މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމެންޓު، އިންފޮމޭޝަން އެންޑު އާޓްސް ގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
މި މަގާމަށް ހަމަޖެއްސެވީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ އެގްޒެކެޓިވް، އަދި ތަރުޖަމާނަކަށް ހުންނެވި މަރިޔަމް ޝިއުނާއާއި، މީޑިއާ އޮފިސަރު މަލްޝާ ޝަރީފެވެ.
ސިޓީ ކައުންސިލްގެ ތަރުޖަމާނުގެ މަގާމުގެ ިއތުރުން ޝިއުނާ ވަނީ ބައެއް ޗެނަލްތަކާއި ނޫސްތަކުގައި މަސައްކަތްކޮށްފައިެވެ. މަލްޝާ މީގެ ކުރިން މަސައްކަތްކޮށްފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ގައެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ.މުއިއްޒަށް ތާއިދު ހޯއްދެވުމުގެ ގޮތުން ސޯސަލް މީޑިއާގެ އެކްޓިވިސްޓުން ގޮތުގައިވެސް މި ދެ ބޭފުޅުން ވަރަށް ހަރަކާތްތެރިވިއެެވެ.