހޭގޮތުން މާފަށް އެދި މިހާތަނަށް ވާހަކަދައްކާފައިނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Comments 1

  1. މުހަންމަދު says:
    2 years ago

    ސަހީމޫ ކަލޭ ބޮޑުތަނުން ފެއިލް ވެއްޖެ މުއިއްޒު އަކީކާކުވެރިކަމައް ގެންނަން

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©