• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އެފްއޭއެމް ގެ ޖެނެރަލް ސެކެޓްރީ މަގާމުން އިސްތިއުފާދީ، ސިޔާސީ މަގާމަކަށް!

by މުރާސިލު
ނޮވެމްބަރ 26, 2023
in ޚަބަރު
0
އެފްއޭއެމް ގެ ޖެނެރަލް ސެކެޓްރީ މަގާމުން އިސްތިއުފާދީ، ސިޔާސީ މަގާމަކަށް!

މައްސަލަތަކެއްގެ ތެރޭގައި އޮތް ރާއްޖޭގެ ފުޓުބޯޅައިގެ ގައުމީ އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އިސްތިއުފާދެއްވައިފިއެވެ.

އެފްއޭއެމުން ޖަވާ އިސްތިއުފާދެއްވާފައި މިވަނީ ދިގު މުއްދަތެއްގައި އެފްްއޭއެމް ގެ އެކި މަގާމުތަކުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. އެފްއޭއެމް ގެ މިހާރުގެ ރައީސް ބައްސާމު އަދީލު ޖަލީލުގެ ދެ ދައުރުގައިވެސް ސެކެޓްރީ ޖެނެރަލް ގެ މަގާމު އަދާކުރެއްވި ޖަވާއަށްވެސް ފާޑުކިޔުން އަމާޒުވަމުން އަންނަ އިރު ގިނަ ބަޔަކު ތުހުމަތު ކުރަނީ އެފްއޭއެމް ހިންގުން ބޮއްސުންލައިގެން ދިއުމުގައި ރައީސް ބައްސާމުގެ އިތުުރުން އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ ފަރާތަކީ ޖަވާއެވެ. މުއައްޒަފުންގެ މުސާރަ ނުދެވޭތާ އެތައް ދުވަހެއްވީ އިރު، ޖަވާއަށްވެސް މުސާރަ ނުލިބޭތާ އަށެއްކަ މަސް ވެދާނެ ކަމަށް ވެއެވެ.

އިސްތިއުފާދިންކަން ޔަގީން ކޮށްދިނުމުގެ ގޮތުން، މީޑިއާތަކަށް ޖަވާ މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެފްއޭއެމުން އޭނާ އިސްތިއުފާދެއްވާފައިވާ ކަމަށާއި ފާއިތުވެދިޔަ ދިގު މުއްދަތުގައި މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން، އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާފައިވާނެ ކަމަށެވެ. އަދި އެ ނިންމުމަކީ އުނދަގޫ ނިންމުމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.

ޖަވާ އިސްތިއުފާދެއްވާފައިވާ އިރު، އެފްއޭއެމްގެ ވެރިންނަށް ދަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަމުންނެވެ. އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އެދުމުގެ މަތިން ފުލުހުން ގެންދަނީ ތަހުގީގެއް ވެސް ކުރަމުންނެވެ.

އެފްއޭއެެމަށް ތުހުމަތުތަކެއް ކުރަމުންދިޔަ ނަމަވެސް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އެ އިދާރާއިން ވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ.

ޖަވާގެ ގާތް ފަރާތްތަކުން ބުނާގޮތުން އިސްތިއުފާ ދެއްވުމަށް ފަހު ޖަވާ ދެން ފެންނާނީ ސިޔާސީ މަގާމަކުން ކަމަށެވެ. މި ސަރުކާރުން ވަނީ ޔޫތު މިނިސްޓްރީ އާއި ކުޅިވަރު ވަކިކޮށް ދެ ވުޒާރާއެއް އުފައްދާފައެވެ. މި ތަނުން ކޮންމެވެސް ވުޒާރާއެއްގެ އިސް މަގާމަކުން ޖަވާ ފެނުމުގެ ފުރުސަތު ބޮޑެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©