• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މިސްޔުނިވާސް ރީތީގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއިން ބައިވެރިވެއްޖެ

by މުރާސިލު
މާރޗް 27, 2024
in ޚަބަރު
0
މިސްޔުނިވާސް ރީތީގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއިން ބައިވެރިވެއްޖެ

ދުނިޔޭގެ އެންމެ ރީތި އަންހެނަކު ހޮވުމަށް ބާއްވާ ’ރީތީގެ މުބާރާތުގެ ތެރެއިން އެންމެ ބޮޑު އެއް އިވެންޓު ކަމަށްވާ މިސް ޔުނިވަސް ރީތީގެ މުބާރާތުގައި ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ. ސައުދީގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ މުބާރާތުގައި ވާދަކުރަނީ އެ ގައުމުގެ މަޝްހޫރު މޮޑެލްއެއް ކަމަށްވާ ރޫމީ އަލްޤަތާނީއެެވެ. މި އަހަރު ސެޕްޓެމްބަރ 18، މެކްސިކޯގައި އޮންނަ މިސްޔުނިވާސްގައި ބައިވެރިވެފައިވާކަން ރޫމީ ވެސް ވަނީ ސޯސަލް މީޑިއާގައި ކަށަވަރުކޮށްދީފައެވެ. އެތައް މިލިއަން މީހުން ފޮލޯކުރާ ރޫމީގެ އިންސްޓަރގްރާމް ޕޯސްޓުގައި ބުނެފައިވަނީ ދުނިޔޭގެ ރީތީގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާ ތަމްސީލުކުރަން ލިބުމަކީ ލިބުނު ބޮޑު ފަހުރެއް ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ރިއާދަށް އުފަން ރޫމީ އަލްގަތާނީ އަކީ ސައުދީ އަރަބިއްޔާގައި އަންހެނުންގެ ހައްގުތަކާއި، އަންހެނުން ބާރުވެރި ކުރުވުމަށް ހިންގާ ޕްރޮގްރާމުތަކުގެ އެންމެ މަޝްހޫރު އެއް މޫނެވެ. ރޫމީ މީގެ ކުރިން ބައިވެރިވެފައިވާ ހަރަކާތްތަކުގެ ތެރޭގައި މެލޭޝިޔާގައި އޮތް މިސް އޭޝިޔާ އާއި، މިސް އެރެބް ޕީސް، މިސް ޔޫރަޕް ފަދަ ރީތީގެ މުބާރާތްތަކުގައިވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ މިސް ސައުދީ އަރަބިއްޔާ އަށް ހޮވުމުގެ ކުރިން ރޫމީ ވަނީ ތަފާތު މުބާރާތްތައް ކާމިޔާބުކޮށްފައެވެ. މި ގޮތުން މިސް މިޑްލްއީސްޓު (ސައުދީ އަރަބިޔާ) ، މިސް އަރަބް ވޯލްޑް ޕީސް 2021، މިސް ވިމެން ސައުދީ އަރަބިޔާ ފަދަ މަގާމުތައް ވަނީ ހޯދާފައެވެ. އަރަބި ބަހުގެ އިތުރުން އިނގިރޭސި އަދި ފްރެންޗު ބަހުން ވާހަކަދައްކަން އިނގޭ ރޫމީ ވަނީ ޑެންޓިސްޓްރީ (ދަތުގެ ފަރުވާތަކާއި ބެހޭ ގޮތުން) ބެޗްލަސް ޑިގްރީއެއް ހާސިލުކޮށްފައެވެ.

އަރަބި ގަލްފުގެ ގައުމުތަކުގެ ތެރެއިން މިސް ޔުނިވާސް މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވާން ފެށީ މިދިޔައަހަރުން ފެށިގެންނެވެ. މި ގޮތުން މި މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވީ ބަހުރެއިންގެ ރީތީގެ ރާނީ އަދި މަޝްހޫރު މޮޑެލް ލުޖެއިން ޔައުގޫބެވެ.

ސައުދީ އަރަބިޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ މޭސްތިރިކަމުގެ ދަށުން ސައުދީން އަންނަނީ އެތައް ކަމެއް ބަދަލު ކުރަމުންނެވެ. ވިޝަން 2030 ގެ ޝިއާރުގެ ދަށުން ސައުދީން އަންނަނީ ދުނިޔޭގެ އެކި ގައުމުތަކުން ޓުއަރިސްޓުން އެ ގައުމަށް އައުމަށް މަގުފަހި ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ތައާރަފުކުރަން ނިންމާފައެވެ. މީގެ އިތުރުން އަންހެނުން ކާރު ދުއްވުމާއި، ފިރިހެނުންނާއި އެކު ބޮޑެތި އިވެންޓުތައް ބަލަން އެއްވުން ފަދަ ކަންކަން މަނާކޮށްފައި އޮތް އޮތުން ވަނީ އުވާލާފައެވެ. މީގެ އިތުރުން މަޝްހޫރު އާޓިސްޓުން ގެނެސްގެން ބޮޑެތި މިއުޒިކު ޝޯވްތަކާއި ފެޝަން ޝޯވތައްވެސް އަންނަނީ ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©