ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބެލުމުގެ ދަށުން ހިންގާ, ހދ. ހަނިމާދޫ ޑީޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެންޑީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެމީހާ މަރުވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެ އޭޖެންސީ އިން ބުނީ މި މަރާއި ގުޅިގެން ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއިއެކު ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެންޑީއޭ އިސްލާހުކުރުމުގެ ނަމުގައި ޒުވާނުންތަކެއް އިސްނަގައިގެން މިހާރުވެސްދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން ’ޗޭންޖުއެންޑީއެން‘ ނަމުގައި ފެށި ހަރަކާތުން ފާހަގަކޮށްފައިވާ މައްސަލަތައް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖުލީހާވެސް ހިއްސާކޮށްފައެވެ.